“ އަޅުގަނޑު މިދަންނަވަނީ ޑޮލަރުންތަޅާ ބަލިކޮށްގެންވެސް މި އިންތިޚާބު އަޅުގަންޑުމެން ނަގާނަމޭ އެއްބުރުން“. ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަރަށް ޖޯޝާއިއެކު ޖާބިރު ވިދާޅުވެ ދެއްވިއެވެ. އަދި އެއީ މޮޅުވަން ބޭނުންފުޅު ކުރައްވާނެ ފޮމިއުލާކަމަށް ގަބޫލުކޮށްދެއްވައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކުރީސަފުގެ މެދުން އުފާފުޅާއިއެކު އަތްޖައްސަވާ އެ މެސެޖް ރައްޔަތުންނަށް ރައްދުކޮށްދެއްވިއެވެ. އަދި ޖާބިރު ސުވާލު ކުރެއްވީ ރާއްޖޭގެ އެންމެނަށް މިއަޑު އިވޭހެއްޔެވެ؟ ”
ަޅުގަނޑު ހިތައްއެރިއެވެ. ސުބުޙާނﷲ އެވެ. ދިވެހި އަހަރަމެންގެ އަގަކީ މި މީހުން ދެކޭގޮތުގައި ޑޮލަރެއް ހެއްޔެވެ؟ ހަމަގައިމުވެސް ނޫނެކެވެ.
މީގެ ކުރީދުވަހު އެމްޑީޕީގެ ކޯލިޝަން ޕާޓްނަރ އަދާލުތު ޕާޓީގެ ރައީސް އިމްރާން ވެސް މިފަދަ ޖޯޝާއިއެކު ދީނީ ވަރުގަދަ މެސެޖެއް ދެއްވިއެވެ. އާދެ! ތިމަންމެންގެ 5 އަހަރުދުވަހުގެ ކޯލިޝަން ވެރިކަމެއް ނިމިގެން ގޮސް ދެވަނަ ދައުރެއްގެ ރިޔާސީ ރޭސް ކާމިޔާބުކުރައްވައި އިތުރު 5 އަހަރުގެ ވެރިކަމެއް އިސްލާމީ މި ދިވެހިރާއްޖޭގައި ހިންގުމުގެ ނިޔަތުގައި ކަމުގައި ވިދާޅުވެ މިސާލު ޖެއްސެވީއެވެ.
އިމްރާން ވިދާޅުވީ: “ އަޅުގަނޑުމެންގެ ޙަމަދާންބުނި ދެން މިދުވަސްވަރު ނިދަންވާނީ ދެ ގަޑިއިރުއޭ: ބަރާބަރު ވާހަކައެއް ޙަމްދާން: އެއީ މިޙަދީސް: އެންމެފުރަތަމަ މިސަލަކީ ރަސޫލާ އެކަލޭގެފާނު ނަބީކަމާއިގެން ވަޑައިގެންނެވިއިރު ކައުބަތުއްﷲ ގެފުޅުމަތީގައި 365 ބުދު ބަހަށްޓާއިގެން އޮރިޔާމުން ތޮޢާފުކުރި: އެޙާލަތް ބަދަލުކުރަން ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތް އެކަލޭގެފާނަށް އެނގިވަޑައިގަންނަވާ: އެހެންވެ ފާޅުގައި ދީނަށް ގޮވާލައްވަން އަމުރުކުރެއްވީމާ (އަނބިކަމަނާ) ޚަދީޖާގެ އަރިހަށް ވަޑައިގެން ގޮވާލައްވާފަ ވިދާޅުވީ…… އޭ ޚަދީޖާއޭ، މިއަދަށްފަހު އަރާމުކުރުމާއި ނިދުމުގެ ދުވަސްތައް އަހަރެމެންގެ ފަހަތައް އެނބުރިގޮސް ހިގައްޖެއެވެ. ދެން އަރާމެއް ނިންޖެއް ނެތެވެ. އާދެ! ބޮޑެތިކަންތައްތަކާއި ދިމާވީމާ…. (ދެވަނަ ދައުރެއް އަތުލުމަށް) ދެން ބާކީ ދެެން އޮތީ 60 ދުވަސް: މިއަދު އަޅުގަނޑުމެންގެ ޙަމްދާން ބުނި މިދުވަސްވަރު ދެން ނިދަންވާނީ ދެ ގަަޑިއިރުއޭ: ބަރާބަރު ވާހަކައެއް ހަމްދާން: އެއީ މިހަދީސް ކަމުގައި އިމްރާން ވިދާޅުވިއެވެ.
އަނެއްކާވެސް އަޅުގަނޑު ހިތައްއެރީ ސުބުޙާނައްﷲ އެވެ! މީނާ މިފަދަ ނަބަވީ މިސާލެއް ޙަމްދާނެއްގެ ކުޅިސަމާސަ ނޫނީ ކޮންމެގޮތަކުންެ ނަމަވެސް ތިމާ ތިމާގެ ދިނީ ޕާޓީ ޢަދާލަތު ބައިވެރިވާެ 5 އަހަރުގެ ވެރިކަމެއް ނިމިގެން ދިއުމުންވެސް އިތުރު ދެވަނަ 5 އަހަރު ދައުރެއް ހޯދުމަށް މާތްﷲ އާއި އިސްލާމީ އުންމަތުގެ ލީޑަރ އަދި ރަސޫލުގެ ނަބަވީ ޙަޔާތްޕުޅުން މިސާލުނެންގެވުމުގެ ބޭނުމަކީ ކޮބާތޯއެވެ؟
ހަމަގައިމުވެސް އިމްރާން ބައިވެރިވާ ދީނަށް ލޯބިކުރާ ބަޔެއްގެ 5 އަހަރުގެ ދައުރަށްބަލާ ލުމުން، ބަލައިލި ކޮންމެ ދިމާލަކުން ލިބިފައިވަނީ ފެއިލްވެފައވެ. ގައުމުގައި ވައްކަން ވަނީ ޢާންމުވެފައެވެ. ވެރިކަމާއި ޙަވަލުވެފާ އެންމެފުރަތަމަ މަޢާފު ދެއްވީ ކުޑަކުދިންނާއި ބެހިގެން ޖަލު ޙުކުމެއްގައި ހުރި ބޮޑު ކުއްވެރިޔަކަށެވެ. ވަގުހިފަން އައިސް ކުރެވުނީ ކުރިޔަށްވުރެވެސް ބިޔަ ވައްކަމެވެ. މަސްތުވާތަކެތި އެތެރެކުރުން ޕީސްގެ ބަދަލުގައި ޓަނަށް ބަދަލުވީއެވެ. ޑްރަގް ޓްރެފިކް ކުރާ މީހުންގެ ޑްރަގްކޮޅު އަތުލައިފާ އެމީހުން އެއްވެސް ޖަވާބުދާރީއެއް ވާންނުޖެހި ޖަލުގޮޅިއެއް ނުދެކެ ފުރުވާލުމަށް ގަވާޢިދު ބަލުކުރީއެވެ. ޒިނޭ ޢާމްވެދިޔައީއެވެ. ފިރިހެންކުޅިޔާއި އަންހެންކުޅި ޢާންވެއްޖެއެވެ. ދީން ގަބޫލު ނުކުރާ ދިވެހީން ވީ ގިނައެވެ.
މަރުތަކެއްގެ މައްސަލައިގާ 2018 ގައި އިމްރާނަށް މޭޑޭގައި ލިބިފައިހުރި ހެއްކާއި ގަރީނާތައް ހޯމް މިނިސްޓަރުކަން ލިބުމުން ގެއްލިއްޖެއެވެ. އަދި ފުލުސް އޮފީހާއި ޙަވާލުވިފަހުން ފުލުސް އޮފީހުގައިވެސް އެދުވަހު ވިދާޅުވި ހެއްކާއި ގަރީނާއެއްވެސް ނެތިއްޖެވެ.
ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ފުލް ސެކިއުރިޓީ ބުދު، ގެރި، ހަރުފަ، ނަގުލަންދާއްޓަށް އަޅުކަން ކުރާ ބަޔަކާއި މަތިންބައިޖެހިގެން އެދިގެން ގެނެސް ޙަވާލު ކޮށްފިއެވެ. ދިވެހިނގެ ރާއްޖެއަށް ދިމާވެފައިވާ ނުރައްކާތެރި ސިކިއުޓީ ކޮންސާންއެއް އެއްވެސް އިސްލާމީ ގައުމެއްގެ ވިރިޔަކަށް ދަންނަވައި އިސްލާމީ ގައުމެއްގެ އެހީއަކަށް އެދިފައެއް ނުވެއެވެ.
ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހަކު ބަހަށްޓައިގެން ކޮންޓްރޯލް ކޮށްދޭން ބުނި ޑޮލަރު 17.90 އަށް ޖައްސުވާފިއެވެ. ޔާމީނު ހިންގެވި މަތިބަރު ސަރުކާރުގެ ސަބަބުން ރައްޔަތުނަށް ޚަރަދު ކުޑަ ސަރުކާރެއް ހިންގަދިނުމަށްވީ ވަޢުދު ބޮލާފޮށާ އަޅުވައިފިއެވެ. ބޮއުމާއި މަސްތުވުން ޢަންމުކޮށްފިއެވެ. އެފަދަ އެއްވެސް މީހަކާއި އިންސާފު އަރާ ހަމައެއް ނުކުރިއެވެ. އެމްއެމްޕީއާރސީ ގެ މުލުވަގު ފުރުވާލައިފިއެވެ. ދެން މިގޮތަށް ދަންނަވަން އޮތް ލިސްޓް ވަރަށް ދިގެވެ. ބޮޑެތިވަގުން ޖަލުތަކުން ނެރެފިއެވެ. ބޮޑެތި ޑްރަގް ޑީލަރުން ޖަލުން މިނިވަން ކޮށްފިއެވެ. 2018 ގައި ވެރިކަމަށް އައުމަށް ކުރެވިފައިވާ ވަޢުދުތަކުގެ 99% ވަނީ ހަދުމަވެސް ނެތިފައެވެ. ވީމާ ކުރުކޮށްލަމާ ހެއްޔެވެ.
ސުވާލަކީ އިމްރާނު ދެވަނަ ދައުރެއްގެ ދަހިވެތިކަމުގައި އެކިއުއްވި ހަދީސް އަކާއި ޙަމްދާނާއި އިމްރާނުގެ ކެމްޕޭން ޢަމަލުތަކަކާއި ހުރީ ކޮން ގުޅުމެއްތޯއެވެ؟ މީގެ ކުރިންވެސް އިމްރާން ވަނީ އެފަ ގޮތްގޮތަށް ސިޔާސީ ބޭނުން ފުއްދުމަށް ﷲ އާއި ﷲގެ ރަސޫލް ބޭނުންކޮށްފައެވެ. ގިނަ ޢިލްމެވެރީން ދެކޭގޮތުގައި މިފަހަރުގެ ސްޓަންޓް ޙަދީސް އަކީ ދޮގު ޙަދީސްއެކެވެ.
މީހާގެ ދުނިޔެވީ އަރާމަށްޓަކައި ދޮގާއި މަކަރު ހެދުމަށް އެފަދަ ދަށުދަރަޖައިގެ މުނާފިގް ޢަމަލު ހިންގުން ހުށްޓުވަން ޖެހެއެވެ. އެހެނީ ގުރްއާން އާއި ރަސޫލާގެ ޙަދީސް ބަސްފުޅު ތަކަކީ އިންސާނިއްޔަތުގެ ހަމަޖެހުމާއި މަސްލަޙަތު ކަމާއިމެދު ދެބަސްވެވެން ނެތީމައެވެ.
ޑޮލަރުތަޅާ ރައްޔަތުން ބަލިކޮށްލާތަން ބޭލަން ހުރެވޭކަށް ނެތެވެ. މިއީ މަގޭވެސް ގައުމުކަމުގައި ވާތީއެވެ. ވޯޓްލުން 9 ސެޕްޓެމްބަރުގައެވެ. ހަދަންވާނީ ރަނގަޅަށެވެ. ހަމަ ހިލާ ދިވެއްސެއްގެ އަގަނީ ވަގު ޑޮލަރެއްނޫނެވެ.
3 Responses
ތަޅާ ބަލިކުރާނެ ޑޮލަރު ހުރީ ކޮންތާކު ފޮރުވާފާ
ރުފިޔާ ޖަހައިގެން ޑޮލަރު ގަންނާނީ 17.90 އަށް. ނޯ ވޮރީ. ތިބާއަތުން ވައްކަން ކޮށްފަ ތިބާއަށް 5% ދޭނީ. ތިބާ އެއަށް ވޯޓްވިއްކާ ހިސާބު ނިކަމެތިކޮއްލާފަ ބަހަށްޓާނި. ގެޓް ވެއްޖެތަ؟
އިމްރާނު ކީއްވެބާ ﷲ އާއި ﷲގެ ރަސޫލޭކިޔައިގެން ދޮގު ގޯނި ފަށްޓަނީ. އެއީ ހެޔޮލަފާ މީހުން ރާއްޖޭގައި ގިނަވީމާ ﷲ ނަންފުޅު ގެނެސްގެންދޮގު ހެދީމާވެސް ގަބޫލުކުރާނެތީ ދޯ؟ އެ ސްޓަންޓް ތިބުނާހެން މޭޑޭގައި އިމްރާން ޖެއްސީ. ބިސްމިން ކިޔާފައް، ﷲ އަށް ޙަމްދުކޮށްފާ އަދި ރަސޫލާއަށް ސަލަވާތް ކިޔައިފަ އަސްޙާމުންނަށް މަދަހަ ސަނާ ކިޔައިފާ އެ ހެދި ބޮޑު ދޮގުތަށްދޯ. މައުމޫނާއި ނަޝީދަކީ ކާފަރުން ކަމަށް އިލްމްވެރީން ލައްވާ ސޮއިހޯދީވެސް މީނަކަމަށް ބުނެފާވެއެވެ. އަޅެ އެހެންކަމަށްވާނަމަ ކާކުތޯ މުރުތައްދީ؟! ޒަމްޒަމް ފާރިޝް ވިދާޅުވިހެން، މީ ހާދަ ބޮޑު ކައްޒާބެކޭ ދޯ؟