ޤައުމިއްޔަތެއް ދިރުވައި ޤައުމެއް އާރާސްތު ކުރުމަށް ޤައުމުގެ އަފުރާދުންގެ ހިތްތަކުގައި ޤައުމީލޯތްބާއި ޖޯޝް އުފަންދަންޖެހެއެވެ. ގައުމެއް ބިނާކުރެވޭނީ ގައުމީ ބަހާތަކެއް ދިރުވައިގެންނެވެ. ޔަޢުނީ އަމިއްލަ ތާރީޚާއި ބަހާއި ސަގާފަތެވެ. ޤައުމީ އަބުތޯލުންނާއި ހަރުދަނާ މުޙްތަރަވް ޝަޚުސިއްޔަތް ތަކެެވެ.
އޮނަވިހި ގަރުނާއި ރާއްޖެ ކުރިމަތިލީއިރު އަވަށްޓެރި ހަވާދުކަރައިގެ ވޯރާވެރިން ވަނީ ރާއްޖޭގެ ރަސްމަތިފުށު ޢާއިލާތަކަށް ދޮލަނގުދީގެން ދިވެހިންގެ ވިޔަފާރި އެމީހުންގެ ގޮއްމުށަށް މަހާލާފައެވެ. އިމްޕޯޓާއި އެކްސްޕޯޓްވަނީ އެމީހުންގެ އަތްދަށުގައެވެ.
އެއާއިއެކު ގަރުނުގެ މެދުތެރެއަށް އައިއިރު ހަވާދުކަރައިގެ ވޯރާވެރިން ރާއްޖޭގެ ދާޚިލީ އަދި ސިޔާސީ ކަންކަމުގެ ތެރެއަށްވަދެ ރާއްޖޭގެ ޕޮލިޓިކަލް ސްޓެބްލިޓީ ވަނީ ގެއްލުވާލާފައެވެ. އެއާއިއެކު ދިވެހިންގެ މުޙްތަރަމް ޝަޚުސިއްޔަތު ތަކުގެ އަބުރު މެރުމަކީ ޢާއްމު ކަމަކަށްހަދައި ޤައުމިއްޔަތު ބަހާތަކުގައިވަނީ ރެނދު އަޅުވާފައެވެ.
ނަމަވެސް 1960 އިންފެށިގެން ޤައުމު ބިނާކުރުމުގެ ރޫޙެއް އުފެދި ޤައުމީ ސަޚްސިއްޔަތްތަކުގެ އަބުރު ކަތިލުމުގެ ޢާންމު ސަގާފަތް ނިމުމަކަށް ގެނައުމަށް މަސައްކަތްތަކެއް ކުރެވިގެން ދިޔައެވެ.
އަވަށްޓެރި ހަވާދުކަރައިގެ ވޯރާވެރިން އިސްތިޢުމާރުކޮށްފައިވާ ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ދިވެހިންގެ އަތްމައްޗަށް ގެނެސް ޤައުމުގެ ތަނަވަސްކަމާއި ތިޔާގެކަން ދިވެހިންގެ އަތްމަށްޗަށް އަނބުރާ ގެނެވުނެވެ.
އަދި ވޯރާވެރިންގެ އަތުން ނަގާފައިވާ ދަރަނި އަދާކުރުވައި އަދި އިގުތިސޯދީ މުހިއްމު ބިންގާތަކެއް އަލިވެގެން ދިއަތަން ފެނުނެވެ.ޔަޢުނީ ބަނަވެފައިވާ ދުނިޔޭގައި ދިވެހިންވެސް 1965 ފެށިގެން ފައިހަމަކުރަން ފެށީއެވެ. ސިޔާސީ ގޮތުންނާއި އިޖުތިމާޢީ ގޮތުންނާއި އިގުތިސޯދީ ގޮތުން ސިއްޙީ ގޮތުންނާއި ތަޢުލީމީ އަދި އިޖުތިމާއީ ގޮތުންނެވެ. ރައީސް ސުމުވުލް އަމީރު އިބްރާހިމް ނާސިރަށް ފަށްފަށުން ޝުކުރު ޙައްގުވެއްޖެއެވެ.
1978 ނޮވެމްބަރ 11 ވީދުވަހު ރާއްޖޭގެ ވެރިކަން އޭރުގެ ޢިލްމީ މީހެއްކަމުގައި ގަބޫލުކުރެވިފައިވާ މާލޭގެ ސީދިބެއެއްގެ ދަރިއެއްކަމުގައިވާ އަލްއުސްތާޒް މައުމޫނު ޢަބުދުލް ގައްޔޫމްއަށް ބަދަލުވެގެން ދިޔައެވެ.
އެއާއިއެކު ގައުމިއްޔަތުގެ މުހިންމު ބަހާއެއްކަމުގައިވާ ހަރުދަނާ މުޙްތަރަމް ޝަޚްސިއްޔަތް ތަކުގެ އަބުރާ ޢިއްޒަތުން ނަފުސު ކަތިލުމުގެ ރޫޙް މުޅި ޤައުމުގައި އޭނާގެ މޭސްތިރިކަން މަތިން ހިންގާލެވިގެން ދިއައެވެ.
ސްކޫލުތަކުގެ ދަރިވަރުންގެ ޅަ ސިކުނޑިތަކަށް ވެރިންގެ އަބުރާއި ޢިއްޒަތަކީ އޮންނަންޖެހޭ އެއްޗެއް ނޫންކަން ވިސްނައިދީ އެކިއެކި ހަރުދަނާ ސަޚްސިއްޔަތު ތަކުގެ އަބުރު ކަތިލާ ނަފުރުތުން ލޯބިހޯދުމުގެ އޮއިވަރެއްގައި މުޅިޤައުމުގެ އަފުރާދުން ޤާފިލުކުރުވިއެވެ.
އެގޮތުން ސީދާ ދިވެހިރާއްޖޭގެ މިނިވަން ކަމުގެ ބާނީ އިބްރާހިމް ނާސިރުއަށް, ރޭވި މައުމޫނާއި އޭނާގެ ސިޔާސީ ވާގިވެރީންނާއި ދަންނަބޭކަލުން ސައްލާކޮށް ސްޕޮންސަރ ކޮށްގެން ޤައުމުގެ ތާރީޚް އޮޅުވާލައި ސަގާފަތަކީ ނެތް އެއްޗަކަށް ހަދައި ތާރީޚާ ސަގާފަތަކީ މައުމޫނާއި ހަމައިން ފެށިފައިވާ ކަމަކަށް ބަދަލުކުރުވައި ދިވެހިތާރީޚާއި ސަގާފަތް ބައިލޮޖީއަކީ ނެތް އެއްޗަކައި ހަދައި އަމޭން ފޯރ އޯލް އައިލެންޑްސް ގެ ސަގާފަތާއި ތާރީޚް ލިއަން މަޖުބޫރު ކުރަންފެށިއެވެ.
އެކަންކުރެއްވީ ރައީސް މައުމޫނުގެ ލީޑަރ ޝިޕްބިނާ ކުރުމުގެ ނިޔަތުގައި ބާރާއި ނުފޫޒު ބޭނުންކޮށްގެނެވެ. މައުމޫނުގެ ވަރުގަދަ ލެގަސީއެއް އުފެއްދުމަށްޓަކައެވެ. އެހެނަސް އޭނާގެ ޒަމާން ނިމިދިޔައީ އޭނާ ބިނާކުރި ވެރީންނަކީ ތާރީޚްގެ ތެރެއަށް އަނިޔާވެރި ޑިކްޓޭޓަރުންނަށް ވެގެން އަދި އެ އަނިޔާވެރި ވެރިކަން ތާރީޚްގެ ސޮފުޙާތަކަށްވަދެ ސީލްކުރެވިގެނެެވެ.
އެބައިމީހުންގެ ލެގަސީއަކީ އަނިޔާވެރިކަމާއި ޚުދުމުޚްތާރުވެރިންކަން އޭނާގެ ވެރިކަމުގައި ސިލްޖެހެންދެންވެސްމައުމޫނަކަށް ވިސްނާލާނެ ފުރުސަތެއްވެސް ނުލިބުންކަހަލައެވެ.
ރައީސް ނާސިރުގެ އަބުރު ކަތިލައި ނަފުރަތުން ރައީސް މައުމޫނު ހޯދި ލޯބި 2005 އައިއިރު އެކޮޅުކޮޅުންޖެހި ރައީސް ނާސިރު އަބުރު ކަތިލުމަށް މައުމޫނު އުފެއްދި ދަރިން ބޮޑެތިވެރައީސް މައުމޫނުގެ އަބަރު ކަތިލުން ޒަމާނީ ވަސީލަތްތަކުގެ ބޭނުންހިފައިގެން ފެށީއެވެ.
މައުމޫނު ރައީސް ނާސިރުގެ އަބުރުފުޅު ކަތިލާން ޖެއްސި ސްޓަންޓް ތަކަށްވުރެ ޒަމާނީ ފެންވަރުގައި މާބޮޑަށް ރޭވިގެންމައުމޫނު އެ ދެއްކި މަގުން ހިނގާނޭ ޒުވާނުންތަކެއް އުފެދި ނަފުރަތުން ލޯބި ހޯދުމާއި އަބުރު ކަތިލުމުގެ ވަރުގަދަ ރޫޙެއް ގައުމުގައި ވަނީ ކުރިއަރާ އަރަފޯދުވާފައެވެ.
އެއާއިއެކު ގިނަ ޢާއިލާތަށް ރޫޅާލުމާއި ފިތުނަޔާއި ފަސާދައިގެ ތެރެއަށް މުޅި ގައުމު ވައްޓާލެވިގެން ދިޔައެވެ. މަޔާއި ދަރިއާއި އަނބި ފިރީންވެސް އެއްގަލަށް ނެރޭހިސާބަށް ޤައުމުގައި ފަސާދަ އާންމު ކުރުވިއެވެ. ވެރިކަން ދެމެހެއްޓުމާއި ވެރިކަން ހޯދުމަށްޓަކައި ރައިސް މައުމޫނާއި އޭނާގެ އަޒުހަރުގެ ބައިވެރީން ގުރުބާންކުރީ ޤައުމީ މަސްލަޙަތު ތަކެށެވެ
އެކޮށައިދެއްވި ނުރަނގަޅު މަގު ފުޅާވެ މިއަދު އެވެރިންގެ ދަހިވެތި ކަމުގައި އެވެރިން ހިންގި އެޢަމަލުތަށް މިވަނީ ކުރިމަތި ކުރުވާފައެވެ.
ދެން އޭރު އުފަދުނު ވެރިކަމަށް ތަަހިވެތި ޖީލުން މިވަނީ ރައީސް މައުމޫނުގެ އަބުރު ކަތިލައި އަދި ޢާއިލާ ތެރެއަށްވަނީ ޙައްލުނުކުރެވޭ މިންވަރަށް ނަފުރަތު އުފަށްދައިފައެވެ.
އެގޮތުން ރައީސް ނަޝީދުވެސް ފެށީ މައުމޫނު ނާސިރުގެ އަބުރުފުޅު ކަތިލާން ގެންގުޅުނު ފޮތުންނެވެ. ފޮތުގެ ބައެއް ބާބުތަކުގެ އިސްފަސްވެ ތަރުތީބުން ނޫންނަމަވެސް ކުޅިބައި ރޭވިގެން ދިޔައީ ހަމަ އެފޮތުންކަމާއި މެދު އެއްވެސް ޝައްކެއްނެތެވެ.
އެގޮތުން މައުމޫނު އަބުރު ކަތިލައި ޢާއިލާގެ ތެރެއަށް އަނބުރާ ޢިއާދަ ނުކުރެވޭވަރަށް ފިތުނަވެރިކަން ކުރިމަތި ކުރުވިއެވެ. އަދި މައުމޫގެ ވެރިކަން ސިލްޖެހިގެން ދިއުމުންވެސް އަބރުކަތިލުމާއި ޙަޔާތްގޮވުނެ ދޫކޮށެއް ނުލެވުނެވެ.
ތާރީޚުން އެނގިގެން ދިޔައީ އެބަައެއްގެ އަމިއްލަ އަތްތަކުން އެބައިމީހުން ކުޅަ ނުބައި ޢަމަލުގެ ނަތީޖާއާއި އެބައިމީހުން ކުރިމަތި ކުރާނޭކަމެއެވެ. ރައީސް ވާޙީދުގެ ކުރު ދެއަހަރުދުވަހު އެފަދަ ނުތާހިރު ސަފަ ޕްރޮމޯޓް ނުކުރާކަމަށް ލިޔެވިދާނެއެވެ.
މިފެށިފައިވަނީ އެގޮތުގެ މަތިން ރައީސް އިބްރާހީމްގެ ބާބެވެ. ރައީސް އިބުރާހިމް މީހުނަށް ޙަޔާގޮވާ އަޑު އިވިފައެއް އަދި ނެތެވެ. އެހެނަސް ކުރީގެވެސް ހަޔާތްގޮވާ މީހުންގެ އަބުރުކަތިލުމުގައި ތަމްރީން ލިބި ކުރިއަރާފައިވާ މީހުން އިބްރާހިންގެ ވަށައިގެން މަގުބޫލުކަން ލިބިގެން އެބައުޅެތެވެ. އަދި ވަރަށް ދަށުދަރަޖައިގެ ހަޔާތާއި ހަޅޭ ލަވަމުންގެންދާތަން ފެނި ތާރީޚްގެތެރެޔަށް ރެކޯޑްކުރެވުމުން އެބަދެއެވެ.
ދަންނާށެވެ! އެބަޔަކު ކުޅަ ނުބައި ކަމެއްގެ ނަތީޖާ އެބަޔަކާއި ކުރިމަތިލާނެއެވެ.
3 Responses
ނާސިރު ވެސް އޮންނާނެ ގޮސް ކަމެއް ކޮއްފަ އެވާހަކަކޮބާ
ލިޔުންތެރިޔާ ވަރައް ބެސްޓް.ރާއްޖެއައް ފައްކާ ޑިމޮކްރަސީއަކީ ދައުލަތް ލޫޓުވުން އަދި ލުޓޭރުންނައް ފުރުސަތު ދިނުން.އޯކޭ ގަޅީގެ މައްޗައް ގަޅިޖެހި ޤައުގެ އިޖްތިމާއީ ފޭރާން ކަފުންކޮށް ވަޅުލިޔަސް!މިހާރު އާޕާޓީ ހަދަން މުގުލުގައިތިބީ ގިރިތަކެއް ފުނޑާލިބައެއް ނޫންތަ! އެންވަރުމަންޓުން ގިރިތަކުގެ މައްސަލަ ނުބެލުނުކަމީ އިސްލާމީ ދުއުލަތެއްގެ ސިފައެއްތަ! ދީނާ ޤައުމަށްޓަކައި ހުވައިކޮށްގެން މެޑަލި ޖެހިމީހުންއަދި ކަށިމަތި އުސް އިލްމުވެރިން ކޮބަޔޯލ!
އެނގިލައްވާ ނަމަ ނާޞިރު ކުރެއްވި ކުށެއްގެ ތަފްޞީލު ނުލިޔުއްވީ ކީއްވެގެންތޯ ?