ލ. ކައްދު އަށް ފުރި މޯލްޑިވިއަންގެ ފްލައިޓެއް ޓެކްނިކަލް މައްސަލައެއް ޖެހި، އިމަޖެންސީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ޖައްސައިފިއެވެ.
މިއަދު ހެނދުނު ހުޅުލެއިން ކައްދުއަށް ފުރި ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ. އަދި މިއަދު މެންދުރު ފަހު އެކެއްގެ ކުރިން މައްސަލަ ހައްލުކޮށް ފްލައިޓްގެ ދަތުރު ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ނަމަވެސް ދިމާވެފައިވަނީ ކޮން ޓެކްނިކަލް މައްސަލައެއް ކަމެއްް އެނގިފައެއް ނުވެއެވެ.
މޯލްޑިވިއަން އިން ގެންގުޅޭ ޑޭޝް މަރުކާގެ ބޯޓުތަކަށް ގިނަ އަހަރުތަކެއް ވެފައިވާއިރު ފްލައިޓަށް ދުވަސްވުމުގެ ސަބަބުން މެއިންޓެނެންސް ގިނަ މައްސަލަތަކެއް ދިމާވެއެވެ.
މޯލްޑިވިއަންއިން ވަނީ އެ މީހުންގެ ދަތުރުތައް އިތުރުކުރުމަށް އޭޓީއާރު-72 ގެ ދެ ބޯޓެއް ވަރަށް ފަހުން ގެނެސްފައެވެ.