ގުރައިދޫ ފަޅުތެރެއަށް ވެއްޓި މީހަކު ނިޔާވެއްޖެ

Loading

September 8, 2020
profile
Facebook
Twitter
WhatsApp

ތ. ގުރައިދޫ ފަޅުތެރެއަށް ވެއްޓި އުމުރުން ދުވަސްވީ މީހަކު ރޭ ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެރަށުފަޅުތެރެއަށް ވެއްޓިގެން ނިޔާވެފައިވަނީ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

އޭނާ ވެއްޓިފައިވާނީ އެރަށު ޖެޓީއާއި ދިމާލުން ފަޅުތެރެއަށް ރޭ 20:45 ހާއިރު އެވެ. އޭނާ ނިޔާވެފައި ވަނީ އެރަށު ހެލްތުސެންޓަރަށް ގެންގޮސް ފަރުވާދެމުންދަނިކޮށް ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

އޭނާ ބަނދަރަށް ވެއްޓުނީ ކޮންއިރަކުކަމެއް އަދި ސާފެއް ނުވެއެވެ. ބަދަރު ސަރައްދު މޫދުން އެމީހާ ނަގާފައިވަނީ ޑިންގީއެއްގެ ތިބި ބަޔެކެވެ.

މި މައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުންދާކަމަށް ފުލހުން މައުލޫމާތު ދެއްވައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް