ކާމިޔާބު މީހަކަށްވާން ބޭނުންތަ؟

Loading

Facebook
Twitter
WhatsApp


ދިރިއުޅުމުގައި ކާމިޔާބު މީހަކަށްވުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. ކާމިޔާބު މީހަކަށް ވެވޭނީ ގަދަ އަޅައި އެކަމަށް މަސައްކަތް ކޮށްގެންނެވެ. އެންމެ ކާމިޔާބު މީހަކީ ގިނަ އަދަދެއްގެ ފައިސާ އެއްކުރެވުނު މީހެއް ނޫނެވެ. ކާމިޔާބު މީހަކީ ތިމާގެ ސަބަބުން ގިނަ މީހުންނަށް ހެޔޮ އަސަރާއި، ބަދަލު ގެނެވޭ މީހާއެވެ.

ކާމިޔާބު މީހަކަށްވުމަށް ކުރެވިދާނެ ބައެއް ކަންކަން : 

އެހެން މީހުންނަށް އިޙްތިރާމްކުރުން: 

ތިމާ އަމިއްލަ ނަފްސަށް އިތުބާރުކުރާ ފަދައިން އެހެން މީހުންނަށް އިޙްތިރާމުކުރުމަކީ މުހިންމު ކަމެކެވެ. އޭރުން އެހެން މީހުންގެ މެދުގައި ތިމާގެ ގަދަރު އުފުލި ތިމާއަށް ލޯބި ޖެހޭ ގޮތް މެދުވެރިވާނެެއެވެ.

އަމިއްލަ ނަފްސަށް އިތުބާރުކުރުން :

އެހެން މީހުން ތިބާއަށް އިތުބާރުކުރުން ބިނާވެގެންވަނީ، އަމިއްލަ ނަފްސަށް ތިމާގެ އިތުބާރު އޮތް މިންވަރަކަށާއި، ތިމާއަށް އޮންނަ ޔަގީންކަން އިތުރުކުރި މިންވަރަކަށެވެ. އަބަދުވެސް ޕޮޒިޓިވްކޮށް ވިސްނުން ބައްޓަން ކުރުމަށް މަސައްކަތް ކުރަން ވާނެއެވެ.

އިޚްލާސްތެރިވުން :

އެހެން މީހުންގެ ފަރާތުން ކަމަކަށް އެދޭތީ، ނުވަތަ އެނޫން ކޮންމެވެސް އަމިއްލަ ފައިދާއަކަށް ކަންކަން ކުރުމުގެ ބަދަލު އިޚްލާސް ތެރިކާއިއެކު ކުރާ ހިތުން ހެޔޮ ކަންކަން ކުރާށެވެ. އެއްވެސް އަމިއްލަ މަންފާއަކަށް ނުވިސްނައި، އެހެން މީހުން އުފާކޮށް ދިނުމަށް ނުވަަތަ އެމީހުންނަށް ހެވަށް އެދިގެން ކުރާ ކަންކަން ކުރާށެވެ.

އެހީތެރިވުން :

އަބަދުވެސް އެހެން މީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްލެވޭނެ ފުރުސަތެއް ފެނޭތޯ ބަލަން ވާނެއެވެ. އަދި އެފަދަ ފުރުސަތެއް ލިބިއްޖެނަމަ އޭގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމުން އެހެން މީހުންގެ މެދުގައި ތިމާގެ ގަދަރު އުފިލިގެންދެއެވެ. 

އަދި ތިމާގެ އަތުގައި އޮތް އެއްޗެއް ނުވަތަ ވެދެވެން އޮތް އެހީތެރިކަމެއް ބޭނުން ޖެހިފައިވާ މީހުންނަށް ފޯރުކޮށް ދިނުމަކީވެސް މުހިންމު ކަމެކެވެ.

Loading

One Response

  1. ގިނަގިނައިން ހަނދާންކޮށްދިނުމަކީ ފައިދާ ކުރާނެކަމެކެވެ. ކިތަންމެ ކުރު ޖުމުލަކޮޅަކުންނަމަވެސް ހެޔޮކަންތައްތަކަށް ބާރު އަޅުއްވަމުން ގެންދަވާށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް