އުފަންވާއިރު ބަރުދަން ލުއިވާ ސަބަބުތަކާއި އެކަމުގެ ގެއްލުން

Loading

Facebook
Twitter
WhatsApp


އުފަންވާއިރު ބަރުދަން ލުއިވުން މާނަކުރެވެނީ އުފަންވާއިރު ބަރުދަން 2.5 ކިލޯގްރާމް އަށްވުރެ ލުއިވުމަށެވެ. އާންމު ގޮތެއްގައި ތުއްތު ކުއްޖަކު އުފަންވާއިރު ބަރުދަނުގައި އެވްރެޖްކޮށް 3.5 ކިލޯ ވަރު ހުންނާނެ އެވެ. ނަމަވެސް އުފަންވާއިރު ބަރުދަން ލުއިވުމަކީ ސިއްޙީ މައްސަލަތަކެއް އެ ކުއްޖަކަށް ކުރިމަތިކުރުވަފާނެ ކަމެކެވެ.

އުފަންވާއިރު ބަރުދަން ލުއިވުމުގެ މައިގަނޑު ސަބަބަކީ ދުވަސްނުފުރާ އުފަންވުމެވެ. ދުވަސް ނުފުރާ އުފަންވާ ކުދިން ރަހިމުގައި ހޭދަކުރާ މުއްދަތު ނިސްބަތުން ކުޑަވާނެއެވެ. އާންމު ގޮތެއްގައި ކުއްޖާގެ ބަރުދަނުގެ ބޮޑުބައެއް އިތުރުވެގެން އަންނަނީ މާބަނޑު ދުވަސްވަރުގެ ފަހު ދެތިން ހަފްތާގެ ތެރޭގައެވެ. 

އުފަންވާއިރު ބަރުދަން ލުއިވާ އަނެއް ސަބަބަކީ ރަހިމުގެ ތެރޭގައި ތުއްތު ދަރިފުޅު ހެދިބޮޑުވުން ހުއްޓުން ނުވަތަ ލަސްވުމެވެ. މިއީ މާބަނޑު ދުވަސްވަރު ތުއްތު ދަރިފުޅު ރަނގަޅަށް ހެދިބޮޑުނުވާތީ ދިމާވާ ކަމެކެވެ. 

އުފަންވާއިރު ބަރުދަން ލުއިވުމަށް މަގުފަހިކުރާ ބައެއް ކަންތައްތައް :

މާބަނޑު ދުވަސްވަރު މައިމީހާގެ ކިބައިގައި އިންފެކްޝަން އަށަގަތުން.

މާބަނޑު ދުވަސްވަރު ރަނގަޅުކާނާ ބޭނުން ނުކުރުން.

މާބަނޑު ދުވަސްވަރު އެކަށޭނަ ޞިއްހީ ފަރުވާ ނުހޯދުން ނޫނީ ނުލިބުން.

މާބަނޑު ދުވަސްވަރު ތަފާތު ޞިއްޙީ މައްސަލަތައް ފެންމަތިވުންމާބަނޑު ދުވަސްވަރު މައިމީހާގެ ބަރުދަން އެކަށޭނަ ގޮތެއްގައި އިތުރުނުވުން.

ކުރިން އުފަންވިއިރު ބަރުދަން ލުއިކުއްޖަކު ލިބިފައިވުން.

ދުންފަތުގެ އިސްތިއުމާލުކުރުން.

ބަނގުރާ ބުއިން.

މަސްތުވާތަކެތި ބޭނުންކުރުން.

މައިމީހާގެ އުމުރުން 15 ނޫނީ 17 އަހަރަށްވުރެ ހަނގުވުން ނޫނީ 35 އަހަރަށްވުރެ ދޮށިވުން

އެއްކުއްޖަކަށްވުރެ ގިނަ ކުދިންނަށް އެއްފަހަރާ ބަލިވެއިނުން.

އުފަންވާއިރު ބަރުދަން ލުއި ކުދިންނަށް ދިމާވެދާނެ ސިއްހީ މައްސަލަތައް:

އުފަންވާއިރު އޮކްސިޖަންގެ މިންވަރު ދަށްވުން.

ހަށިގަނޑުގެ ފިނިހޫނުމިން އެކަށޭނަ ވަރެއްގައި ހިފަހައްޓަން އުދަނގޫވުން.

ނިކޮރޮޓައިޒިން އެންޓީރޯކޮލައިޓިސް ކިޔާ ގޮހޮރު ދުޅަވުމުގެ ވައްތަރެއް ކުރިމަތިވުން.

ކުއްލިއަކަށް ގޮތްނޭނގޭ ގޮތެއްގައި ތުއްތު ދަރިފުޅު މަރުވުން.

ބަރުދަން އިތުރުކުރުމާއި، ކެއިންބުއިމުގައި ހުރަސްތަކާ ކުރިމަތިވުން.

އިންފެކްޝަންތަކަށް ހުށަހެޅުމުގެ ހިރާސް އިތުރުވުން.

ނޭވާލުމުގެ މައްސަލަތައް.

ފުއްޕާމޭ ރަނގަޅަށް ފުރިހަމަނުވުން .

ސިކުނޑިއަށް ލޭއެޅުން.

ވީމާ މިފަދަކަންތައް ތަކަށްޓަކައި އެކެށޭނެ ކާނާ ބޭނުން ކުރުމާއި އަދި ޑޮކްޓަރުގެ އިރުޝާދު ހޯއްދެވުން ވަރަށް ބޭނުންތެރިވާނެއެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް