އިވްނިން ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

Loading

January 11, 2023
profile
Facebook
Twitter
WhatsApp

އީވްނިން ކެފޭގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، އެ ހާދިސާގެ ރިޕޯޓް ލިބުނީ ހަވީރު 6:12 ގައި ކަމަށެވެ. އަދި އަލިފާން ރޯވެފައިވަނީ އެ ކެފޭގެ ބަދިގޭގައި ކަމަށްވެސް ބުންޏެވެ.

އިވްނިން ކެފޭހައި އަލިފާން ފުރަތަމަ ރޯވީ ދެ ބުރިއަށް ހަދާފައިވާ އެ ކެފޭގެ އުނދުނެއްގައެވެ. ނަމަވެސް އަލިފާންގަނޑު ދެވަނަ ބުރިއަށް ފެތުރިފައެވެ. އެއީ ބިދޭސީން އުޅޭ އެކޮމޮޑޭޝަން ބްލޮކެކެވެ.

އިވްނިން ކެފޭގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކޮށްފައެވެ،

Loading

Leave a Reply

ފަހުގެ އަޕްޑޭޓް