ރައީސް ޔާމީނު ޖަލަށްލާނެ ކަމަށް އެމްޑީޕީގެ ބޮޑުންވަނީ ތަކުރާރުކޮށް ބުނެފައެވެ. ޙުކުމް ކުރެވުނުލެއް ތަންކޮޅެއް ލަސްވީކަމަށް ބުންނެއެވެ. އެސްޓީއޯގެ މެނޭޖިންޑިރެކްޓަރ އަމްރު ވިދާޅުވެފައިވަނީ މިދިޔަ ރޯދަމަހުގެ ކުރީން ޔާމީންއަށް ޙުކުމްކޮށް ޖަލަށް ލެވޭނެ ކަމަށެވެ.
އާދޭހެވެ! އެބުނިގޮތަށް އެކަންކޮށްފިއެވެ. އަދިހަމަ އެކަމުގެ އުފާ ފާޅުކުރުމުގެ ގޮތުން އެމްޑީޕީގެ ބޮޑުން އުފަލާއި އެކު ބައިވެރިވެ ރޭގައި އާ އަހަރުފާހަގަ ކުރުމުގެ ނަމުގައި ފަޓާސް ޖަހާ ހަވާއަރުވައި ބިރެއްނެތި މަޖާކޮށްފިއެވެ.
އަންތަރީސް ވާންޖެހުނީ “ ޔާމީން ޖަލަށްލުމަކީ އުފާކުރަން ޖެހޭ ކަމެއް ނޫން“ ކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވީތީއެވެ. އެމަނިކުފާނަކީ ރާއްޖޭގެ ޢަދުލް އިންސާފު ހަމަ މަގަށްއަޅުވަން އެޖެންޑާ19 ގެ ނަމުގައި މެނިފެސްޓޯއެއް ވިއްކަވައި ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް ގެނައުމުގެ މޭސްތިރިއާއެވެ. އަދި ފެބްރުއަރީ 1 ގެ ޙުކުމުގެ މަންތިރިވެސް މެއެވެ.
ވ. އާރަށް މައްސަލާގައި މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެއްޖެ ކަމަށް ކުރިމިނަލް ކޯޓުން ނިންމައި، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ޙުކުމެއް އިއްވާފައިވާތީ ޔާމީނަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ވަނީ އުނިވެފައި ކަމަށް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީ ތަކުރާރުކޮށް އެބުނަމުން ގެންދިޔަ ޙުކުމަކީ މިއީއެވެ. ޙުކުމް އިއްވުން ދިގުދެމިގެން ދުވަސްކޮޅަކަށް ދިޔަނަމަވެސް ޙުކުމް އަންނާނީ ޔާމީނު ސިޔާސީ ރޭހުން ކަޓްވާލެވޭފަދަ ފަހި ޙުކުމެއްކަން އެމީހުނަށް އެނގެއެވެ. އެހެންވެ ތަކުރާރުކޮށް ޔާމީނު އެއީ ބޮޑުވަގެއްކަމާއި ވަރަށް އަވަހަށް ޖަލުގެ ބޮޑު ޙުކުމެއް އަންނާނެކަމަށް އެމްޑީޕީން ދިޔައީ ޢިއުލާނު ކުރަމުންނެވެ.
އެހެނަސް ނަޝީދު މިވަނީ އެމަނިކުފަނުގެ އަސްލަށް އެކަމުގައި އެއްޗެއް ވިދާޅުވެފައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން ބޭއްވި ނޫސްވެރިންނަށް ވީދާޅުވެ ދެއްވީ ޔާމީން 11 އަހަރުގެ ޖަލު ޙުކުމެއްގައި ހުންނެވުމުން އިދިކޮޅު ޕީޕީއެމުން ކޯލިޝަނުން ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ. މެސެޖަކީ މިއެވެ. ކޮންމެހެން ޔާމީނު ޖަހަލަށް ލެވިގެން އުފާކޮށް ހަވާ އެރުވުމުން އެކަމުގައި ގޯހެއް އެވެގެނެއް ނޫނެވެ.
މެސެޖަކީ ރައީސް ޔާމީނަކަށް 2023 ގެ ރިޔާސީ އިންތިޚާބުގައި ކުރިމަތި ނުލެވޭނޭކަން ޢިއުލާނު ކުރެއްވީއެވެ. ނަޝީދަށް މިފަދަ ކުޅިގަނޑު ވަރަށް އެނގިވަޑައި ގަންނަވާނެއެވެ. އެހެނީ ދިވެހިރާއްޖޭގެ ފަނޑިޔާރުގެ ހަމަ މަގަށް އެޅުވުމަށް ހުވާކޮށްގެން ދޮގާއި މަކަރާއި ޙީލަތްތެރިކަމާއި އެކު ޔާމީނުގެ ވެރިކަން ވައްޓާލައި ނަޝީދު އެވަނީ ޖޭ.އެސް.ސީ މެދުވެރިކޮށް ފަނޑިޔާރުގެތަކުގެ ފުލް ކޮންޓްރޯލް ނަންގަވާފައެވެ.
ަނޑިޔާރުގެ އިސްލާޙު ކުރުމުގެ ނަމުގައި ޖޭ.އެސް.ސީ އެކުލަވާލި ގޮތާއި އެތަނަށް އިސްކުރެއްވި ނަޝީދުގެ ލޯޔަރ ޓީމްއަަށް ބަލާލުމުން މަންޒަރު ވަރަށް ސާފުވެއެވެ. އަދި ވަކީން ޚާއްސަކޮށް ނަޝީދުގެ ފަހުގެ ލޯބިވެރިޔާވެސް ޖޭ.އެސް.ސީ ގެ ބޮޑެއްގެ ގޮތުގައި ހިމަނުއްވައި ޑޭޓީން ކުރައްވާ ވަގުތުތަކުގައި ޖުޑިޝަރީ ސަރވިސަސްގެ ބައްދަވުންތަކާއި ބެހޭގޮތުން ވާހަކަ ދެކެވި މަޝްވަރާ ކުރެވޭނަމަ ޖުޑިޝަރީގެ މިނިވަންކަމަށް ފުށޫއަރާނޭ މިންވަރު ވިސްނާލެވެއެވެ.
އަދިވެސް އެޖަލްސާގައި ”ދެބޯގެރި“ ދުއްވަމުން ނަޝީދު ވިދާޅުވިއެވެ. ”ކޮންމެ ބަޔަކު ވެސް އެ ބައެއްގެ ލީޑަރަށް ދެރަ ގޮތެއް ވީމަ ނުރުހޭނެ. އިޙުސާސްތައް ހުންނާނެ. އުދާސްތަކެއް ހުންނާނެ. އެއީ އަޅުގަނޑުމެން އެންމެން ވެސް ބަލައިގަންނަންޖެހޭ ކަމެއް. އަދި އެއީކީ އަޅުގަނޑުމެން އުފާކުރަންޖެހޭ ބާވަތުގެ ކަމެއް ނޫން،“
”ހެއްކާއި ގަރީނާގެ މައްޗަށް ހުކުމް އިއްވަނީ. އުފުލިފައިވަނީ ގާނޫނުގައިވާ މާއްދާތަކުގެ ތެރެއިން މާއްދާއެއްގެ ދައުވާއެއް. އެހެންވީމަ އަޅުގަނޑަށް ތިކަމާ އެހެން ދަންނަވަން ނުކެރޭނެ.“ ސުވާލަކީ ނަޝީދުގެ މައްޗަށް ކޯޓުތަކުން ކުރެވުނު ޙުކުމްތައް އެވިދާޅުވި ގޮތަށް ނޫންތޯއޭ ހުށަހެޅި ކުރެވިފާހުންނާނީ؟! އެހެނަސް ނަޝީދަށް ހަޖަމް ކުރެވުނު އެއްވެސް ޙުކުމެއް ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކުން ކުރެވިފައެއް ނެތްކަމީ އެންމެންވެސް ދަންނެ ޙަގީގަތެކެވެ.
ޔާމީން ޖަލަށްލާން ޙުކުމް ކުރުމުން އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ދަނީ އެ ޙުކުމާއި ދެކޮޅަށް އިޙްތިޖާޖް ކުރަމުންނެވެ. އަދި ޔާމީނަށް ވާދަ ނުކުރެވޭ ގޮތަށް ރިޔާސީ އިންތިޚާބު ބޭއްވިޔަ ނުދޭނޭ ކަމަށް އިދިކޮޅު ކޯލިޝަނުން ގެންދަނީ ބުނަމުންނެވެ.
One Response
މިހުރިހާ ގޯހެއް ހެދުމުގެ މޭސިތިރިއަކީ ސީދާ ނަޝީދު އެވެ. އޭނާގެ ހަރުކަށީ ޕޮލިޓިކްސް ގައުމު ފުޑުފުނޑު ވީއެވެ. މައުމޫނަށް ހަޔާތް ގޮއްވުވާފައި އެންމެން ދިވެހިރާއްޖޭގެ ގާނޫނާއި ގޮންޖަހައި ބޭނުން ގޮތަކަށް މަގުމަތިން ނުކިޔަމެންތިކަން ދަށްކުވައި އަމަން އަމާން ކަން ގެއްލުވާލީއެވެ. ތެދުނެހެދުމަކީ އޭނާގެ ސިޔާސަތެވެ. ދެރަކަމުގެ ކޮޅެއްނެތެވެ. ދެން މިހާރު މިވަނީ ބައިއަޅާ އުސޫލުން ދައުލަތް ފެލުން ޢާންމުކުރުވައިފައެވެ. ޓެކްސް ބޮޑުކޮށް އެމީހުންގެ އެންމެނަށް ބޭނުންވާވަރކަށް ޢިނާޔަތްތަކާއި ވަޒީފާތައް ބަހައި ގައުމު ހުސްކޮށްލީއެވެ. ޢިލްމެއް ހިލްމެއްނެތް ފެލިއަރުވާ ބައިގަނޑު ސަރުކާރަށް އިސްވެ ވެރިކަމުގއި ހުންނަމީހާ ހައްދައިގެން ހެޕީ ހެޕީއެވެ.