މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރި އެއްމިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި އެވެ.
ރާއްޖެ އައި އެއްމިލިއަން ވަނަ ފަތުރުވެރިޔަކީ، ޗެކް ރިޕަބްލިކަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ޑެނިއެލާ ކިލްނަރޯވާ އެވެ. މިއީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އޭނާ އައި ތިންވަނަ އަހަރެވެ.
ޑެނިއަލާ ރާއްޖެ އައި ފުރަތަމަ ފަހަރު ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރިއިރު ދެވަނަ ފަހަރު ހުރީ އަދާރަން މީދުއްޕަރުގަ އެވެ. މިއަދު ހެނދުނު ގަރަތު އެއާވޭސްގެ ފްލައިޓަކުން ޑެނިއަލް ރާއްޖެ އައިސް ތިންވަނަ ފަހަރަށް ޗުއްޓީ ހޭދަކުރުމަށް ނިންމާފައިވަނީ ރޮބިންސަން ކްލަބް ނޫނުގަ އެވެ.
ޑެނިއެލާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު އޭނާއަށް މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އާއި އެމްއޭސީއެލްގެ އިސްވެރިންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުންނެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.