އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކުރި ނާޒިމް އާއި ނަޝީދު ދޫކޮށްލައިފި

Loading

August 12, 2022
profile
Facebook
Twitter
WhatsApp

ބަންލަދޭޝްގެ ޒުވާން އެމްޑީ އަލަމްގީރާ އެކު އެއްޖިންސުން ގުޅުންހިންގަނިކޮށް ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ ވީޑިއޯތަކުގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުން ދޫކޮށްލައިފިއެވެ.

ފުލުހުން މިއަދު ބުނީ އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި ފުލުހުންގެ ބަންދުގައި ތިބި ތިން މީހަކު ދޫކޮށްލާފައިވާ ކަމަށެވެ.

އެމީހުން ބަންދުން ދޫކޮށްލާފައިވަނީ އެމީހުން ބަންދުގައި އިތުރަށް ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމުމުންނެވެ.

ބަންދުން ދޫކޮށްލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޮ ނާޒިމް އަބްދުއްސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުއެވެ.

އަލްމިގިރި މައްސަލައިގައި ހައްޔަރުކުރި މީހުންނަށް ވަނީ ދައުވާކުރަންވެސް ފޮނުވައިފައެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި 18 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު އެ މައްސަލައިގައ ޝާމިލްވާ ބައެއް މީހުން ވަނީ ފުލުހުންގެ ހުއްދައާއެކު އުމްރާއަށް ފުރުވާލައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް