އެޕެންޑިކްސް ދުޅަވަނީ ކީއްވެކަމާއި އޭގެ ފަރުވާ

Loading

Facebook
Twitter
WhatsApp

އެޕެންޑިކްސްއަކީ ކުޑަގޮހޮރާއި ބޮޑު ގޮހޮރު ގުޅުވުމައިދޭ ”ސީކަމް“ ގެ ފަހަތުން ހަށިގަނޑުގެ މެދާ ގާތްވީ ފަރާތުގައި އިލިއޯސީކަލް ވޭޅް އަށްވުރެއެއް އިންޗި ތިރިން ސީކަމްގެ ތެރެއަށް ހުޅުވިފައިވާ އިންނަ ވަރަށް ހަނި ފަންޏެއް ފަދަ ހޮޅި އެކެވެ.

އެޕެންޑިކްސް ދުޅަވުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެކެވެ. އެޕެންޑިކްސް ދުޅަވުމަކީ އޭގައި ޖަރާސީމް އަޅައި ދުޅަވެ، ދޮސްގަންނަގޮތް ވުމެވެ.

އެޕެންޑިކްސް ދުޅަވެފައިވާކަމުގެ އަލާމާތްތައް:

ބަނޑުގެ ކަނާތް ފަރާތުން ތިރީގައި ރިހުން
ހޮޑުލުން/މޭނުބައިކުރުން
ހުން އައުން
ކުއްލިއަކަށް ތަދުވާން ފެށުމާއެކު ނިދަންވެސް އުދަގޫވެ ކުއްލިއަކަށްހޭލެވޭގޮތްވުން

އާއްމުގޮތެއްގައި އެޕެންޑިކްސް ދުޅަވަނީ، އެޕެންޑިކްސްގެ އެތެރޭގައިވާ ހޮޅި ބެދި އޭގެ ތެރޭގައި އުފެދޭ ދިޔަ ފަލަ ގޮހޮރުގެ ތެރެއަށް ހުސް ނުކުރެވޭގޮތް ވުމުން، އެޕެންޑިކްސްގެ ތެރޭގައިވާ ޖަރާސީމްތައް އިތުރުވެ، އޭގެ ވިހައިގެ އަސަރު އެޕެންޑިކްސްއަށް ފޯރަން ފެށުމުންނެވެ.

އެޕެންޑިކްސް ދުޅަވުމަކީ ވަކި އުމުރެއްގެ މީހުންނަށް ދިމާވާ ކަމެއް ނޫނެވެ. ނަމަވެސް 30-10 އަހަރާއި ދެމެދުގެ މީހުންނަށް އެޕެންޑިކްސް ދުޅަވުމުގެ މައްސަލަތައް ގިނައިން ކުރިމަތިވެއެވެ. އެޕެންޑިކްސް ދުޅަވުމަކީ ފަސޭހައިން ދެނެގަނެވޭ އަދި އޮޕަރޭޝަންކޮށްގެން ރަނގަޅު ކުރެވޭ ބައްޔެކެވެ.

އެޕެންޑިކްސް ދުޅަވުމުމުގެ މައްސަލައަށް އޮތް ފަރުވާގެ ތެރެއިން އެއްގޮތަކީ ބަނޑުން ކުޑަ ތަންކޮޅެއް ފަޅާލައިގެން އެޕެންޑިކްސް ނެގުމެވެ. އަނެއްގޮތަކީ ލެޕަރޮސްކޯޕް ބޭނުންކޮށްގެން މިއޮޕަރޭޝަން ކުރުމެވެ. ނަމަވެސް ބައެއް ފަހަރު އެންޓިބަޔޮޓިކްސް ބޭނުންކޮށްގެން އެ ކަމަށް ފަރުވާ ކުރެވިދާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް