ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއިލް ބަންދުން ދޫކޮށްލައިފިއެވެ.
މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގައި ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ޔޯގާ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެންނެވެ.
މުހައްމަދު އިސްމާއީލްގެ ބަންދާމެދު ގޮތެއް ނިންމަން އެންމެ ފަހުން ކޯޓަށް ހާޒިރުކުރުމުން މިދިޔަ މަހުގެ ހަތް ވަނަ ދުވަހުއެވެ. އެ ދުވަހު މުހައްމަދު އިސްމާއިލްގެ ބަންދަށް ޖެހީ 30 ދުވަހެވެ.
މުހައްމަދު އިސްމާއިލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލައިފައެވެ.
މުހައްމަދު އިސްމާއީލް ހައްޔަރުކޮށް ފުލުހުން އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ހެއްކަކީ އެ ދުވަހު އޮތް އިހުތިޖާޖުގައި ބައިވެރިވި މީހަކާ އޭނާ ސަލާމްކުރި ފޮޓޯއެކެވެ.
މުހައްމަދު އިސްމާއީލަކީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހަރަކާތުގެ ކޮމިޓީގެ މުގައްރިރެވެ.
One Response
ހަމަ ގަދަ ފޯވަޑެއް މިވެސް.