https://sandhaanu.today/22550/ އާއި ގުޅޭ…..
ފަސްވަނަ ފާފަ: ޔަތީމުންގެ މުދާ ކެއުން:
އިސްލާމީ ޝަރީޢަތުގެ ރަނގަޅުކަމުގެ ތެރޭގައި ހިމެނޭ ކަމަކީ ޔަތީމުންނަށް އިޙްސާންތެރިވުން ހިމެނެއެވެ. އަދި އެމީހުން ބެލެހެއްޓުން ހިމެނެއެވެ. އަދި ޔަތީމުންގެ މުދާ ރައްކާތެރި ކުރުން ހިމެނެއެވެ.
އަދި އެފަދައިން ޢަމަލުކުރާ މީހުނަށް ބޮޑުވެގެންވާ ދަރުމަހުއްޓެވެ. وَبِالْوَالِدَيْنِ إِحْسَانًا وَبِذِي الْقُرْبَىٰ وَالْيَتَامَىٰ …النساء 36. އަދި، މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، يتيم ންނަށާއި، مسكينންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާ އަށާއި، ދަތުރުވެރިޔާ އަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ!
وَلَا تَقْرَبُوا مَالَ الْيَتِيمِ إِلَّا بِالَّتِي هِيَ أَحْسَنُ حَتَّىٰ يَبْلُغَأَشُدَّهُ..الأنعام 152. ރަނގަޅުގޮތުން މެނުވީ، ތި
ޔަބައިމީހުން ޔަތީމުންގެ މުދަލާއި ގާތްނުވާށެވެ! އެކުދިން ބޮޑުވެ تصرفފުދިއްޖައުމަށް ދާނދެނެވެ.
عَنْ سَهْلِ بْنِ سَعْدٍ السَّاعِدِيَّ رضي الله عنه قَالَ: قَالَ رَسُولُاللهِ صلى الله عليه وسلم: (“ كَافِلُ الْيَتِيمِ لَهُ أَوْ لِغَيْرِهِ , أَنَاوَهُوَ كَهَاتَيْنِ فِي الْجَنَّةِ) (- وَأَشَارَ بِإِصْبَعَيْهِ السَّبَّابَةِ وَالْوُسْطَى-) (وَفَرَّقَ بَيْنَهُمَا قَلِيلًا ”) الجامع الصحيح للسنن والمسانيد(10/ 243) މާނައީ:
ސަހްލުއްސާޢިދީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ކީރިތި ރަސޫލާ (ޞ) ޙަދީޘްކުރެއްވިއެވެ..”ޔަތީމުން އޯގާތެރިކަމާއިއެކު ބެލެހެއްޓިމީހާ ތިމަންކަލޭގެފާނާއި ސުވަރުގޭގައި އަރިސް މީހުންގެ ތެރެއިން އެފަދަމީހާވާހުއްޓެވެ. އަދި އެކަލޭގެފާނުގެ ޝަހާދަތް އިނގިލިއާއި މެދު އިނގިލީން އިޝާރަތް ކުރެއްވިއެވެ. އަދި ދެއިނގިލި ކުޑަ ދުރުވާގޮތުގައެވެ. “.
ޔަތީމުންގެ މުދާ ކެއުމުގެ ޙުކުމް:
އާދެ! ޔަތީމުންގެ މުދާ ކެއުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އަދި އެކަމަށް ވަޢީދުގެ ބަސްފުޅު އައިސްފައިވާ ކަމެކެވެ.
إِنَّ الَّذِينَ يَأْكُلُونَ أَمْوَالَ الْيَتَامَىٰ ظُلْمًا إِنَّمَا يَأْكُلُونَ فِي بُطُونِهِمْنَارًا وَسَيَصْلَوْنَ سَعِيرًا ﴿١٠﴾ النساء 10 . ހަމަކަށަވަރުން، އަނިޔާވެރިކަމު ގެގޮތުން يتيم ންގެ މުދާ ކައިއުޅޭ މީހުން (ދަންނާށެވެ!) އެއުރެން ކައިއުޅޭކަން ކަށަވަރީ (ނަރަކައިގެ) އަލިފާނެވެ. އަދި، އަނދަ އަނދާ ހުންނަ ނަރަކަޔަކަށް އެއުރެން ނިކަންހުރެ ވަންނާނެތެވެ.
އިމާމު އައްޛަހަބީ އަދި އައްސުދިއްޔު رحمهما الله ވިދާޅުވިއެވެ. “ޔަތީމުންގެ މުދާ އަނިޔާވެރި ގޮތުގައި ކޭ މީހާ ޤިޔާމަތް ދުވަހުން މަޙްޝަރު ކުރެވޭނީ އޭނާގެ އަނގައާއި ކަންފަތާއި އަދި ނޭފަތާއި އަދި ދެލޮލުން އަލީފާން ނިކުންމެ ހުންނަ ޙާލުގައެވެ. އެމީހާ ފެންނަށް ކޮންމެ މީހަކަށް އެއީ ޔަތީމުންގެ މުދާ ނުޙައްޤުން ކައިފާހުރި މީހެއްކަން އެނގޭނެތެވެ.
….ނުނިމޭ…..