ބަންގްލަދޭޝް ޒުވާނެއް ކަމުގައިވާ އެމްޑީ އަލަމްގިރިއާއެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލް ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގާކަމަށް ފެންނަ ވީޑިއޯއަކީ އެޑިޓުކޮށްފައިވާ ވީޑިއޯއެއްކަމަށް ނާޒިމް ބުނެފިއެވެ.
ނާޒިމް މިފަދައިން ބުނެފައިވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް މިމަހުގެ 29 ވަނަ ދުވަހު ހާޒިރުކުރުމުން ކޯޓުގައި ދެއްކި ވާހަކައިގައެވެ.
ކޯޓުގައި ނާޒިމް ވަނީ އޭނާއަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އަދި އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ އޭނާ ނޫން ކަމަށް ބުނެފައެވެ.
މިޒަމާނުގައި ހެކި އުފައްދަން ފަސޭހަކަން ފާހަގަކޮށް ކޯޓުގައި ނާޒިމް ވަނީ އެ ވީޑިއޯއަކީ އެޑިޓުކޮށްފައިވާ ވީޑިއޯއެއް ކަމަށް ބުނެފައެވެ.
ކޯޓުގައި ނާޒިމް އިތުރަށް ބުނީ، އޭނާ ހައްޔަރުކުރިއިރު ކޯޓު އަމުރެއް ނުދޭ ކަމަށާއި އެހެންކަމުން ފުލުހުން އޭނާ ހައްޔަރުކުރީ އިޖުރާއަތްތަކާއި ހިލާފަށް ކަމަށެވެ.
ނާޒިމަށް ކުރާ އެއްޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތުތަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު އޭނާގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހައިފައެވެ. ނާޒިމްގެ އިތުރުން އެ މައްސަލައިގައި އަލަމްގިރިއާއި ކާނަލް ނަޝީދު އާއި ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުގައި މަސައްކަތްކުރާ ފުލުހެއްގެ އިތުރުން ކުރީގެ ނޫސްވެރިޔަކުވެސް ހައްޔަރުކޮށްފައިވެއެވެ.
One Response
Haraam koaru Anni kokko Nazim Sattar. He will leave the country soon for medical. Beleive me, thi Ibu aai Anni ge game gai dhivehin fundi nimijje. UK ah his dhen gondi dhuvaalee, balan thibeythi