އދ. ދަނގެތީ ވިޔަފާރިވެރިޔާ މަހްމޫދް އަބޫބަކުރު މަރަލިކަމަށް ކަމަށް އެއްބަސްވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އޮލަމް މިއާ (ސާލިމް) މަރަން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
ވިޔަފާރިވެރިޔާ މަހްމޫދުގެ ހަށިގަނޑު ފެނުނީ އޮކްޓޯބަރު 13، 2021 ގައި ދަނގެތީ ފަޅު ގޯއްޗެއްގެ ފެން ވަޅުގެ ތެރޭގައި ގޯންޏެއް ބޮލަށް މެހުމަށް ފަހު ބޯކޮޅު ވަތަށް ވައްޓާލައިފައި އޮއްވައެވެ.
މަހްމޫދު މަރާލި ކަމަށް ސާލިމް އެއްބަސްވެފައިވާތީ އޭނާ މަރާލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށް ހައި ކޯޓުގެ ރަޖިސްޓްރީން ދައްކަ އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.
ސާލިމްގެ މައްޗަށް ދައުލަތުން ކުރަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާއެވެ. ދެވަނަ ދައުވާއަށް ވެސް ސާލިމް އިއުތިިރާފްވެފައިވާތީ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އެ ކުށަށް އިއްވާފައިވެ އެވެ.
ދަށު ކޯޓުން ސާލިމް މަރަން ހުކުމް އިއްވި ނަމަވެސް، މަރުގެ މައްސަލަތަކުގައި ޝަރީއަތުގެ ތިން މަރުހަލާ ފުރިހަމަ ކުރަން ގާނޫނުގައި ލާޒިމުކުރެއެވެ.