ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓު ރައީސް ޔާމީން ގަބޫލުކުރައްވައިފި

Loading

Facebook
Twitter
WhatsApp

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގަބޫލު ކުރައްވައިފި އެވެ.

ޕީޕީއެމްއާއި ޕީއެންސީގެ ރިޔާސީ ޓިކެޓު ގަބޫލު ކުރައްވާކަން އެމަނިކުފާނު ހާމަ ކުރެއްވީ ރޭ އެ ދެޕާޓީން ބޭއްވި ކައުންސިލް ބައްދަލުވުމުގައެވެ.

މި ބައްދަލްވުމަށް ފަހު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ނިންމާފައިވާ ކަމަށާއި އެކަން ރައީސް ޔާމީން ގަބޫލުކުރައްވާފައިވާ ކަމަށެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އަރުވާފައިވާއިރު އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރުމުން އިންތިހާބުގައި ވާދަކުރުމަށް އޮތް ހުރަސް ވަނީ ނެތިގެން ގޮސްފައެެވެ. ނަމަވެސް އަދިވެސް ދަށު ކޯޓުގައި އެމަނިކުފާނުގެ މައްޗަށް ދެ މައްސަލައެއްގެ ޝަރީއަތް އެބަ ހިނގައެވެ. އެއީ ފުއްފުރި މައްސަލައާއި އާރަށު މައްސަލައެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމް ކޯލިޝަންގެ ފަރާތުން ވާދަކުރާނެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށް 2019 ވަނަ އަހަރު ވަނީ ނިންމައިފައެވެ. އެގޮތަށް އެއިރުގެ ކައުންސިލުން (މިހާރުގެ ސެނެޓުން) ނިންމާފައިވަނީ އެމަނިކުފާނު ޖަލަށް ލުމާ ގުޅިގެންނެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން ރިޔާސީ ޓިކެޓު ދޭނީ ޕްރައިމަރީއަކުންތޯ ނުވަތަ ނޫންތޯ ނިންމުމުގެ ބާރު ޕާޓީގެ ކައުންސިލަށް ނުވަތަ ސެނެޓަށް ލިބިގެންވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް