ތުއްތު ކުދިންނަށް ސިހުރު ޖެހިފައިވާ ނަމަ ފެންނާނެ އަލާމާތްތަކާއި އޭގެ ފަރުވާ

Loading

Facebook
Twitter
WhatsApp

ސިހުރާއި އެސްފީނާއާއި ރޫހާނީ އުނދަގޫތަކަކީ ރާއްޖޭގައި ވަރަށް އާއްމު ކަމެކެވެ. މިފަދަ ކަންކަމުގެ ޝިކާރައަކަށް ތުއްތު ކުދީންވާ ފަހަރުވެސް މަދެއް ނޫނެވެ. ތުއްތު ކުދީން ރޫހާނީ ބަލިމަޑުކަމެއް ތަހައްމަލުކުރާ ނަމަ ބައެއް އަލާމާތްތައް ތަކުރާރުކޮށް ފެންނނެއެވެ. އޭގެ ތެރޭގައި ރޭގަނޑުގެ ވަގުތުގައި ގިނައިން ރޮއެ ހަޅޭލަވައި ހެދުމާއި ހާސްވެގެން އުޅުން ހިމެނެއެވެ.

ފެނިދާނެ އެހެން ބައެއް އަލާމާތްތައް؛

ކުއްޖާ ހިކި އަނަރޫފަވެ، ކެއުމާއި ދުރުވުން
ގިނައިން އާފުރުން
މޫނު ރީނދޫވުން.
މައިންބަފައިންނަށް ނުކިޔަމަންވެ ބަސްނޭހުމާއި ކުއްޖާގެ އުޅުމަށް ބަދަލު އައުން (މާބޮޑަށް ހަލަނިކޮށް އުޅުން)
ނިދާފައި އޮންނައިރު ހުވަފެނުގައްޔާއި، ހޭލާ ހުންނައިރު އެކިޒާތުގެ އެއްޗެހި ފެނުން (ހާއްސަކޮށް ޖަނަވާރުން)
ކަންކަން ހަނދާން ނެތޭލެއް އަވަސްވުން

ސަލާމަތްވާނެ ގޮތްތައް:

ކުއްޖަކަށް ސިހުރު ނުވަތަ އެސްފީނާ ޖެހިއްޖެނަމަ އަމިއްލައަށްވެސް އެކަމަށް ފަރުވާ ހޯދިދާނެއެވެ. އެގޮތުން އެންމެ ހާއްސަ އިސްކަމެއް ދޭން ޖެހޭނީ، ފުރާނަ އެޅުއްވި އެއްވެސް އެއްޗެއްގެ ސޫރަ (ބުދު، ފޮޓޯ ފަދަ) ފާޅުވާގޮތަށް ގޭގައި ނުބަހެއްޓުމަށެވެ. އަދި ގޭތެރެ އަމާންކުރުމުގެ ގޮތުން ބަޤަރާ ސޫރަތް ގިނައިން ކިޔެވުން މުހިންމެވެ.

ސިހުރުގެ ނުވަތަ އެސްފީނާގެ އަލާމާތްތައް ކުއްޖާގެ ކިބައިން ފެންނަ ނަމަ، މުޢައްވިޛަތައިން (ސޫރަތުލް ފަލަޤި އަދި ސޫރަތުއް ނާސް) ކިޔަވައި ދެއަތްތިލައަށް ފުމެ، ރައްކާތެރިކަމުގެ ދުޢާތައް ކިޔަމުން ތުއްތު ކުއްޖާގެ ގައިގައި އަތްފިރުމުމާއި، ރުޤްޔާގެ އާޔަތްތައް ފެނަށް ކިޔަވައި އެފެނުން ކުއްޖާ ފެންވެރުވުމަކީވެސް ރޫހާނީ ބަލިމަޑުކަމަށް ލިބޭނެ ފަރުވާއެކެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް