ދިވެހި ސަރުކާރުން ލަންކާގެ ރައްޔަތުންގެ އުންމީދުތަކުގައި ކޮޅުފައިން ޖަހައިފި 

Loading

Facebook
Twitter
WhatsApp

ރެއަކީ ދިވެހި ތާރީޚުގައި ކަޅުން ފަވާލެވޭނޭ ރެއެކެވެ. ލަންކާ ރައްޔަތުން އެތަކެއް މަސްދުވަސް ވަންދެން ޢަދުލު އިންސާފުހޯދުމަށް ކުރަމުންގެންދިޔަ މުޒާހަރާތަކުގެ އުންމީދީ ފޮނި ނަތީޖާ އާއި ހަމަށް ދެވިފައި ވަނިކޮށް ދިވެހި ރާއްޖެއިން އެގައުމުގެ ދާޚިލީ މިބޮޑު މައްސަލަތަކުގެ ތެރެއަށް ވަދެ ލަންކާ މީހުންގެ ފޮނި އުންމީދު ތަކުގައި ކޮޅުފައިން ޖަހައި އެގައުމުގެ ބޮޑުވަގު ގޯތާބާޔާގައުމުން ފިލުވައިދިން ރޭކަމަށް ވާތީއެވެ.

ރައީސް ގޯތާ އަކީ އެގައުމުގެ އެންމެ ގިނަ މީހުންގެ މަގުބޫލު ލިބިގެން ރައީސް ކަމަށް އިސްކުރެވުނެ ރައީސްއެވެ. އަދި މީގެ ކުރިން އެގައުމު ރައްޔަތުންގެ ވަރަށް ލޯބިލިބިފައިވާ ވެރިއެކެވެ.ލަންކާއިން ވަކިވެ ގަންނަން ޖަފުނާ ސަރަަަހައްދުގައި ޓެމިލް އީލާމްގެ ނަމުގައި މަސައްކަތްކުރި ބައިގަނޑުގެ ހަނގުރަމަ ކާމިޔާބު ކުރެއްވި ހީރޯ އެވެ. ނަމަވެސް މިއަދު އޭނާއާއި އެނޭގެ ޢާއިލާއަކި ލަންކާއަށް ދިމާވި މުސީބާތެކެވެ. އަދި އޭނާއަކީ މިއަދު ޒީރޯ އެކެވެ.

ލަންކާ ރައްޔަތުން ދިވެހިންނާއި މިއަދު ކުރާސުވާލަކީ ލަންކާ ރައްޔަތުންގެ 10 ބިލިއަން ޑޮލަރުގެ ބޮޑު ވައްކަންކޮށް މުޅިގައުމު ބޭންކްރަޕްޓް ކޮށްލި މި ބޮޑު ވަގަށް ދިވެހިން ޙިމާޔަތް ދޭން ޖެހުނު ސަބަބާއި މެދުގައެވެ. ލަންކާގެ ރައްޔަތުން ގެ އަތްދަށުވެ އެގައުމުން ނުފިލޭނެވަރަށް އެގައުމުގެ ރައްޔަތުން ނުކުމެ އިންގިލާބު ކުރުމުން ދިވެހީ އެބޮޑު ވަގު ރާއްޖެއަށް ފިއްލުވީ ކީއްވެގެން ހެއްޔެވެ؟ 

އޭނާ އަތުގައި އެމެރިކާ ޕާސްޕޯޓް އޮވެއެވެ. އޭނާއަކީ އިންޑިއާ އާއި ގާތް ގުޅުމެއް އޮވެ އިންޑިއާ ސަރުކާރުން ބޭނުންވާ އިންޑިއާގެ ބޮޑެތި ކުންފުނިތަކަށް ލަންކާގައި އުސޫލުން ބޭރުން ވިޔާފާރި (ކަޓްގެ އުސޫލުން) ހިންގިމީހެކެވެ. ވީއިރު އެމެރިކާއިން ނުވަތަ އިންޑިއާ އިން ގޯތާ ފިލުމުގެ ފުރުސަތު ހޯދަ ނުދިނީ ކީއްވެހެއްޔެވެ؟

މިހާރު މަޖުބޫރުން އިސްތިޢުފާދީފައިވާ ގޯތާ ވަނީ ރައްޔަތުން ނިކުމެ މިދިޔަ ހަފުތާގައި ސައިޒްކޮށްފައެވެ. އަދި ފިލައިގެން ގައުމުން ބޭރަށް ދިއުމަށްޓަކައި މަށްޓަކައި ދާން އުޅުމުން އެއަރޕޯޓުން ނާއި ނޭވަލް ބޭސްތަކުންވެސް އޭނާ ފުރިޔަނުދީ ލަންކާގެ ރައްޔަތުން މަގުތަކަށް ނުކުމެ ވަނީ އޭނާ ހުށްޓުވާފައެވެ. ވީއިރު ސުވާލަކީ، ދިވެހި ރާއްޖެ ލަންކާ ރައްޔަތުންނަށް މިފަދަ ލަގާއެއް މިދިނީ ކީއްވެގެން ހެއްޔެވެ. މިއީ މިއަދުން ފެށިގެން ލަންކާގެ ރައްޔަތުން އެމީހުން ޔާލޫ ދިވެހިންނާއި ގުޅާ ކުރަމުން ގެންދާ ބޮޑު ސުވާލުތަކެވެ.

މިއަދަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ވަރަށް ނިކަމެތި ދުވަހެކެވެ. އެހެނީ ދިވެހިންގެ އެންމެ ގާތް ރަޙުމަތްތެރިން ކަމަށްވާ ލަންކާގެ ރައްޔަތުން ބަނޑަށް ޖައްސައި ގައުމު ބޭންކުރަޕްޓް ކޮށްލާފައި ފިލަން އުޅުނު އެގައުމުގެ ރައީސް ގޯތާ އަށް ދިވެހިން ޙިމާޔަތް ދިން ދިނުމެވެ. މި ޢަމަލުގެ ސަބަބުން މިއަދު ވަނީ ރާއްޖޭގެ ރައްޔަތުންނާއި ލަންކާގެ ރައްޔަތުންގެ ގާތްގުޅުމަށް ވަރަށް ބޮޑަށް ބުރޫއަރާފައެވެ.

ރޭގެ ދަންވަރު ދިވެހި ސަރުކާރުން ހިންގި މި ޖަރީމާއަކީ ގިނަ ދިވެހީން ކުއްެވެރިކުރާ ބޮޑު ޖަރީމާއެކެވެ. ދިވެހިރާއްޖެ މިނިވަކަން ހޯދުމަށް 1943ން ފެށިގެންވެސް ކުރި ކޮންމެ ދަތުރެއްގެ އެންމެ ބޮޑު ބައިވެރިޔަކީ ލަންކާގެ ރައްޔަތުން ކަމާއިމެދު ޝައްކެއްނެތެވެ. ގޯތާ ރޭގެ ދަންވަރު ލަންކާގެ އަސްކަރީ މަތިންދާ ބޯޓެއްގައި ރާއްޖެއަށް ނަށްޓާލީއެވެ. ފުރަތަމަ 30 މިނެޓް ދުއްވާފައި ވަނިކޮށް ރާއްޖޭގެ ޓަވަރުން އެފުލައިޓަށް ކުލިއަރެން ނުލިބެނެ ކަމަށް އެންގިއެވެ. ދެން ބޯޓު އަނބުރާލައިފާ އަލުން ލަންކާއަށް މިސްރާބު ޖެހީއެވެ. މިފުލައިޓުގައި ވަނީ ޖުމްލަ ހަތަރު މީހަކެވެ. ދެން ކުއްލިއަކަށް ފެނުނީ ރޭގަނދުގެ 2.45 ހިސާބުގައި އެބޯޓު އަލުން ވެލާނާގެ ވައިގެ ބަނދަރުގައި ޖެއްސިތަނެވެ.

އެނގިފައިވާ ގޮތުގައި އެބޯޓް ވެލާނަ ވައިގެ ބަދަރުގައި ޖެއްސުމަށް ދެވަނަފަހަރަށް ހޯދައި ދެވުނުެ ހުއްދައަކީ ރާއްޖޭގެ މަޖިލިސް ސްޕީކަރ ނަޝީދު ވަރަށް ފޯރީގައި ޙަރަކާތެރިވެގެން ހަމަޖެހިގެން ދިޔެ ލޭންޑީންގް ހުއްދައެކެވެ.  އެގޮތުން ބައެއް ރިޕޯޓްތައް ބުނާގޮތުން ނަޝީދު ސީދާ ޓަވަރަށް ގުޅައި އެބޯޓް މާލޭ ވައިގެ ބަނދަރުގައި ޖެއްސުމަށް ހުއްދަދޭން އެންގިއެވެ. އެއިރު އެބޯޓްވަނީ ލަންކާގެ ވައިގެ ބަނދަރަށް ވަދެފާމެއެވެ. ދެން އަލުން ހުއްދަ ލިބިދިނީއެވެ. އެބޯޓްގައި ރާއްޖެ އައިކަމަށް ބުނެވެނީ ލަންކާ މީހުން ބުނާގޮތުންނަމަ ވަގު ގޯތާ އާއި އޭނާގެ އަންހެނުންނާއި ގޯތާގެ ވައްކަމުގެ ހާލީގެ ދެ އެޑްވައިޒަރުންނެވެ. 

ދިވެހި ބައެއް ކަމާބެހޭފަރާތުން މިހާރު ބުނާގޮތުގައި ކުރިން އެބޯޓު ޖެއްސުމަށް ދެވިފައިވާ ހުއްދަ ބާތިލު ކޮށްފައިވަނިކޮށް އަލުން މަޖިލިސްގެ ރައީސް ނަޝީދު އެއަރޕޯޓަށް ގޮސް އަލުން ބޯޓު ޖެއްސުމުގެ ހުއްދަ ހޯދައި ދިނީއެވެ. ސުވާލަކީ ނަޝީދުއަށް ދިވެހިންގެ ބަހެއްނެތި ސަރުކާރަށް ޕްރެޝަރ ކޮށްގެން މަދު މިނެޓްކޮޅެއްގެ ތެރޭގައި ބޭނުންހާކަމެއް ބޭނުވާ ކޮންމެ ދިމާލަކުން ކުރެވޭނެ ގާނޫނެއް އުސޫލެއް އޮވޭތޯއެވެ. ހައްތަހާވެސް ސުވާލަކަށް ފަހު ސުވާލެކެވެ.

މިއަދު ދިވެހިންނާއި ދެކޮޅަށް ލަންކާގެ ނޫސްތަކާއި ރައްޔަތުންގެ ނުރުހުންތައް އަންނަނީ އޮއްސެމުންނެވެ. ސުވާލަކީ ލަންކާގެ ރައްޔަތުންނާއި ދެކޮޅަށް ދިވެހި ސަރުކާރުން މިފަދަ ބޮޑު ޚިޔާނާތުގެ ފިޔަވަޅެއް އަޅަން ޖެހުނީ ކޮންފަދަ މަޖުބޫރީ ޙާލަތެއް ދިމާވެގެން ބާވައެވެ. ހެޔޮވެރިކަމެއްކުރަން ކަރަޕްޝަނާއި ފަސާދައިގެ ދޮޮރުތައް ބަންދުކުރަން ދީނާއި ގައުމާއި ރައްޔަތުންނަށްޓަކައި ވެރިކަމަށް އިސްވެތިބި ސަރުކާރަކުންދިވެހި ރައްޔަތުންނާއި ލަންކާގެ ރައްޔަތުންގެ އުންމީދުތަކުގައި ކޮޅުފައިން މިގޮތަށް ޖެހީ ކީއްވެހެއްޔެވެ؟ ބޮޑު ވަގަކު ފިއްލުވަން ރާއްޖެއަށް މަޖުބޫރުކުރުވީ ކޮންގައުމަކުން ނުވަތަ ކާކުހެއްޔެވެ. ޔަގީނުންވެސް ދިވެހިން ތިބޭނީ ލަންކާ ރައްޔަތުންނާއި އެކުގައެވެ. ހެޔޮ ބަދަލަކަށް އެދިއެދިއެވެ.

Loading

3 Responses

  1. ވަގުން ތިބޭނީ އަބަދުވެސް މިނިވަންވެފަ މިގައުމު ގެ ބޮޑު ވަގުވެސް ހުރީ ދޫކޮށްލާފަ. ދުވަހަކު ވެސް ނުދެކޭ ވަރުގެ ބޮޑު ވައްކަމެށް ކޮށްފަ ހުރި ރައީސެއް ހުރީ މިނިވަން ވެފަ. ކޮބާ އެތަން ފެންނަ މީހަކު އެބަހުރި ތޯ.

  2. ލަންކާގެ މީހުން މީނާއަށް ކޮންމެގޮތެއް ހެދިޔަސް ދިވެހިންނަށް މައްސަލައެއް އެބައޮތްތޯއެވެ. އެހެނަސް އެގައުމުން ހަބޭހަށް ވައްކަންކޮށްގެން އެފައިސާތަކާއިއެކު އެ މުޖިރިމު ފިލުމަށް ދިވެހ ސަރުކާރުން އެ ބެހިގަތްގޮތް ވަރަށް ގޯސްކަމަށް ފެނެއެވެ. ދެން މިހާރުގެ އުސޫލުން އޯކޭ ކަން ނޭންގެ. ސެހެނީ ބިޔަ ވައްކަން ކުރާ މީހުން ޙިމާޔަތް ކޮށްދިނުމުގެ ޕޮލިސީގެ ދަށުން ޝޮކެއް ލިބުނުކަމެއް ނޫނެވެ. އެހެނީ MMPRC Ventilator FPID Covid ޖަރީމާތައްވެސް ބެލިފައި ނުވަނީ އެ ޢަދަދުތަށް ބޮޑުކަމުންނާއި އެ ވައްކަމުން ފައިދާ ކުރި މީހުން ޢަދަދު ގިނަވީމާނޫންތޯއެވެ. އެހެންވީމާ އެގޮތުން ލާރިފޮއްޗެއް ލިބި ގިނަ ބަޔަކަށް ބެހެންޏާ މިހެންވާނެ ތާއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް