https://sandhaanu.today/22026/ އާއި ގުޅޭ…
2. ދެވަނަ ފާފަ: ސިޙުރު
ސިޙުރަކީ: ކަރުދާސް ނުވަތަ ގޮށްގޮށަށް ފުމެ ހަށިގަނޑަށާއި ހިތަށް އޭގެ އަސަރުކޮށް ބަލިކޮށްލަން ކިޔެވޭ އަދި ލިޔެވޭ ކޮންމެ އެއްޗެކެވެ. އަދި އޭގައި ބައެއް މީހުން މަރުވެ، އަދި ދެމަފިރިން ދުރުކޮށް މީހުންގެ މެދުގައި ރުޅިވެރިކަމާއި ނުތަވަސްކަން މެދުވެރިކޮށްދެއެވެ.
ސިޙުރަކީ އޭގައި ޙަޤީޤަތެއްވާ އެއްޗެއް ހެއްޔެވެ؟ނުވަތަ ނޫން ހެއްޔެވެ؟
ޢިލްމުވެރިންގެ ރައުޔު މިކަމުގައި ތަފާތުވެ ދެބަޔަކަށް ބެހިގެން ދެއެވެ.
ފުރަތަމަ ރައުޔު:ސިޙުރަކީ އޭގައި ޙަޤީޤަތެއް އަދި އަސަރުތަކެއްވާ އެއްޗެކެވެ. މިއީ ކީރިތި ޤުރްއާނާއި ސުންނަތުން ސާބިތުވާ އެއްޗެކެވެ. އަލްއިމާމު އަންނަވަވީ رحمه الله ވިދާޅުވިއެވެ. “ޞައްޙަ ގޮތަކީ އެއީއެވެ. އަދި އެއީ ޖުމްހޫރުންގެ ވެސް ރައުޔެވެ އަދި އެކަމަކީ ޢާއްމު ޢިލްމުވެރިން އޭގެ މައްޗަށް އެއްބަސްވާ ކަމެކެވެ. އަދި އެކަން ކީރިތި ޤުރްއާނާއި ޞައްޙަ ސުންނަތުން ސާބިތުކަމެކެވެ. އިމާމު އަލްޤުރުޠުބީ رحمه الله މި ރައުޔަށް ތާއީދު ކުރައްވައެވެ.
ދަލީލުތައް:
ކީރިތި ޤުރްއާނުން:
وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ وَمَا كَفَرَ سُلَيْمَانُوَلَٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَىالْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَاإِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَالْمَرْءِ وَزَوْجِهِ ۚ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِاللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَالَهُ فِي الْآخِرَةِ مِنْ خَلَاقٍ ۚ وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ ۚ لَوْ كَانُوايَعْلَمُونَ ﴿١٠٢﴾البقرة 102.
އަދި سليمان ގެފާނުގެ ވެރިކަމުގެ ޒަމާނުގައި شيطان ންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެއުރެން تبع ވޫއެވެ. سليمان ގެފާނު كافرވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ شيطان ން كافر ވޫއެވެ. އެއުރެން މީސްތަކުންނަށް سحر އުނގަންނައި ދިނުމުންނެވެ. އަދި بابلގައިވާ هاروت އާއި، ماروت އާއި ދެ ملائكة ންގެ މައްޗަށް ބާވައިލެއްވި ތަކެއްޗާވެސް (އެއުރެން تبع ވޫއެވެ.) ތިމަންމެން ވާކަން ކަށަވަރީ (إيمان ކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) امتحان އެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) كافرނުވާށޭ ވިދާޅުވެ (نصيحة ދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ ملائكة ން އުނގަންނަވައެއް ނުދެއްވަތެވެ. ފަހެ، މީހާޔާއި އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް ވަކިކުރާނޭގޮތް އެ ދެ ملائكة ންގެ ކިބައިން އެއުރެން އުނގެނި އުޅެތެވެ. اللَّه ގެ إذن ފުޅާލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެއުރެން ނުވެތެވެ. އެއުރެން އެ އުނގެނެނީ އެއުރެންނަށް ގެއްލުންދޭ، އަދި އެއުރެންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ގަތް މީހަކަށް آخرة ގައި އެއްވެސް نصيب އެއް ނެތްކަން، އެއުރެންނަށް ކަށަވަރުކޮށް އެނގިފައިވެއެވެ. އެއުރެންގެ نفس ތައް އެ އެއްޗަކަށް އެ ވިއްކައިލި އެއްޗެއްގެ ނުބައިކަން ބޮޑުކަމާއެވެ! އެއުރެން އެކަން ދަންނަ ކަމުގައި ވިނަމައެވެ.
އިސްވެދިޔަ އާޔަތުން ދަލީލު ލިބެނީ:
• ސިޙުރަކީ ޙަޤީޤަތެއްވާ އެއްޗެއްކަމެވެ.
• ސިޙުރު މެދުވެރިކޮށް ދެމަފިރިން ދުރުކޮށްދޭ ވަރިތޮޅިއެއްކަމެވެ.
• ސިޙުރު އުނގެނުމަކީ މަންފާއެއް ނެތް ގެއްލުމެއްކަމެވެ.
قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍإِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍإِذَا حَسَدَ ﴿٥﴾الفلق:1-5 .
ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރިރަސްކަލާނގެ حضرة ން ރައްކާތެރިކަން ލިބިގަންނަމެވެ. އެކަލާނގެ ހައްދަވާފައިވާހާ ތަކެތީގެ ނުބައިކަމުންނެވެ. އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު، އެ ރޭގަނޑުގެ ނުބައިކަމުންވެސްމެއެވެ.
ސުންނަތުން:
عَنْ عَائِشَةَ، رَضِيَ اللَّهُ عَنْهَا قَالَتْ: سَحَرَ رَسُولَ اللَّهِ صَلَّى اللهُعَلَيْهِ وَسَلَّمَ رَجُلٌ مِنْ بَنِي زُرَيْقٍ، يُقَالُ لَهُ لَبِيدُ بْنُ الأَعْصَمِ، حَتَّى كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُخَيَّلُ إِلَيْهِ أَنَّهُ كَانَيَفْعَلُ الشَّيْءَ وَمَا فَعَلَهُ، حَتَّى إِذَا كَانَ ذَاتَ يَوْمٍ أَوْ ذَاتَ لَيْلَةٍوَهُوَ عِنْدِي، لَكِنَّهُ دَعَا وَدَعَا، ثُمَّ قَالَ: “ يَا عَائِشَةُ، أَشَعَرْتِ أَنَّاللَّهَ أَفْتَانِي فِيمَا اسْتَفْتَيْتُهُ فِيهِ، أَتَانِي رَجُلاَنِ، فَقَعَدَ أَحَدُهُمَاعِنْدَ رَأْسِي، وَالآخَرُ عِنْدَ رِجْلَيَّ، فَقَالَ أَحَدُهُمَا لِصَاحِبِهِ: مَاوَجَعُ الرَّجُلِ؟ فَقَالَ: مَطْبُوبٌ، قَالَ: مَنْ طَبَّهُ؟ قَالَ: لَبِيدُ بْنُالأَعْصَمِ، قَالَ: فِي أَيِّ شَيْءٍ؟ قَالَ: فِي مُشْطٍ وَمُشَاطَةٍ، وَجُفِّطَلْعِ نَخْلَةٍ ذَكَرٍ. قَالَ: وَأَيْنَ هُوَ؟ قَالَ: فِي بِئْرِ ذَرْوَانَ “ فَأَتَاهَارَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ [ص:137] فِي نَاسٍ مِنْأَصْحَابِهِ، فَجَاءَ فَقَالَ: «يَا عَائِشَةُ، كَأَنَّ مَاءَهَا نُقَاعَةُ الحِنَّاءِ، أَوْ كَأَنَّ رُءُوسَ نَخْلِهَا رُءُوسُ الشَّيَاطِينِ» قُلْتُ: يَا رَسُولَ اللَّهِ: أَفَلاَ اسْتَخْرَجْتَهُ؟ قَالَ: «قَدْ عَافَانِي اللَّهُ، فَكَرِهْتُ أَنْ أُثَوِّرَ عَلَىالنَّاسِ فِيهِ شَرًّا» فَأَمَرَ بِهَا فَدُفِنَتْ تَابَعَهُ أَبُو أُسَامَةَ، وَأَبُوضَمْرَةَ، وَابْنُ أَبِي الزِّنَادِ، عَنْ هِشَامٍ، وَقَالَ: اللَّيْثُ، وَابْنُعُيَيْنَةَ، عَنْ هِشَامٍ: «فِي مُشْطٍ وَمُشَاقَةٍ» يُقَالُ: المُشَاطَةُ: مَايَخْرُجُ مِنَ الشَّعَرِ إِذَا مُشِطَ، وَالمُشَاقَةُ: مِنْ مُشَاقَةِ الكَتَّانِ. صحيح البخاري (7/ 136)
ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. ބަނީ ޒުރައިޤު ދަރިކޮޅު މީހަކު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޞިޙުރު ހެދިއެވެ. އޭނާގެ ނަމަކީ ލަބީދު ބުނު އަލްޢައުސަމެވެ. އޭގެ އަސަރުން ކީރިތި ރަސޫލާ (ޞ) ނުކުރައްވާ ކަމެއް ކުރެވުނު ކަމަށް ޚިޔާލަށް ގެނެވެއެވެ. އެއްދުވަހު ނުވަތަ އެއްރެއަކު އެކަލޭގެފާނު އެއްޗެއް ވިދާޅުވެލެއްވުމަށް ތިމަން ކަމަނާއަށް ގޮވައިލައްވާ ވިދާޅުވިއެވެ. އޭ ޢާއިޝާއެވެ. ﷲގެ ޙަޟްރަތުގައި ތިމަންކަލޭގެފާނު އެދި ލެއްވި ފަތުވާގެ ލަފައެއް އެކަލާނގެ ދެއްވާފިއެވެ. ހުވަފެންފުޅުގައި ދެމަލާއިކަތް ބޭކަލަކަލަކު ވަޑައިގެން އޭގެތެރެއިން އެއްބޭކަލަކު ތިމަން ކަލޭގެފާނުގެ ބޯލާކޮޅުގައި އިށީދެ ވަޑައިގަތެވެ. އަނެއް ބޭކަލަކު ތިމަން ކަލޭގެފާނުގެ ފައިލާކޮޅު އިށީދެ ވަޑައިގަތެވެ. އެދެބޭކަލުން ކުރެ އެއްބޭކަލަކު ވިދާވިއެވެ. އެކަލޭގެފާނަށް ޖެހިވަޑައިގެން އުޅުއްވާ އާލާސްކަން ފުޅަކީ ކޮބައިތޯއެވެ؟ ވިދާޅުވިއެވެ. އެކަލޭގެފާނަށް ވަނީ ޞިޙުރުޖެހިފައެވެ. ދެންނެވުނެވެ. ސިޙުރު ހެދީ ކާކު ހެއްޔެވެ؟ ވިދާޅުވިއެވެ. ލަބީދު ބުނު އަލްއަޢުޞަމެވެ. ސިޙުރު ހަދާފައިވަނީ ކޮން އެއްޗެއް ބޭނުންކޮށްގެންތޯއެވެ؟ދެންނެވުނެވެ. ފުނަލެއްގައިވާ އިސްތައްޓެއް ފިރިހެން ކަދުރު ރުކުރެއްގެއް ޅަކުރީގައި ގޮށްޖަހާޖެން ހަދާފައިވާ ސިޙުރެކެވެ. އަދި ސިޙުރުވީ ކޮން ތަނެއްގައިތޯއެވެ؟ ذَرْوَانْ ކިޔުނު ވަޅެއްގެ ތެރޭގައެވެ. އެތަނުގައި އެކަލޭގެފާނުގެ އަޞްޙާބުން ތިއްބަވަނިކޮށް އެކަމަނާ ގޮވައިގެން ވަޑައިގަތެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. އޭ ޢާއިޝާއެވެ! ”އެވަޅުގު ފެންގަނޑު ކުލަ ހީވަނީ ހީނާފަތް ގިރާފަ ރަތްވެފައި ހެންނެވެ. އަދި ޞިހުރު ހަދާފައިވާ ކަދުރު ރުކުގެ ކުރި ހީވަނީ ޝައިޠާނެއްގެ ބޯހެންނެވެ.”އެހިނދު ޢާއިޝަތުގެފާނު ދެންނެވިއެވެ. ކަލޭގެފާނު އޭތި ވަޅުން ނުނަގަވަންތޯއެވެ؟ޙަދީޘްކުރެއްވިއެވެ.”ﷲ ތިމަންކަލޭގެފާނަށް އެކަމުން ޝިފާދެއްވާފިއެވެ. ތިމަންގެ ފަރާތުން މީހަކަށް ގެއްލުމެއް ލިބެން ނޭދެމެވެ. އޭތި ވަޅުލުމަށް ތިމަން ކަލޭގެފާނު އެންގެވީމުއެވެ.”
މިޙަދީޘުން ލިބޭ ތަރުބަވީ ފިލާވަޅުތައް:
ހ.ޞިޙުރަކީ އެއިން އަސަރުތަކެއް ކުރުވާ ޙަޤީޤަތްވާ އެއްޗެއްކަން.
ށ.ސިޙުރު ހެދުމަކީ ޝައިޠާނާގެ ޢަމަލެއްކަން އަދި އެއީ، ބޮޑުވެގެންވާ ފާފައެއްކަން.
ނ.ސިޙުރު ހަނދާފައިވާ އެތި ނައްތާލުމުގެ ޢަމަލު ކުރަންޖެހޭ ގޮތް ބަޔާން ވެގެން ދިއުން.
ރ.ޝަރްޢުގައި ހުއްދަ ކުރައްވާފައިވާ ރުޤުޔާ ކުރުމަކީ ހުއްދަ ކަމެއްކަން. އަދި ޤުރްއާނަކީ ޝިފާއެއްކަން.
ބ. ރުޤުޔާ ކުރުމުގައި ވެސް އިންސިއެއްވެސް އަދި ޖިންނި އެއްވެސް ޙައްޤަކާ ނުލައި ގެއްލުން ދީގެން ނުވާނާނެކަން.
ދެވަނަ ރައުޔު:ސިޙުރަކީ ޙަޤީޤަތެއްވާ އެއްޗެއްކަމަށް ޤަބޫލު ނުކުރާ ރައުޔެވެ.
މި ރައުޔު ޤަބޫލު ކުރައްވަނީ: މުޢުތަޒިލާއިންގެ ޢާއްމު ވިސްނުމާއި އަދި މާތުރިދީ ފިކުރުގެ ޢިލްމުވެރިންގެ ތެރެއިން މަންޞޫރު އާއި އަދި އިބްނު ޙަޒްމު އަދި ޝާފިޢީ މަޛްހަބުގެ ޢިލްމުވެރީންގެ ތެރެއިން އަސްތަރާބާޒީ އަދި އަބޫބަކުރުލް އަލްޖައްޞާޞުފަދަ ޢިލްމުވެރިންނެވެ.
މިމީހުން ދެކޭގޮތުގައި ސިޙުރަކީ އޭގައި އެއްވެސް ޙަޤީޤަތެއްވާ އެއްޗެއްނޫނެވެ. އެއީ މީހުންގެ ޚިޔާލީ ވިސްނުމެކެވެ. އޭގެއިން އިންސާނަކަށް އެއްވެސް އަސަރެއް ނުކުރާނެއެވެ.
އަލްޤާޟީ ޢަބްދުލްޖައްބާރު ވިދާޅުވިއެވެ. ސިޙުރުގެ ޙަޤީޤަތަށް ބަލާއިރު އެއީ ގެއްލުން ދެނެވި އެއްޗެއްނޫނެވެ. އެއީ މީހުނަށް އޮޅުވާ ލުމަށްޓަކައި ބޭނުން ކުރެވޭ ޙީލަތެކެވެ. މާތުރިދީ ޢިލްމުވެރިއެއް ކަމަށްވާ އަބޫ މަންޞޫރު އިތުރު ކުރައްވަނީ ކާހިނުންނަކީ ދޮގާއި މަކަރު ހަދާބައެއްކަމެވެ.
ސިޙުރު ހެދުމާއި ސިޙުރުވެރީންގެ ފަރާތުން ވާގި އެދުމުގެ ޙުކުމް:
ޢިލްމުވެރިން އިޖްމާޢު ވަޑައިގަންނަވާ ގޮތުގައި ސިޙުރުގެ ހެދުމަކީ ޙަރާމް ކަމެކެވެ. އަދި ސިޙުރު އުނގެނުން ވެސް ޙަރާމެވެ. އަދި ސިޙުރު ވެރިންގެ ފަރާތުން ވާގި ހޯދުމަކީ ވެސް ޙަރާމްކަމެކެވެ.
عَنْ بَعْضِ أَزْوَاجِ النَّبِيِّ – صلى الله عليه وسلم – قَالَتْ: قَالَرَسُولُ اللهِ – صلى الله عليه وسلم -: ”مَنْ أَتَى عَرَّافًا فَسَأَلَهُعَنْ شَيْءٍ, لَمْ تُقْبَلْ لَهُ صَلَاةٌ أَرْبَعِينَ لَيْلَةً“الجامع الصحيحللسنن والمسانيد (4/ 465) މާނައީ:އަތްބަލާމީހެއްގެ ގާތަށް ގޮސް އަތްބަލެވި މީހާގެ ނަމާދު 40 ސުވަސްވަންދެން ﷲ ޤަބޫލުނުކުރައްވާ ހުއްޓެވެ. الجامع الصحيح للسنن والمسانيد (4/ 466)
قَالَ: قَالَ رَسُولُ اللهِ – صلى الله عليه وسلم -: “ مَنْ أَتَىكَاهِنًا أَوْ عَرَّافًا فَصَدَّقَهُ بِمَا يَقُولُ، فَقَدْ كَفَرَ بِمَا أُنْزِلَ عَلَىمُحَمَّدٍ – صلى الله عليه وسلم
ސިޙުރުވެރިޔާގެ ޙައްދު:
މި މައްސަލާގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދެނީ ސިޙުރު ހެދިކަން އެމީހާގެ މައްޗަށް ސާބިތުވުމުން ޤަތުލުކުރުމުގެ ކުރިން އެމީހެއްގެ ތައުބާ ޤަބޫލުކުރެވޭނެތޯ؟ ނުވަތަ ނޫންތޯ؟ އެކަމުގެ މައްޗަށެވެ.
ޖުމްހޫރު ޢިލްމުވެރިން އަދި ޞަޙާބީނާއި ތާބިޢީ ބޭކަލުން ހިމެނޭގޮތުން އަދި ޝާފިޢީންގެ ރިވާޔަތެއްގައި ވާގޮތުން ސިޙުރު މީހަކަށް ހެދިމީހާ އެކަމުން ތައުބާ ނުވަނީސް އެކަމުގެ މައްޗަށް އިޤްރާރުވުން ނުވަތަ އެކަމުގެ ހެކި އެމީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، މުޠުލަޤު ގޮތެއްގައި ޤަތުލުކުރުން ވާޖީބުވާނެއެވެ.
އަބޫ ޙަނީފާ ވިދާޅުވެއެވެ. ސިޙުރު ވެރިއެއްކަން ނުވަތަ ސިޙުރު ހެދިކަން ނޭގޭ ހިނދަކު އޭނާ ޤަތުލެއް ނުކުރެވޭނެއެވެ. ސިޙުރު ވެރިއެއްކަން އެނގިއްޖެނަމަ ތައުބާއެއް ނެތި ޤަތުލުކުރެވޭނެއެވެ. އަދި އެފަދަމީހާ ސިޙުރު ދޫކުރަންދެން އޭނާ ބުނާ ބަހެއް ޤަބޫލެއް ނުކުރެވޭނެއެވެ. އަދި އޭނާ އެކަން ދޫކޮށްލިކަމަށާއި އަދި ތައުބާވެއްޖެކަމަށް އިޢްތިރާފުވެއްޖެނަމަ، ޤަތުލެއް ނުކުރެވޭނެއެވެ.
އިމާމު މާލިކުގެފާނު ވިދާޅުވިއެވެ. ސިޙުރުވިރިޔާ އަކީ ކާފިރެކެވެ. ތައުބާއެއްނެތި ޤަތުލުކުރެވޭނެއެވެ. އަދި އޭނާގެ ތައުބާ ޤަބޫލެއް ވެސް ނުކުރެވޭނެއެވެ. ޒިންދީޤެއްފަދައި އޭނާއާމެދު ޢަމަލުކުރަންޖެހޭނެއެވެ.
….. ނުނިމޭ..
One Response
މިފަދަ އިލްމީ ލިއުންތަކަށް މަރުހަބާކިޔަމުން އިތުރު ލިއުންތަކަށް އުންމީދުކުރަމެވެ