އައްޑޫ ސިޓީ ފޭދޫގައި ރޭ ފަތިހު ހިންގި މާރާމާރީގައި ބޮޑެތި ޒަހަމްތަކެއް ކޮށްފައިވާ ޒުވާނާއަށް ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެ އެވެ.
މި މާރާމާރީއާއި ގުޅިގެން މަރުވެފައިވަނީ ފޭދޫ ސޮލިޑް، މުހައްމަދު ޒަޔާން މޫސާ، 21 އެވެ. އޭނާ މަރުވީ ލިބުނު އަނިޔާތަކަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދެނިކޮށް މިއަދު ހެނދުނުގައެވެ.
ހޮސްޕިޓަލުން ބުނީ އޭނާގެ ބުރަކަށީގައި ވަރަށް ފުން އަދި އަދި ބޮޑެތި ޒަހަމްތަކެއް ހުރިކަމަށާ އޭގެ ސަބަބުން އޭނާގެ މެޔަށްވެސް ޒަހަމްތަކުގެ އަސަރުކޮށްފައިވާ ކަމަށެވެ.
ރޭގެ މާރާމާރީގައި ޒަހަމްވި ޒުވާނާ މަރުވެފައިވާއިރު މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް ފޭދޫގައި ހިންގި މާރާމާރީއެއްގައި 19 އަހަރުގެ ޒުވާނަކަށް ބޮޑެތި ޒަހަމްތަކެއް ވެފައި ހުރުމާއި ގުޅިގެން އޭނާ މާލެ ގެނެސް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. އެ ޒުވާނާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށްވެއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ އައްޑޫ ސިޓީގައި ހިނގަމުންދާ މާރާމާރީތަކާ މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމަށް ބެލެވޭ ކަމަށެވެ.
One Response
Subunallah, kobaatha Ah.Imran Home Minister, #IndiaOut huttuvan ulhuvvaahen dhivehinnah amaan kan hoarhai dheebala. Dhilangeh dheynamey