ފޯޖް ޑޮކިއުމެންޓްސް ހުށަހަޅި ކުންފުނި ތަކެއް ބްލެކް ލިސްޓް ކޮށްފި

Loading

Facebook
Twitter
WhatsApp

ފޯޖް ޑޮކިއުމެންޓްސް ހުށަހެޅި ކަމަށް ތުހުމަތުކޮށް ކުންފުނި ތަކެއް ބްލެކް ލިސްޓް ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ މިނިސްޓްރީން ލިބިދޭ ބާރުގެ ދަށުން 4 ކުންފުންޏެއް ބްލެކް ލިސްޓް ކޮށްފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އޭގެތެރެއިން ތިން ކުންފުންޏެއް ބްލެކް ލިސްޓް ކޮށްފައިވަނި ފޯޖް ޑޮކިއުމަންޓް ހުށައަޅާފައިވާތީ ކަމަށެވެ. އެ ކުންފުންނި ތަކަކީ އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، އެސްޓޮނިޝް ކްލީނިން ކޮމްޕެނީ އަދި ކޭއެސްއޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކަމަށެވެ.  

މި ތިން ކުންފުނި ބްލެކް ލިސްޓްކޮށްފައިވަނީ މި އަހަރުގެ ނޮވެމްބަރުގެ ނިޔަލަށެވެ. ފިނޭންސް ބުނީ ބްލެކްލިސްޓް ކޮށްފައި ވަނީ ލ. ގަމު މުކުރިމަގު ސްކޫލު އިމާރާތުގެ ބީލަން މަރުހަލާގައި ފޯޖު ޑޮކިއުމެންޓް ހުށައެޅުމާ ގުޅިގެންނެވެ. އަދި އެސްޓޮނިޝް ކްލީނިން ކޮމްޕެނީ އާއި ކޭއެސްއޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ބްލެކް ލިސްޓްކުރީ ހުޅުމާލޭ ހޮސްޕިޓަލް ސާފުކުރާނެ ބަޔަކު ހޯދަން ކުރި އިއުލާނާއި ގުޅިގެން ފޯޖު ޑޮކިއުމެންޓް ހުށައެޅުމާއި ގުޅިގެންނެވެ.

ދެން ބްލެކްލިސްޓް ކޮށްފައިވަނީ މޫވް އެކްސް ކޮމްޕެނީ  އެވެ. އެ ކުންފުނި ބްލެކް ލިސްޓް ކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންގޮސްފައިނުވާތީ ކަމަށް ފިނޭންސް މިނިސޓްރީން ބުނެއެވެ. އެ ކުންފުނި ބްލެކް ލިސްޓް ކޮށްފައިވަނީ އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށެވެ.
މި ކުންފުނިތައް ބްލެކްލިސްޓް ކުރުމުގެ ސަބަބުން އެ ހަތަރު ކުންފުންޏަށް ސަރުކާރުން ކުރާ އެއްވެސް މަސައްކަތެއްގައި ބިޑުކުރުން މަނާވާނެއެވެ. އަދި ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓެއްވެސް އެ ހަތަރު ކުންފުންޏަށް ވަކި މުއްދަތަކަށް އެވޯޑްވެސް ނުކުރެވޭނެއެވެ.


Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް