އެއް އާއިލާއެއްގެ ގިނަ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އަކާ ގުޅިގެން މީހަކު ހައްޔަރުކޮށް ފުލުހުން މައްސަލަ ބަލަންފަށައިފިއެވެ.
މާލޭ ސަރަހައްދުގައި ހިނގި މި ހާދިސާއާއި ގުޅިގެން އުމުރުން 55 އަހަރުގެ ފިރިހެނަކު ކޯޓް އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައެވެ. އެމީހާ ވަނީ އެއް އާއިލާއަށް ނިސްބަތްވާ ހަ ކުއްޖަކަށް އެކޮގޮތްގޮތުން ޖިންސީ އަނިޔާ ކޮށްފައި ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.
އިތުބާރުކުރެވޭ މަގާމެއްގައި ހުރި އެ މީހާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
ފުލުހުނބް ބުނީ މާލެ ސަރަހައްދުގައި ކުޑަކުދީންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިދިޔަ މާޗް މަހު އެ އިދާރާއަށް ހުށައަޅާފައިވާ ކަމަށާއެ ކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކުރެވެނީ އިތުބާރު ހުރި މަގާމެއްގައި ހުރި މީހެއްގެ މަށްޗަށް ކަމަށެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.