ރަޝިޔާސިފައިން ޔޫކްރޭންއަށް ތިންފަރާތުން ދެމުންގެންދާ ހަމަލާތަކުގެ ތިންވަނަ ދުވަހުގެ ޚަބަރުތަކަށް ބަލާއިރު،
– ހެދުނުގެ ޚަބަރުތައް ބުނި ގޮތުން ޔޫކްރޭންގެ ވެރިރަށް ކިއޭވް އާ ވަރަށް ކައިރިޔަށް ރަޝިޔާ ސިފައިން ވަނީ އައިސްފައެވެ. ނަމަވެސް އެމީހުންނާ ވަރަށް ވަރުގަދަޔަށް ޔޫކްރޭން ސިފައިން ދަނީ ކުރިމަތިލާ ރައްދު ހަމަލާތައް ދެމުންނެވެ.
– ހޮނިހިރު ދުވަހު ހެދުނު ޔޫކްރޭން އަސްކަރިއްޔާއިން ކޮށްފައިވާ ފޭސްބުކްޕޯސްޓެއްގައި ބުނެފައިވަނީ މައިސިޓީގެ އަސްކަރިއްޔާގެ ބޭސް އެއްކައިން ވަރުގަދަ ހަމަލާތައް ބަދަލު ކުރެވި ރަޝިޔާ ސިފައިން ދުރަށް ޖެއްސިފައިވާ ކަމުގައެވެ.
– ހުޅަގުގެ އޮފިޝަލުން ވެސް ބުނަނީ ޔޫކްރޭންގެ އަސްކަރިއްޔާ އިން ރަޝިޔާގެ ހަމަލާތައް މަތަކުރުމުގައި ފަތަހަ ހޯދަމުން ދާކަމުގައެވެ
– ރައީސް ޒެލެންސްކީ ވަނީ އަމާން ނުދެއްވާނެ ކަމަށާ ހަތިޔާރު ނުބަހައްޓަވާނެ ކަމަށް ވިދާޅުވެ އައު ވީޑިއޯ އެއް ނެރުއްވާފައެވެ.ކިއެވްގެ ވެރިކަމުގެ މަރުކަޒުގައި މަގުމަތީ ހުންނަވާ އަމިއްލަ ފުޅަށް ނަންގަވާފައިވާ ވީޑިއޯގައި ޒެލެންސްކީ ވަނީ އީޔޫއިން އަޅާ ފިޔަވަޅުތައް އަވަސް ކޮށް އިތުރު ކުރުމަށް ގޮވާލައްވާފައެވެ.
– އޭގެ ކުރިން ”ފޭކް ނިއުސް“ އެއް ކަމަށް ބެލުނު ޚަބަރު ތަކެއްގައި ޔޫކްރޭންގެ ރައްޔިތުން ހަތިޔާރު ބައްހައްޓަން ރައީސް ވަނީ ގޮވާލައްވާފަ އެވެ
– ސެކްރެޓަރީ އޮފް ނެޝަނަލް ސެކިއުރިޓީ އެންޑް ޑިފެންސް ކައުންސިލް އޮލެކްސީ ޑަނީލޯވް ވިދާޅުވީ އަސްކަރިއްޔާގެ ފުލް ކޮންޓްރޯލް އެބައޮތް ކަމުގައެވެ.
– ކިއެވްގެ މޭޔަރުވަނީ އެޕާޓްމަންޓް ބިލްޑިންގ އަކަށް ވަރުގަދަ މިސައިލް ހަމަލާއެއްއަރާފައިވާކަމަށް ވިދާޅުވެ ފޮޓޯތައް ސޯޝަލް މިދިޔާގައި ޕޯސްޓް ކުރައްވާފައެވެ. މިހަމަލާގައި ހަތަރު އެޕާޓްމަންޓެއް އެއްކޮން ހަލާކުވެފައިވާތަން ފެނެއެވެ.
– ކާރުތަކާ ރޭލުގަ ރަށް ދޫކޮށް ނުދެވުނު ގިނަ މީހުން ރޭވެސް ހޭދަކޮށްފައިވަނީ ބޭސްމަންޓް ތަކާ ބިމު އަޑީގަ ހަދާފައިވާ ރޭލް ސްޓޭޝަން ތަކުގައެވެ.
– ރަޝިޔާ ސިފައިން ހާސިލް ކުރަން ބޭން ލަޑުދަޑި ކަޑައަލާފައިވާ މުއްދަތުގައި ހާސިލް ނުވެއްޖެ ނަމަ ތަނެއް ދޮރެއް ނުބަލާ ހަރުކަށިވެގަނެފާނެތީ ބިރުގަން ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.
– މިހާރު ކަންކަން ގޮސްފައިވާ ހިސާބުން ރައީސް ޕުޓިން އަށް މިހަގުރާމައަކީ ”ޗޮއިސް“ އެއް ނޫންކަމަށާ ނަމަވެސް ކުރިޔަށް ގެންދަން މަޖްބޫރު ކަމަކަށް ވެފައިވާ ކަމަށްވެސް ބައެއްމީހުން ބުނެފައިވެއެވެ.
– ވަސިލްކީވް އެއާބޭސް ކައިރީގައި ރަޝިޔާގެ ޕެރަޓްރޫޕާސް ވަރުގަދަ ހަމަލާތަކެއް ދޭން މަސައްކަތްކޮށް ބަލި ކުރެވިފައިވާކަމަށްވެއެވެ. އަދި ރަޝިޔާގެ ޓްރާންސްޕޯޓް މަދިންދާ ބޯޓެއް ވައްޓާލާފައިވާކަމަށްވެސް ބައެއް ޚަބަރުތައް ބުނެފައިވެއެވެ. ނަމަވެސް މިކަން ކަށަވަރު ނުވާކަމަށް ބީބީސީ އިން ބުނެފައިވެއެވެ.
– އީޔޫ އިން ރަޝިޔާއާ ދެކޮޅަށް އެންމެ ފަހުން އަޅާފައިވާދަތިކުރުމުގެ ފިޔަވަޅު ތަކުގެ ދަށުން ރަޝިޔާ ސަރުކާރުގެ އެންމެ އިސް ފަރާތްތަކާ ޑިޕްލޮމެޓުން ދަތުރު ފަތުރު ކުރުމަށް ހުރަސް އެޅިގެންދާގޮތަށް ވަނީ އަމުރު ނެރެފައެވެ.
– ރަޝިޔާގެ އަސްކަރިއްޔާގެ ޚަބަރުތައް ރަޝިޔާގެ ސްޓޭޓް މީޑިޔާއިން ފެތުރުމަށް ފޭސްބުކް ބޭނުން ކުރުން މަނާ ކޮށްފިއެވެ.
– ރަޝިޔާގެ އެއިރޯ ފޮލޮޓް ގެ ބޯޓުތައް އިގިރޭސި ސަރަހައްދުމަތިން އުދުހުން މަނާ ކުރުމާ ގުޅިގެން ރަޝިޔާއިންވެސް ވަނި އިގިރޭސިވިލާތުގެ ބޯޓުތައް ރަޝިޔާ ސަރަހައްދުމަތިން އުދުހުން މަނާ ކޮށްފައެވެ.