ކީރިތި ޤުރުއާން އަށް އިހާނެތި ކުރި މީހަކު މަރާލައިފި

Loading

Facebook
Twitter
WhatsApp

ޕާކިސްތާންގައި ކީރިތި ޤުރުއާން ވީދާލާ ގަޑުތަކެއް އަންދާލި މީހެއްގެ ގައިގައި ބަޔަކު ތަޅައިގަނެ މަރާލައިފި އެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި ޕަންޖާބް ޕްރޮވިންސްގެ ހިސާބެއްގައި ހިގި މިހާދިސާއަށް ފަހު 80 އެއްހާ މީހުން މިހާރުވަނީ ހައްޔަރު ކޮށްފައެވެ. މުސްހަފް ވީދާލި އުމުރުން ސާޅީހަކަށް އަހަރުގެ މީހާ މަރާލީ ޕުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މީހުން އެއްވެ އެތަނުން ނެރެގެން ގެންގޮސްކަމަށް ވެއެވެ. ލަޓިބުރި އާ ދަގަޑުބުރިތަކުގެ އިތުރުން ތޫނު ހަތިޔާރުތަކުން އަނިޔާކޮށް އޭނާ މަރާލުމަށްފަހު ހުރީ ގަހެއްގައި އެލުވާފައި ކަމަށްޚަބަރުލިބެއެވެ. ފުލުހުން ގޮސް އާއިލާއާ ހަށިގަޑު ހަވާލު ކުރުމުން ޖަނާޒާ ބާއްވާފައިވަނީ އާދީއްތަ ދުވަހު އެވެ. ފުލުހުން އޭއެފްޕީ އަށް މައުލޫމާތު ދިން ގޮތުގައި ކީރިތި ގުރުއާނަށް އިހާނެތިކުރި މީހާ އަކީ ފާއިތުވި ފަނަރަވަރަކަށް އަހަރުއްސުރެ ބުއްދި ހަމަ ނުޖެހޭ މީހެކެވެ.

މިހާދިސާއާ ގުޅިގެން ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ޚާން ވަނީ މިހާދިސާ ކުށްވެރި ކުރައްވާފައެވެ. އަދި މިމައްސަލަ ވަރަށް އިސްކަމެއްދެއްވައިގެން ބައްލަވާނެ ކަމަށް ވިދާޅުވެފައިވެއެވެ. މިއާއެކު ގާނޫނު ނެގެހެއްޓުން އަމިއްލަ އަތްމައްޗަށް ނަގާ ފަރާތް ތަކާމެދު އޭނާގެ ސަރުކާރުން ގެންގުޅެނީ ”ޒީރޯ ޓޮލަރަންސް“ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ޕާކިސްތާންގައި ކީރިތި ޤުރުއާން ވީދާލައިގެން މީހަކު މަރާލުމުގެ ހާދިސާ ހިގާފައި މިވަނީ ހަމަ މިފަދަ ހާދިސާއެއްގައި ޕާކިސްތާންގައި ހުރި ސްރީލަންކާގެ ފެކްޓަރީ މެނޭޖަރަކު ހަމަ މިގޮތަށް މަރާލިތާ ދެމަސް ވީތަނާއެވެ.

އިސްލާމް ދީނަށް އިހާނެތި ކުރާމީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ޕާކިސްތާންގެ ގާނޫނު ވަނީ އެކުލަވާލާފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުން މިގާނޫ ގިނަފަހަރު ބޭނުންކުރެވޭތަން ފެންނަނީ ސަރުކާރާއިދިކޮޅު މައިނޯރިޓީ ގްރޫޕް ތަކަށް އަދަބު ދިނުމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް