ލީބިޔާގެ ބޮޑުވަޒީރު އަބްދުލްހަމީދު ޑިބީބާ އަވަހާރަ ކޮށްލުމަށް ދެވުނު ހަމަލާއަކުން ސަލާމަތްވެ ވަޑައިގެންފި

Loading

Facebook
Twitter
WhatsApp

ލިބީޔާގެ ވަގުތީ ބޮޑުވަޒީރު އަބްދުލް ހަމީދު ޑިބީބާ އަވަހާރަކޮށްލުމަށް އޭނާގެ ކާރުކޮޅަށް ދެވުނު ހަމަލާއަކުން ސަލާމަތްވެ ވަޑައިގެންފިއެވެ. ބުރާސްފަތި ދުވަހު އޭނާ ގެކޮޅަށް ވަޑައިގަންވަނިކޮން ދިންހަމަލާގައި ޑިބީބާގެ ކާރުކޮޅުގެ ވިންޑް ސްކްރީންއަށް ވަޒަން އެރި ނަމަވެސް ޑިބީބާ އާއި އޭނާގެ ޑްރައިވަރަށް އެއްވެސް ގެއްލުމެއް ނުވާކަމަށް ޚަބަރުތައްބުނެއެވެ.

މިހަމަލާ އާބެހޭ ތަހްގީގްތައް އެގައުމުގެ ޗީފް ޕްރޮސެކިއުޓަރ މިހާރުވަނީ ފަށާފައެވެ.

ލީބިޔާގެ ބޮޑުވަޒީރު އަބްދުލްހަމީދު ޑިބީބާ އަވަހާރަކޮށްލުމަށް ހަމަލާދީފައިމިވަނީ ވަގުތީ އައު ލީޑަރެއް ހޮވުމަށް ކުރެވެންމުންދާ މަސަކަތް ކުރިޔަށްދާ ދަޑިވަޅެއްގައެވެ. މި މަގާމް ހޯދުމަށް ލީބިޔާގެ އިސް ދެފެކްޝަނުން ވެސް ގެންދަނީ ހިފާ އޮޅުލަމުންނެވެ.

އިސް ވިޔަފާރިވެރިއެއްކަމަށްވާ ޑިބީބާ އަށް ވަގުތީ ބޮޑުވަޒޒިރު ކަން ހަވާލުކޮށްފައިވަނީ އދގެ މަދަދާއެކު އުފެދުނު ”ގަވަންމެންޓް އޮފް ނެޝަނަލް ޔުނިޓީ“ގެ ފަރާތުންނެވެ މިދިޔަ މާރޗް މަހުއެވެ. އޭރު ޝަރުތު ކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އާންމު އިންތިޚާބެއް ބާއްވާ ދާއިމީ ބޮޑުވަޒީރެއް ހޮވުމަށެވެ. އަދި މި އިންތިޚާބްގައި އޭނާއަށް ވާދަ ނުކުރެވޭނެ ކަމަށް އަންގާފައި ވެއެވެ. ނަމަވެސް ޑިބީބާ ވަނީ މިދިޔަ ނޮވެމްބަރުމަހު ކެންޑިޑަސީ އިއުލާން ކުރައްވާފައެވެ. މިކަމާ ލީބިޔާގެ ވެރިކަމަށް ވާދަކުރަން ތިބި އެހެން ވެރިން ތިބީ ރުޅިގަދަވެފައެވެ. މިއާއެކު އައު އިންޓަރިމް ލީޑަރެއް ހޮވުމަށް އަންނަ ބުރާސްފަތި ދުވަހު ގާނޫނު ހަދާ މަޖިލީހުގައި ވޯޓެއް ނަގަން ހަމަޖެހިގެންދިޔައެވެ. މިކަމަށް ހުށައެޅިފައިވާ ދެނަމަކީ ބާރުގަދަ ކުރީގެ އިންޓީރިއަރ މިނިސްޓަރ އުމުރުން 59 އަހަރުގެ ފަތުހީ ބަޝާގާ އަދި ސަރުކާރުގެ މަގާމެއް ކުރިން ފުރުއްވާފައިނުވާ އުމުރުން 51 އަހަރުގެ ކާލިދު އަލް ބިބާސްއެވެ.

ވަގުތީބޮޑުވަޒީރު އަބްދުލްހަމީދު ޑިބީބާ ވަނީ އޭނާ ދުރު ކުރުމަށް ގާނޫނު ހަދާ މަޖިލީހުން ކުރަމުންދާ މަސައްކަތް އޭނާ ގަބޫލު ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެހެން ކަމާއެކު ބުރާސްފަތި ދުވަހުގެ ވޯޓާ ގުޅިގެން ލީބިޔާގައި ދެސަރުކާރެއް އުފެދިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ޑިބީބާ ވަނީ އޭނާ ބާރުތައް ހަވަލު ކުރައްވާނީ އިންތިޚާބަކުން އަންނަ ސަރުކާރަކާ ކަމަށް ވިދާޅުވެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް