އިންޑިޔާގެ ކަރުނާޓަކާގައި ބުރުގާ އަޅައިގެން ހުރި އަންހެން ކިޔަވާ ކުއްޖަކަށް ހިންދޫން ކަމަށް ބުނާ ބަޔަކު ހަމަމާދީ އަނިޔާ ކުރާ ވީޑިއޯ އެއް އާންމުވުމާއި ގުޅިގެން، މިހާރު ޖެހިގެންއުޅޭ ބުރުގާ މައްސަލަ އިތުރަށް ހޫނު ވެއްޖެއެވެ. މުސްކާން ޚާން ނަމަކަށް ކިޔާ މިކުއްޖާ ބުނި ގޮތުގައި އޭނާ ދިޔައީ އެސައިންމަންޓެއް ހަވާލު ކުރުމަށްޓަކާ އޭނާގެ ކޮލެޖަށް ވަނުމަށެވެ. އަދި އޭރު އެހިސާބުގައި މުޒާހަރާ ކުރަމުން ދިޔަ ގިނަ އަދަދެއްގެ ބަޔަކު އޭނާ ބުރުގާއަޅާފަ ހުރުމުން އޭނާޔާ ކުރިމަތިލާ ކޮލެޖަށް ވަނަނުދީ ހިންދީ ދީނުގެ ”ސްލޯގަން“ ތައް ގޮވަން ފެށިއެވެ. އެއާއެކު މުސްކާން ވެސް ފަހަތަށް ނުޖެހި އެމީހުންނާ ކުރިމަތިލާ ”ﷲއަކްބަރު“ މިހެންކިޔާ ހަޅޭއްލަވަން ފެށިއެވެ. އަދި މުސްލިމުންގެ ބުރުގާއަކީ ހަމައެކަނި ބޮލުގައި އަޅާފޮތިކޮޅެއް ނޫން ކަމަށާ އެއީ އެމީހުން ގެ އިއްޒަތް ކަމަށް ބުނެ އަޑު އުފުލިއެވެ. އެއާއެކު ރީދޫ ސްކާފް އަޅައިގެން ތިބި ބަޔަކު އޭނާގެ ގަޔަށް ބޮލަށް އަރައިގަނެ އަނިޔާ ވާވަރުކޮށްފައިވެއެވެ. މުސްކާން ބުނި ގޮތުގައި އެއްވެ ފައިވާމީހުންގެ ތެރޭގައި ކިޔަވާ ކުދިން ނޫން ގިނަ އަދަދެއްގެ ބޭރު މީހުން ތިއްބެވެ. އޭނާ ބުނީ އެއްވެފައިވާ މީހުންގެ ތެރޭގައި ކިޔަވާކުދިން ތިބީ ދިހަވަރަކަށް އިންސައްތަ ކަމަށެވެ.
ހިންދު މުސްލިމް ކުރިމަތިލުންތައް ފުޅާވެގެން ގޮސް ކަރްނާޓަކާ ސަރުކާރުން މިހާރު އޮތީ ތިން ދުވަހަށް ސްކޫލްތައް ބަންދުވެސް ކޮށްފައެވެ. ނަމަވެސް މިއީވެސް މުޒާހަރާތަކަށް ފުރުސަތުދިނުމަށް ކުރި ކަމެއްކަމަށް ބަޔެއްފަރާތްތަކުން ބުނެއެވެ.
މައްސަލަ ފެށިފައިވަނީ ކަރްނާޓަކާ ހައިސްކޫލެއްގެ ހަކުއްޖަކު ބުރުގާއަލައިގެން ކޮލެޖަށް ދިއުން މަނާ ކޮށްލި ހަމައިންނެވެ. މައްސަލަ ފުޅާވެގެންގޮސް މިހާރު މުސްލިމުންނަށް ދަތިކުރުމާ ފުރައްސާރަ ކުރުން ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ.އަދި މިކަން ހުއްޓުވުމަށް ހިންދޫ އަޤްލަބިއްޔަތު އޮންނަ ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރެއެވެ.
2 Responses
އެމްޑީއެންގެ ޙިއްސާބޮޑު މިވެރިކަން އޮތިއްޔާ ރާއްޖޭގައިވެސް ތިސަކަރާތް ޖެހުން ވަރަށް ގާތެވެ. ދީނަށް ފުރަށްސާރަކޮށް ހަމަކަށް އެނުހަދަނީ އެގޮތް ޢާންމުކުރަން ވެގެނެވެ.
ހިންދޫން ކަމަށް ބުނާ ބަޔަކު … އިންޑިޔާ އެންބަސީން ތަށިބަރި ލިބުނަސް ތީ ބޮޑުވަރު