ރައީސް ނަޝީދަކީ އެންވަޔަރމެންޓްގެ ބައްޕަ އޭނަގެ ވެރިކަމުގައި–އެމަރާލީ ދުއިސައްތަ ދޫނި. ޖާބިރު

Loading

Facebook
Twitter
WhatsApp

“ ރާއްޖޭގައި އެންވަޔަރ މިނިސްޓްރީއެއް ހުންނަކަން އެނގޭ، ރައީސް ނަޝިދަކީ އެންވަޔަރމެންގެ ބައްޕަކަމަށް ހެދިގެން އުޅޭ މީހާކަން އެނގޭ، 200 އެއްހާ ދޫނި މަރާލިއިރު ރައީސް ނަޝީދުގެ ވެރިކަން އޮތްކަން އެބައެނގޭ ދޫނިތައް މަރާލީ ކޮން ގާނޫނެއްގެ ދަށުންކަމާއި ވައިން ފުޅިއެއް ގެންގޮސް ތަޅާލައިފަ އެއަށް ހީސްލައިފަ އެބޯލައިފަ އެއީ ކިއްކުރަން ކުރިކަމެއްކަމާއި އެކަހަލަ ވާހަކަ މިތާދެއްކިދާނެ، ބިޔަރުކޭސް ގެއްލިގެން މިއުޅެނީ ކީއްވެގެން ކަމާއި އޭތި ފުލުސްމީހާ ބުއީތޯ ނުވަތަ އޭތި ހުރިމަގާމަށް ރިޓާންނުކޮށް އެތަށްމިލިއަން ޑޮލަރު ކޮންމެ މަހަކު ކަނޑައް އަޅާލަނީ ކީއްވެގެންތޯ“ ރައްޔަތުންގެ މަޖިލިސްގައި ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ޖާބިރު ސުވާލު ކުރައްވައިފިއެވެ.

އެމަނިކުފާނު އިތުރަށް ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވީ ރާއްޖޭގެ ރިޒުގު ރައްޔަތުންނާ ހަމަޔަށް ނާދެވިގެން މިއުޅެނީ ކީއްވެގެންތޯ، މިއީ ރައީސް ނަޝީދަކާއި އަޅުގަނޑުމެން ސުވާލު ކުރަންވީކަމެއް ނޫންކަމަށެވެ. ސަބަކަށް ވިދާޅުވީ ފުރަތަމަކަމަކީ މިހާރު ސަރުކާރުގެ ވަޒީރުންނަކީ ނުލާހިކު ކިބުރުވެރި ތަކަށްބުރު ބައެއްކަމާއި އަދި ދެވަނަ ކަމަކީ އޮޕޮޒިޝަންވެސް މިއޮތީ ކުޑަކޮށް ކުންޏެއް ޖެހިފަކަމަށެވެ.

”އެހެންތާއޮންނާނީ މިިހާރު މިއޮތީ އެންމެން ކުނިޖެހިފައިއޮތް ސިސްޓަމެއްގައި ވާނީ އެހެންތާ. އެހެންވީމާ ދޫނިތައް މަރާލި މައްސަލަ އެއީ ބޮޑު މައްސަލައެއް. ފިޝަރީޒް މިނިސްޓަރު އިސްތިޢުފާ ދިނަސް ނުދޭކަމަށް ނިމޭނެ. އެއީ ގާސިމް އިބުރާހިމަށް ބައިއަޅާ ސަރުކާރެއްވީމާ. ގާސިމު ވިއްސަކަ ދިވެހިން މަރާލިޔަސް އޭނައަށް ދެއްވަންވާ އެއްޗެއް މަދެއްނުވާނެ. އޭނާގެ މިނިސްޓްރީތަށް ގިނަކަމުން ދޫނިތައް ކީއްކުރަންތޯ އިންސާނުންވެސް މިގައުމުގައި މަރާ ކައި ހުސްކުރާނެ. މުދާވެސް ފޭރެމުން މިދަނީތާ؟ ކޮބާތޯ އަޅުގަނޑުމެން މިދައްކާ ވާހަކައަކީ. އިއްޔެއާއި މިއަދާ ތަފާތަކީ ކޮބާތޯ“ ވިދާޅުވެ އިތުރަށް ސުވާލުދެންނެވިއެވެ.

އެހާލޯބިން ގެންގުލެވެން އޮތް ދުއިސައްތައްހާ ދޫނީ ލާއިންސާނީ ގޮތަކަށް މަރާލުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން މަޖިލީހުގައި ޖާބިރު އިތުރަށް ވިދާޅުވީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި އިންސާނުން ނިޒާމުން ގެއްލޭކަމާއި އަދި ރައީސް ޔާމީނުގެ އިރުގައިވެސް ނިޒާމުން ގެއްލޭކަމަށެވެ. މިފަހަރު ދޫނިތައް ގެއްލުނީއަކީ ނުންކަމާއި ހަމަ ގަސްދުގައި މަރާލީކަމަށެވެ.

ދޫނިތައް މަރާލުމުން ވަރަށްގިނަފަރާތްތަކުގެ ނުރުހުން ސަރުކާރަށް އޮހެމުން ދަނީއެވެ. ގިނަމީހުން ގަބޫލުކުރާގޮތުގައި ރާއްޖޭގައި ހިނގާ އެހެން ބޮޑެތި ކާރިސާތައްވާހެން މިވާހަކަވެސް ހެޑްލައިންތަކަށް އަރާ ހަފްތާއެއްވާއިރަށް އެއީ ވީކަމެއްކަން ހަދާން ތިބިމީހުން މަދުވާނެއެވެ. ދައުލަތެއް ހިންގަން ޙަވާލުވާ ސަރުކާރެއްގައި ހަސަނުދެފައި މުޅިއޮޑީގައި އޮތުމަކީ ނުވަތަ ވެރިން ގިނަވުމަކީ ދައުލަތައް އޮތް ނުރައްކަލެއްކަމުގައި ދެކޭމީހުން ދަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ.

 

 

Loading

One Response

  1. ޖާބިރުގެ ބައްޕަ އަކީ ކާކުތޯއެވެ.؟ ހަމަ އަހާލީއެވެ. ތެދެކެވެ. ބައްޕައޭ ބަޔަކުލައްވާ ކިޔުވިދާނެއެވެ. ނަމަވެސް ބައްޕައެއްގެ ޙަގީގީ ރޯލަކީ ވަރަށް ޒިންމާދާރު އަދި އެހާމެ ބުރަ ކަމެކެވެ. ފޭކު ލީޑަރުން ގައުމުގައި ގިނަވަނީ ރައްޔަތުންވެސް ފޭކް ރޯލަށް ހެއްލޭތީއެވެ. އެންމެނަށްވެސް ދެރަކަމުގެ ކޮޅެއްނެތެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް