ފަނޑިޔާރުންނަށް ބިރު ދައްކައިގެން ވަކިގޮތަކަށް ހުކުމްކުރަން މަޖުބޫރު ކުރުމަކީ އިސްލާމީ ޝަރީއަތާއި ގާނޫނާއި ހިލާފު އަމަލެއް ކަމަށް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އަބުދުއްލާ ޔާމީނަށް ޖަލު ހުކުމެއް ނުކުރާ ނަމަ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ބިރު ދައްކައިގެން ވަކިގޮތަކަށް ހުކުމްކުރަން މަޖުބޫރު ކުރުމަކީ އިސްލާމީ ޝަރީއަތާއި ގާނޫނާއި ހިލާފު އަމަލެއް ކަމަށެވެ.
”ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ބިރު ދައްކައިގެން ވަކި ގޮތަކަށް ހުކުމް ކުރަން މަޖްބޫރުކުރުމަކީ އިސްލާމީ ޝަރީއަތާއި ގާނޫނާ ހިލާފު އަމަލެއް. އަދުލުވެރިކަން ނެގެހެއްޓުމުގައި، ފަނޑިޔާރުން ސާބިތުކަމާއެކު ދެމިތިބެންވާނެ. ގައުމުގެ ހަމަޖެހުމާއި ދެ ދުނިޔޭގެ ފަލާހާއި ކާމިޔާބު އޮތީ އެގޮތުގަ“ ޝަހީމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ރައީސް އަބްދުއް ޔާމީނަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަން ކުރަން ސުޕްރީމްކޯޓުން ނިންމި ނިންމުމަކީ ދެކޮޅު ނުޖެހޭ ނިންމުމެއް ކަމަށް ވިދާޅުވެ އާޒިމް ވިދާޅުވީ އާޒިމް ވިދާޅުވީ ދައުލަތުގެ 100 މިލިއަނަށް ވުރެ ގިނަ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ވަންކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވެސް އިއްތިފާގުވާއިރު ސުޕްރީމް ކޯޓުގެ ހުކުމަކީ އަޖައިބުވެ އަންތަރީސް ވާވަރުގެ ހުމުކެއް ކަމަށެވެ.
އެހެންކަމުން މުއައްސަސާތަކުގެ ވެރިން ބަދަލު ކޮށްގެން ވެސް ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
“[ރައީސް ޔާމީން] ދޫކޮށްލައިގެން ދޭދޭ ގައުމުތަކާ ޖައްސަމުން ބޭނުން ރަށަކަށް އަރަށް ފުރުސަތު ދޭންވީތޯ. ނޫން ރައްޔިތުން ބުނީ އެކަންކަން އަޅުގަނޑުމެން ހުއްޓުވާށޭ. ފަނޑިޔާރުން އެކަން ނުކޮށްފިއްޔާމު އަޅުގަނޑުމެން މިތިބި ވަކިކުރަން ޖެހުނު ކޮންމެ ބަޔަކު ވަކިކުރަން ނުކުމެ ތައްޔާރަށް. އެ ހެޔޮ އެންޓި ކޮރަޕްޝަން ކޮމިޝަން ކަމަށް ވިޔަސް އެ ހެޔޮ ސިވިލް ސާވިސް ކޮމިޝަން ކަމަށް ވިޔަސް އެ ހެޔޮ އިލެކްޝަން ކޮމިޝަން، ޖުޑީޝިއަލް ސިވިލް ސާވިސް ކޮމިޝަން ކަމަށް ވިޔަސް އެ ގެންނަން ޖެހުނު ބަދަލެއ ގެނެސްގެން” އާޒިމް ވިދާޅުވި އެވެ.
One Response
އެއީ މީހުން މެރުން ކަހަލަ ކަމެކެވެ. ނަމަވެސް ހިބަރު ވަދުގައި ޖައްސައިފާތިބެވެސް އިސްލާމީ ޝަރިޢަތޭ ކިޔާމީހުން އެބައުޅޭނޫންތޯއެވެ. މޮޅެތި ބަސްބުނެ ވީއްލާލަން ގިނަ ޝެއިޚުންވެސް ވަރަށް މޮޅުވާނެ. ޢަމަލުކުރަން ޖެހުނީމާ ހަމަ ހިނހޫތަނުން ފަރިއްކުޅުއްވައިގެން ހަމަ އަމީރު ބުނާގޮތެއް އެއީ ރަނގަޅުގޮތް. ގައުމުގައި ލަނޑާގިނަވެގެން މިހުރިހާ މުސީބާތެއް ދިމާމިވަނީ. ޚިޔާލަކީ ތަފާތު އެއްޗެއް.. މިއީ މަގޭ ރަޢުޔު. ހަޖަމް!