ރަޝިއާ އާއި ޔޫކްރޭނާ ދެމެދު ސުލްހައިގެ ވާހަކަތައް ފެށުމަށް ފުރާންސުން އިސްނަގައިފި

Loading

Facebook
Twitter
WhatsApp

ފްރާންސްގެ ރައީސް އިމެނުއެލް މެކްރޯން ރަޝިއާއަށް ޒިޔާރާތް ކުރައްވާގޮތަށް ހަމަޖެހިއްޖެއެވެ. މި ދަތުރުފުޅަކީ ރަޝިއާ އާއި ޔޫކްރޭނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސުލްހައިގެ ވާހަކަތައް ފެށުމަށް ހުޅަނގުގެ ގައުމަކުން ފެށި މުހިންމު މަސައްކަތެކެވެ.

މޮސްކޯއަށް މެކްރޯން ޒިޔާރާތްކުރެއްވުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހުއެވެ. މިދަތުރުފުޅުގައި ރަޝިއާގެ ރައީސް ވްލަޑިމިރް ޕުޓިން އާ މެކުރޯން ބައްދަލުކުރައްވާނެއެވެ. އެއަށް ފަހު އަންގާރަ ދުވަހު މެކްރޯން ޔޫކްރޭނަށް ޒިޔާރާތްކުރައްވައި ޔޫކްރޭނުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއާއެކު މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ.

ފްރާންސްގެ ރައީސް މި ނިންމުން ނިންމަވާފައި ވަނީ ޕުޓިން ޗައިނާގެ ރައީސް ޝީ ޖިން ޕިންގްއާ އެކު ބައްދަލުވުމެއް ބާއްވަވާފައި ވަނިކޮށެވެ. މި ބައްދަލުވުމުގައި ރަޝިއާ ވަނީ ޗައިނާ އަށް ތެޔޮ ވިއްކުމުގެ އާ ޕްލޭނެއް ހާމަކޮށްފައެވެ. މި ޕްލޭނުގެ ސަބަބުން ޔޫރަޕުގެ ގައުމުތަކަށް ތެޔޮ ވިއްކައިގެން އާއްމުދަނީ ހޯދުމުގެ ބަދަލުގައި ޗައިނާއަށް ތެޔޮ ވިއްކައިގެން އާއްމުދަނީ ހޯދުމަށްމަގު ރަޝިޔާއަށް ފަހި ވާނެއެވެ.

ފާއިތުވި ހަފްތާތަކުގައި ހުޅަނގުގެ ގައުމުތަކުންނާއި ނޭޓޯއިން ވަނީ ރަޝިއާ-ޔޫކްރޭނުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް މި ބައްދަލުވުންތަކުން އެކަށީގެންވާ ނަތީޖާއެއް ލިބިފައެއް ނުވެއެވެ.

ރަޝީއާގެ ކްރެމްލިނުން ބުނެފައިވާ ގޮތުގައި ޔޫކުރޭންގެ މައްސަލާގައި ރަޝިޔާއިން ބޭނުންވާ ގޮތްތަކާމެދު މެކްރޯނާ އެކު ޕުޓިން މަޝްވަރާ ކުރައްވާނެ އެވެ. ކްރެމްލިންގެ ތަރުޖަމާނު ހާމަކުރައްވާގޮތުގައި މިބައްދަލުވުމަކީ ރަޝިޔާއަށް ވެސް މުހިއްމު ބައްދަލުވުމެކެވެ.

ރަޝިއާ އާއި ޔޫކްރޭނާ ދެމެދު މައްސަލަ ބޮޑުވެފައި ވަނީ ރަޝިއާއިން ޔޫކްރޭނުގެ ބޯޑަރު ކައިރިޔަށް 100.000އަށް ވުރެ ގިނަ ސިފައިން ޖަމާ ކުރުމާ ގުޅިގެން ޔޫކްރޭނަށް އަރަން މަސައްކަތް ކުރާ ކަމަށް ނޭޓޯ އަދި އެމެރިކާއިން ރަޝިއާއަށް ތުހުމަތު ކުރުމާ ގުޅިގެންނެވެ. ނަމަވެސް ރަޝިއާއިން ވަނީ ޔޫކްރޭނަށް އަރަން ނުވިސްނާ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް