ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ސާފުކުރުން ބަޔަކާ ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

 

 

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ބަޔަކާއި ހަވާލުކޮށްފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ހަވާލުކޮށްފައިވަނީ ”ވަށި ޕްރައިވެޓް ލިމިޓެޑް“ އާއެވެ.

އަދި ފްލެޓްތައް ސާފުކުރުމުގެ މަސައްކަތް ހަތަރު ފަރާތަކާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެޒްޑީސީން ބުނެއެވެ. އެއީ އެލް.އެމް އެންޓަޕްރައިސަސް، ޕާމް ގްލޯ، ލެރޯ އިންވެސްޓްމަންޓް އަދި ކޭ.އެސް.އޭ މޯލްޑިވްސްއެވެ.

އެޗްޑީސީން ބުނީ ހިޔާގެ 16 ޓަވަރުގައި ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވާ ސަލާމަތީ ނުރައްކާތަކާއި އެފަދަ ކަންކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން އެ ފްލެޓްތަކުގައި މި މަހުން ފެށިގެން، ކޮންމެ ދުވަހެއްގެ 24 ގަޑިއިރު ސެކިއުރިޓީ ބެލޭނެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށެވެ.

 

އެޗްޑީސީން ބުނީ ހިޔާގެ ބޭސްމަންޓާއި ޕާކިން އަދި ގްރައުންޑް ފްލޯތަކުގައި ސެކިއުރިޓީ ގާޑުން ހަރަކާތްތެރިވާނެ ކަމަށާއި އަދި ސީސީޓީވީ މެދުވެރިކޮށް ފްލެޓްތަކުގެ އެހެން ތަންތަންވެސް ގަވާއިދުން ބަލަމުންގެންދިއުމަށް ހަމަޖިހފައިވާ ކަމަށެވެ.

އަދި ސެކިއުރިޓީއާ ގުޅުންހުރި މައްސަލަ ތައް ވެސް ބަލަމުންދާނެކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާފްލެޓްތަކުގެ ސެކިއުރިޓީ ހަމަމިޖެއްސީ އެ ފްލެޓްތަކުގައި ގިނަ މައްސަލަ ތަކެއް ދިމާވާތީ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ޝަކުވާ އިންތިހާއަށް ބޮޑުވެފައިވަނިކޮށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް