ދަރީން މަގުއޮޅިގެންދަނީ ކީއްވެ..؟

Loading

Facebook
Twitter
WhatsApp

ވެދާނެ ބައެއް ކަންތައްތައް:

މަގުއޮޅުމުގެ މާނަ:

މަގުން އެއްކިބާވުން ބަހުގެ ޢިލްމުވެރީން މާނަކުރައްވާ ގޮތުގައި އެއީ: ކަމަކަށް ލެބި އެކަމުގައި ސީދާވުމެވެ.(الجوهرى، الصحاح، 4/1343- مادة {حرف}) އަދި އެއްޗެއް އޭތި އޮއްގޮތުން އަނެއްގޮތަށް ދިއުމޭ ބުނުވެނީ އޭތި އަޞްލު އޮތްގޮތް ބަދަލުކުރުމެވެ.(الفيروزأبادى،القاموس المحيط ، 3/127- مادة {حرف})

• މަގުއޮޅުން މިލަފްޛު އިޞްޠިލާޙީ މާނަ:

މިކަލިމާގެ އިޞްޠިލާޙީ މާނަ ޤާނޫނީ ދާއިރާގެ ބޭފުޅުންނާއި އަދި އިޖްތިމާޢީ ޢިލްމުވެރިންނާއި އަދި ނަފްސާނީ ޢިލްމުވެރިން މާނަ ކުރައްވާގޮތް ތަފާތުވެގެންވެއެވެ. ނަމަވެސް، އިސްލާމީ އިޞްޠިލާޙުގައި ”ألإنحراف“ގެ މާނައަކީ މާތްﷲ އާއި އަދި އެކަލާނގެ ރަސޫލާ އަންގަވާ ޢަމުރުކުރައްވާފައި ”ألإستقامة“ ސީދާވެގަތުން މިލަފްޡުގެ އިދިކޮޅު މާނައެވެ. އަދި އެއީ މާތްﷲއަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިކަން އަދާކުރުމުން އެއްކިބާވެ ނުބައިމަގުން ތަބަޢަށްވުމެވެ. އަދި ޢިބާދާތު އަދި މުޢާމަލާތާއި އަޚްލާޤުން މީހާ ދުރުކޮށްދޭ ކަންކަމުގައި ހިމެނޭ ޙަރާމް ކަންތައްތަކުގެ ތެރެއަށް ވެއްޓިގެން ދިޔުމެވެ.

• ސީދާވެގަތުމުގެ މާތްކަމާއި އަދި މަގުން ކައްސާލުމުގެ ނުރައްކާތެރިކަން:

އިސްލާމީ މަފްހޫމްގައި މަގުން އެއްކިބާވުމުގެ މާނައަކީ ކުރީންވެސް ބަޔާން ކުރިފަދައިން ސީދާވެގަތުމުގެ އިދިކޮޅެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ، ސީދާވެ އިސްލާމްދީނުގެ މަގުގައި ފައިތިލަ ޘާބިޠުކޮށްގެން ތިބޭ ފަރާތްތަކަށް ޘަނާ ދަންނަވަމުން، އެކަލާނގެ ރަސޫލާއާއި އަދި އެކަލޭގެފާނަށް ތަބަޢަވީ މީސްތަކުންނަށް މުޚާޠަބްކުރައްވަމުން ވަޙީކުރައްވަނީ “ فَاسْتَقِمْ كَمَا أُمِرْتَ وَمَنْ تَابَ مَعَكَ وَلَا تَطْغَوْا إِنَّهُ بِمَا تَعْمَلُونَ بَصِيرٌ “ (سورة هود 112) މާނައީ: ކަލޭގެފާނަށް ޢަމުރުވެވިގެންވާ ފަދައިން ކަލޭގެފާނުންގެ އަރިހުގައި (އީމާންވެ) ތައުބާވެގެން ތިބި މީހުންނާއެކު، ކަލޭގެފާނުން ސީދާވެވަޑައިގަންނަވާށެވެ. އަދި ތިޔަބައިމީހުން އުރެދުންތެރިނުވާހުށިކަމެވެ. ހަމަކަށަވަރުން އެކަލާނގެއީ ތިޔަބައިމީހުން ޢަމަލުކުރާގޮތާމެދު ބައްލަވާ ވޮޑިގެންވާ ރަސްކަލާނގެއެވެ. އަދިވެސް އެކަލޭގެފާނުގެ ދޫފުޅުން މީސްތަކުންނަށް ޢަމުރުކުރައްވަމުން މާތްﷲ ވަޙީކުރައްވާފައިވަނީ: “ قُلْ إِنَّمَا أَنَا بَشَرٌ مِثْلُكُمْ يُوحَى إِلَيَّ أَنَّمَا إِلَهُكُمْ إِلَهٌ وَاحِدٌ فَاسْتَقِيمُوا إِلَيْهِ وَاسْتَغْفِرُوهُ وَوَيْلٌ لِلْمُشْرِكِينَ “ (سورة فصلة 6) މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނަކީ، ތިޔަބައިމީހުން ފަދައިން ބަޝަރެކެވެ. (އިންސާނެކެވެ.) ތިޔަބައިމީހުންގެ ކަލާނގެއަކީ އެއްކައުވަންތަ ކަލާނގެކަމަށް ތިމަން ކަލޭގެފާނަށް ވަޙީފޮނުއްވަތެވެ. ފަހެ ތިޔަބައިމީހުން އެކަލާނގެ ޙަޟްރަތަށް ތެދުމަގު ލިބުމަށް އެދި އިސްތިޣްފާރުކުރާށެވެ. މުޝްރިކުންނަށް ހަލާކުހެއްޓެވެ.

އަދި މާތްﷲ ސީދާވެގެން ތެދުމަގުގައި ތިބިމީހުންނަށް ވަޙީކުރައްވަނީ: “ إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنْتُمْ تُوعَدُونَ ”( سورة فصلة 30) މާނައީ: ހަމަކަށަވަރުން ހެއްދެވި ކަލާނގެއަކީ މާތްﷲއެވެ. ބުނެދެން އީމާންވެ ލިބިގަތް މީހުންނީ އެބައިމީހުންނަށް މަލާއިކަތުން ފައިބާވަޑައިގަންނަވާ ބައެކެވެ. ތިޔަބައިމީހުންގެ ކިބައިން ބިރުވެރިކަމާއި ހިތާމަ ފިލުވައި އަދި ތިޔަބައިމީހުންނަށް ވަޢުދުކުރައްވާފައިވާ ސުވަރުގޭގެ އުފާވެރި ޚަބަރުތައް މަލާއިކަތް ބޭކަލުން ދެއްވާނެތެވެ. އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުންވެސް ސީދާވެގަތުމަށް އަންގަވާފައިވެއެވެ. فعن سفيان بن عبد الله الثقف قال: قلت: يا رسول الله، قل لي فى الإسلام قولا أسأل عنه أحدا بعدك – وفى حديث أبي أسامة غيرك – قال: ”قل آمنت بالله فاستقم“ (أخرجه مسلم، كتاب الإيمان، حديث رقم 38) މާނައީ: ސުފްޔާން ބިން ޢަބްދުﷲ އައްޘަޤަފީ އެކަލޭގެފާނު ކީރިތި ރަސޫލާ އަރިހުގައި ދެންނެވިކަމަށް ވިދާޅުވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ތިމަންނާ އަރިހުގައި އިސްލާމްދީނުގައި ހިމެނޭ ބަސްފުޅުތަކުގެ ތެރެއިން (ކަންކަމުގެ) ކަލޭގެފާނަށްފަހު އެކަމަކާ ބެހޭގޮތުން ތިމަންނާ އެހެންމީހެއްގެ އަރިއަހުން ސުވާލު ދަންނަވާވަރުގެ ބަސްފުޅެއް ވިދާޅުވެދެއްވާށެވެ! ( އަދި އަބީ އުސާމާ ރިވާކުރެއްވި ޙަދީޘް ”غيرك“ ވިދާޅުވިއެވެ! “ ކަލޭ ބުނާށެވެ! އަހަރެން މާތްﷲ އަށް އީމާންވެއްޖެއީމެވެ. ފަހެ ކަލޭ ސީދާވެގަންނާށެވެ. (ބައެއް ރިވާޔަތުގައި ”ދެން“ ކަލޭ ސީދާވެގަންނާށެވެ!)

– ޤުރްއާނުގެ ތަޢުބީރުން ”ألإنحراف“ (މަގުން އެއްކިބާވުން) ”الميل“ ލެނބުމުގެ މާނާގައެވެ. “ وَاللَّهُ يُرِيدُ أَنْ يَتُوبَ عَلَيْكُمْ وَيُرِيدُ الَّذِينَ يَتَّبِعُونَ الشَّهَوَاتِ أَنْ تَمِيلُوا مَيْلًا عَظِيمًا “ (سورة النساء 27) މާނައީ: މާތްﷲ އިރާދަކުރައްވަނީ، ތިޔަބައިމީހުންގެ މައްޗަށް ތައުބާ ލެއްވުމަށެވެ. އަދި އެދުންތަކަށް ތަބާވާމީހުން އެދެނީ އެމީހުންގެ އެދުންތަކުގެ ފަރާތަށް ބޮޑުވެގެން ލެނބުމަކުން ތިޔަބައިމީހުން ލެނބިގަތުމަށެވެ.

– ދަރީން މަގުއޮޅިގެން ދިއުން އިސްލާމްދީން ދެކެނީ އެމަޤްޞަދައްޓަކައި އިސްލާމީ ޝަރީޢަތް ބާއްވާލެއްވުނު (الضرورات الخمسة) ފަސްކަން އެކަމެއްގެ މައްޗަށް އިންސާނުން އަބަދުވެސް ރައްކައުތެރިވާންޖެހޭ ކަންތައް ޙަލާކުކޮށްލާ މީހެއްކަމުގައި ވެގެންނުވާނެއެވެ. އިސްލާމީ އުއްމަތުގައި އަފްރާދުންވާންޖެހޭނީ އުންމަތަށް މަންފާކުރާނެ ރަނގަޅު ގަލަކަށެވެ. އެގާ އާރުލާ ވަރުގަދަ އެއްޗެއްކަށް ނުވެއްޖެނަމަ، އެގާ ބޭނުންކޮށްގެން ބިނާކުރި ބިނާ ދާދި އަވަހަށް ހަލާކުވެ ވީރާނާވެ ހިނގާދާނެއެވެ. އެހެން ވީމާ އިސްލާމީ މުޖުތަމަޢުގައި މަގުއޮޅިފައި ތިބި ބަޔަކު ތިބުމުން އެމުޖުތަމަޢަކަށް ނުރައްކާތަކާ ކުރިމަތިލާންޖެހެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެކަމުގެ ނުރަނގަޅު އަސަރު އެމީހުންގެ ދީނަށާ އަދި އެމީހުންގެ ސިކުނޑިތަކަށާއި އަދި ފުރާނައަށާއި އަދި އެމީހުންގެ ނަފްސުގެ ޢިއްޒަތަށް ނުރައްކާ ކުރިމަތިވެ ބުރޫއަރާނެކަން ކަށަވަރެވެ.

މާތްﷲ ވަޙީކުރައްވާފައިވެއެވެ. “ وَمَا أَصَابَكُمْ مِنْ مُصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَنْ كَثِيرٍ “ (سورة الشورى 30) މާނައީ: ތިޔަބައިމީހުންނަށް ދިމާވާ އުނދަގުލަކާއި މުޞީބާތަކީ، ފަހެ ތިޔަބައިމީހުންގެ އަތްތަކުން ލިބިގަތްކަމެކެވެ. މާތްﷲ އަޅުންގެ ގިނަ ފާފަތައް ޢަފޫކުރައްވަތެވެ.

* ދަރީން މަގުއޮޅުމުން ދުރުވުމަށް ބާރު އަޅާދޭނެ ބައެއް މަގުތައް:

ހަމަކަށަވަރުން އިސްލާމްދީނު އައިސްފައިވަނީ އިންސާނާ މުހިއްމުވާނެ ހުރިހާކަމެއް ޝާމިލްދީނެއްގެ ގޮތުގައެވެ. އެކަމުގެ ރީތި މިކަން ޝާމިލުވުމުގެ މިޘާލުތައް ކީރިތި ޤުރްއާނުން މާތް ނަބިއްޔާގެ ސުންނަތުގައި ހިމެނިގެންވެއެވެ. މިކަމަށް ދަލީލުކޮށްދެއެވެ. “ مَا فَرَّطْنَا فِي الْكِتَابِ مِنْ شَيْءٍ “ (سورة الأنعام 38 އިބްނު ސަޢުދީ އޭނާގެ ތަފްސީރުގައި 2/396 ބަޔާންކުރެއެވެ. މިއާޔަތުގެ މާނަކަމުގައި ތަކެތީގެ ތެރެއިން އެއްވެސް އެއްޗެއް ”اللوح المحفوظ“އިން އެއްވެސް އެއްޗެއް ނޭގެ އަދި އިހްމާލުކޮށް ދޫކޮށްލާފައިނުވާނެކަމެވެ. ”الكتاب“ މުރާދަކީ ޤުރްއާންކަމުގެ މާނަ އެކުލެވިގެންވެއެވެ.) މާނައީ: ފޮތުގައި ތިމަން ﷲއެއްވެސް އެއްޗެއް ދޫނަކުރައްވަމެވެ.

– ސުންނަތް އެއީ ޝާމިލު އެއްޗެއްކަމުގެ ދަލީލަކީ އަންނަނިވި ޙަދީޘެވެ.

– عن أبي ذرّ رضى الله عنه قال: لقد تركنا محمّد صلى الله، وما يحرّك طائرٌ جناحيه في السّماء إلاّ أذكرنا وسلم منه علما (أخرجة ألإمام أحمد فى مسنده، حديث رقم 2085 آ{ترقيم إحياء التراب} މާނައީ: މާތްﷲ އެބޭކަލަކަށް ރުއްސުންލެއްވި އަބޫ ޛައްރުގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަހަރެމެންނަށް ދޫކޮށްދެއްވާފައި ވަޑައިގެންނެވީ (ޢިލްމު) އަދި އެއީ ޖައްވުގައި އުދުހިފައިދާ ދޫނީގެ ދެފިޔަގަނޑު ހަރަކާތްނުކުރޭ އެދޫންޏާބެހޭ ޢިލްމު އަހަރެމެންނަށް އުގަންނަވާ ދެއްވާފައި މެނުވީ ވަޑައިނުގަންނަވައެވެ.

– ދަރީން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެވޭނީ ހަރުދަނާ ދީންވެރި މަންމަޔަކަށެވެ. އެއީ ދަނޑުހެއްދުމަށް ކުޅަދާނަ ވިސްނުންތޫނު ދަނޑުވެރިޔާ ގޮވާން ހެއްދުމަށްޓަކާ ފަސްގަނޑު ރަނގަޅު މޮޅު ބިމެއް ނޫނީ އިޚްތިޔާރެއް ނުކުރާނެއެވެ. މުޑުވައް ކިތަންމެ ރަނގަޅު ކަމުގައިވިޔަސް ބިން އެމުޑުވައް އިންދޭ ބިމަކީ ރަނގަޅު އެއްޗަކަށް ނުވެއްޖެނަމަ އެގޮވާމުން ރަނގަޅު މޭވާއެއް ނުލިބޭނެއެވެ. އެހެނީ ރަނގަޅު ބިމުން އަބަދުވެސް ހެދޭގޮވާމަކީ ރަނގަޅުއެއްޗެވެ. އޭގެއިން ރަނގަޅު އެއްޗެއް މެނުވީ ނުނިކުންނާނެއެވެ. ނަމަވެސް އޭގެ އިދިކޮޅުކަމުގައި ބެލެވޭ ގޯސް ބިން ގޮވާން ރަނގަޅަށް ނުހެދޭ ބިމަކުން ރަނގަޅު ގޮވާމެއް ނުލިބޭނެއެވެ. މާތްﷲ ވަޙީކުރައްވާފައިވަނީ “ وَالْبَلَدُ الطَّيِّبُ يَخْرُجُ نَبَاتُهُ بِإِذْنِ رَبِّهِ وَالَّذِي خَبُثَ لَا يَخْرُجُ إِلَّا نَكِدًا كَذَلِكَ نُصَرِّفُ الْآيَاتِ لِقَوْمٍ يَشْكُرُونَ “ (سورة الأعراف: 58) މާނައީ: (ބިމާއިފެން) ހެޔޮވެގެންވާ ރަށުން އެރަށް ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ އިޒުނަފުޅާއިއެކު އެރަށުގެ ގަސްގަހާގެހިފަޅައި ނިކުމެއެވެ. އެރަށުގެ ބިން ނުބައިވެގެންވީ ރަށުގެ ފަސްގަނޑުން ފައިދާއެއް ނެތް މަދު އެތިކޮޅެއް މެނުވީ ނުނިކުންނަހުއްޓެވެ. ފަހެ ޝުކުރު ކުރާންވި ބަޔަކަށް ސާފު ހެކިތައް ތިމަންﷲ ބަޔާންކޮށްދެއްވަނީ މިފަދައިންނެވެ.

– އަނބިމީހާގެ ޙާލަތަކީ އޭނާގެ ފިރިމީހާޔަށް ދަނޑުގޮވާންކުރާ ބިމެއްގެ ޙާލަތެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. “ نِسَاؤُكُمْ حَرْثٌ لَكُمْ فَأْتُوا حَرْثَكُمْ أَنَّى شِئْتُمْ وَقَدِّمُوا لِأَنْفُسِكُمْ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّكُمْ مُلَاقُوهُ وَبَشِّرِ الْمُؤْمِنِينَ “ (سورة البقرة: 223) މާނައީ: ކަލޭމެންގެ އަނބީންނަކީ، ކަލޭމެންނަށް ލިބިގެންވާ ގޮވާންކުޅައުމުގެ ބިމެއްފަދަބައެކެވެ. ވީއިރު ކަލޭމެންގެ ގޮވާން ކުޅައުމުގެ ބިމަށް ކަލޭމެން ރުހޭފަދައަކުން (ގޮސްއުޅޭގޮތުގެ މަތީން، އެކަނބަލުންގެ ގާތަށްވެސް) ގޮސްއުޅޭށެވެ! އަދި ކަލޭމެންގެ އަމިއްލަ ނަފްސުތަކަށްޓަކައި ދުރާލައި (މަރުވުމުގެ ކުރީގައި) ހެޔޮކަންތައްކޮށް އުޅޭށެވެ! އަދި (އަބަދުވެސް) ﷲއަށް ބިރުވެތިވާށެވެ! އަދި ޔަޤީންކުރާށެވެ. ކަލޭމެންނަށް، އެކަލާނގެ ރަސްކަންފުޅާއި ބައްދަލުވާން ޖެހޭނެއެވެ! އަދި އީމާންވެއްޖެ މީސްތަކުންނަށް، އުފާވެރިކަމުގެ ޚަބަރުދޭށެވެ!

– އެހެން ރަނގަޅު ޞާލިޙު އިޚްތިޔާރު ކުރުމަކީ ޢާއިލާއެއް ހަރުދަނާގޮތުގައި ބިނާކުރުމުގެ އަސާސެވެ. އަދި އެބިނާއަކީ ސަލާމަތުން ވާއެއްޗެއް ކަމުގައިވާނަމަ މާތްﷲގެ އިޒުނުފުޅާލައިގެން އެކުރެވުނު ބިނާ ސަލާމަތުން ހުރުމުގެ ސަބަބެއް ކަމުގައިވެއެވެ. އެހެނީ ތުއްތުކުދީން ޕޮޒިޓިވް ނުވަތަ ނެޖެޓިވް ގޮތެއްގައި އެކުދީންގެ މަންމަގެ ކިބައިން އަސަރުތަކެއް ކުރާނެއެވެ. އެމަންމައަކީ ދީންވެރި މަންމައެއްކަމުގައިވާނަމަ އެކުދީން ގައިގާ އެނަސީބު އަށަގަންނާނެއެވެ. އަދި އެމަންމަގެ ޠަބީޢަތާ އަޚްލާޤާ އަދި ޝަޚްޞިއްޔަތާ ރަނގަޅު ސިފަތަކާ އަދި ހުތުރު ސިފަތަކަށްވެސް އަށަގަތުމަކީ ދުރުގައިވާކަމެއްނޫނެވެ. މިހެންވެ މަންމައަކީ ކުދީންމަގުން އެއްކިބާވިޔަ ނުދިނުމަށްޓަކައި ބައްޕަޔަށް އެހީތެރިވެދޭ ޙިއްސާދާރު ބައިވެރިއެކެވެ. އަޅަމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވާފައިވެއެވެ. ”أبى هريرة رضى الله عنه عن رسول صلى الله عليه وسلم قال: ”ما من مولود إلاّ يولد على الفطرة، فأبواه يهوّدانه أو ينصرانه أو يمجسانه“ {أخرجه البخارى، كتاب الجائز، حديث رقم 1358} މާނައީ: މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާ މާތް ނަބިއްޔާ ޙަދީޘްފުޅު ކުރައްވާ ވިދާޅުވިކަމަށް ދެންނެވިއެވެ. އެއްވެސް ދަރިއަކު އުފަން ނުވެޔޭ ފިޠްރަތުގެ ސާފުކަންމަތީގައި ނޫނީ، ފަހެ އޭނަ ޔަހޫދިއްޔަކަށް ނުވަތަ ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަދާނީ އޭނަގެ މަންމައާއި ބައްޕައެވެ.

– އަދިވެސް ކީރިތި ރަސޫލާ ޞާލިޙު ދީންވެރި މަންމަޔަކު އިޚްތިޔާރުކުރުމަށް ވަޞިއްޔަތްކޮށްފައެވެ. ”تنكح المرأة لأربع: لمالها، ولحسبها، وجمالها، ولديشها، فاظهر بذات الدّين تربت يداك {أخرجه البخارى، كتاب النكاح، حديث رقم 5090} “ މާނައީ: އަންހެނާއާ ކައިވެނީގެ ގުޅުމުން ގުޅެނީ ހަތަރުކަމަކަށެވެ. (1) އެކަނބުލޭގެ މުދާވެރިކަމަށެވެ. (2) އެކަނބުލޭގެ ޙަސަބަށްޓަކައެވެ. (3) އަދި އެކަނބުލޭގެ ބުރުސޫރަ ރީތިކަމަށެވެ. (4) އަދި އެކަނބުލޭގެ ދީންވެރިކަމަށްޓަކައެވެ. ފަހެ ކަލޭ އަޚްލާޤު ރަނގަޅު މުރޫއަތްތެރި ދީންވެރި އަންހެނާއާ އަތުލާލާށެވެ. (ކައިވެނިކުރާށެވެ.) އަދިވެސް އެހެން ޙަދީޘްފުޅެއްގައި ދީންވެރި އަންހެނާ ކައިވެނި ކުރެއްވުމަށް ތަރުހީބްދެއްވާ ޙަދީޘްފުޅުކުރެއްވިއެވެ. ”خيرنساء ركبن الإبل (މިތަނުގައި ޖަމަލު ސަވާރުވާ އަންހެނުން މުރާދެއްކަމުގައި އިބްނު ހަޖަރު ފަޠުހުލްބާރީގައި 9/125 ޢަރަބި އަންހެނުންނަށެވެ. އެހެނީ އެދުވަސްވަރު ޢަރަބީން އެންމެގިނައިން ސަވާރުވަނީ ޖަމަލަށްކަމުގައިވެއެވެ.) صالح نساء قريش، أدناه على ولد فى صغيره، وأدعاه على زوج فى ذات يد(2) ”މާނައީ: ހެޔޮ ވެގެންވާ އަންހެނުންނީ ޖަލަމަށް ސަވާރުވި އަންހެނުންނެވެ. ޤުރައިޝް ވަންހާގެ އަންހެނުންގެ ތެރެއިން ހެޔޮލަފާ ދީންވެރި އަންހެނުންނަކީ ކުޑަ ކުއްޖ ކުޑައިރު އޭނަޔަށް އެންމެ އޯގާތެރިކޮށް ކަންތައްކުރާ އަންހެނުންނެވެ. އަދި އެކަނބަލުންގެ ފިރިމީހާގެ މުދަލުގެ މައްޗަށް އަމާނާތްތެރިކަމާއެކު ރައްކައުތެރިވެ އެއީ އޭނާގެ އަތްމަތި ދަތިމީހެއްކަމުގައިވިޔަސްއެވެ.

– އެހެންވެ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ރައްކައުތެރިވެ ދީންވެރި ޚުލްޤު ރަނގަޅު އަންހެނަކު ޙަޔާތުގެ ބައިވެރިއަކަށް އިޚްތިޔާރު ކުރެވިއްޖެނަމަ، މާތްﷲ އިރާދަފުޅާ ލައިގެން ދަރިން މަގުން ކައްސާލުން ދުރުވާނެކަން ޔަޤީނެވެ.

– ދެވަނަ ކަމެއް ކަމުގައި ދަރީންގެ މަގުން އެއްކިބާވުމުން ދުރުކުރުމަށްޓަކައި އެމީހުންނަށްޓަކައި ހެޔޮ ދުޢާކުރުން ވަރަށް މުހިއްމެވެ. އެހެނީ ދުޢާއަކީ ރައްކާތެރިކަމެކެވެ. އެއީ ޝައިޠާނާ ބާރުކަނޑުވާލުމުގެ އެންމެ ވަރުގަދަ ހަތިޔާރެވެ. އަދި އެއީ އަޅުކަމުގެ ސިކުނޑިއެވެ. މިކަމަށް ތަރުހީބްދެއްވާ އަދި އެކަލޭގެފާނުގެ ޙިކުމަތު ޢަމަލީ މިކަން އެކަލޭގެފާނުގެ އަޞްޙާބުންނަށް ޤުރްއާނުގެ އާޔަތެއް އުގަންނަވާ ދެއްވާފަދައިން ވަނީ ދަސްކޮށްދެެއްވާފައެވެ. މިހެންވެ އަލަތުކައިވެނީގެ ފުރަތަމަރޭ އަނބިމީހާއާއެކު އެއްދާން ކުރުމުގެ ކުރީގައި ދަރިފަސްކޮޅު ޝައިޠާނުންގެ ބީހުންތަކުންނާއި އަދި ނުރަނގަޅު އަސަރުތަކުން ސަލާމަތްކުރުމަށްޓަކައި އެކަމަށް އިރުޝާދު ދެއްވާފައިވެއެވެ. ”عن إبن عباس رضى الله عنهما قال: قال الني صلى الله عليه وسلم: لو أنّ أحدهم إذا أراد أن يأتى أهله قال: باسم الله، اللهم جنبنا الشيطان وجنّب الشيطان ما رزقتنا، فإنه إن يقدر بينهما ولد لم يضرّه شيطان أبدا“ {أخد جه البخارى، الجامع الضحيح، كتاب الدعوات، حديت رقم 6388 } މާނައީ: އެދެބޭކަލަކަށް މާތްﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެފާނު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިކަމުގައި ވިދާޅުވިއެވެ. ހަމަކަށަވަރުން އެބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަނބިމީހާ ގާތު ރޭކުރުމަށް ބޭނުންވެއްޖެނަމަ މާތްﷲގެ އިސްމުފުޅުން ފަށަމެވެ. ހައްދަވާ ބޮޑުކުރެއްވި ކަލާކޮ! ޝައިޠާނާ އަޅަމެނާ ދުރުކުރައްވާނދޭވެ! އަދި އިބަﷲ އަޅަމެންނަށް ރިޒްޤުކުރައްވާ ދަރިފުޅުގެ ކިބައިންވެސް ޝައުޠާނާ ދުރުކުރައްވާނދޭވެ! ފަހެ، ހަމަކަށަވަރުން އެދެމީހުންގެ ދެމެދު ދަރިއަކު ދެއްވުމަށް މާތްﷲ މިންވަރު ކުރައްވައިފިނަމަ އެކުއްޖަކަށް ދުވަހަކުވެސް ޝައިޠާނަކަށް ގެއްލުމެއް ނުދެވޭނެއެވެ. (އިމާމް އައްނަވަވީ އަލްޤާޟީ ވިދާޅުވިކަމަށް ގެއްލުމެއް ނުދެވުމުގެ މުރާދަކީ ޝައިޠާނާ އަޅާގަތުން ނުވަތަ އޭނާ ވިހާއިރު އުދަގޫ ނުވާނެވާހަކައެވެ. ވަސްވާސްދިނުމާއި އޮޅުވާލުންފަދަ ކަންތައް ހިމެނެނީ ޢާންމުކަމެއްގެ ގޮތުގައެވެ.)

– ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ކާފަދަރިކަލުން ޙަސަންގެފާނާއި ޙުސައިންގެފާނު ޝައިޠާނާގެ ނުބާކަމުން ސަލާމަތްކުރުމަށް ރައްކައުތެރި ދުޢާކުރެއްވިއެވެ.

އަޅުގަނޑުމެން މިއަދު ޤައުމު އިސްލާމްދީނާ ރައްޓެހި ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރަން އެދޭނަމަ ދަރީންގެ ތަރުބިއްޔަތާއި މެދު މިހާރަށް ވުރެ ބޮޑަށް އަޅާލައި ފަރުވާތެރި ވާންޖެހެއެވެ. އަދި ނުބައި މަގުން އެކުދިން ދިޔަ ނުދިނުމަށްޓަކައި އެކުދީންގެ ޢަދާވާތްތެރިން ކަމުގައި ޖިންނީންނާއި އިންސީންގެ ނުބައި މަޅިތަކުން ސަލާމަށް ކުރުމަށް މަސައްކަތް ކުރަންޖެހެއެވެ. ކޮންމެ ހެއްލުމަކީ ގެއްލުމެކެވެ. މާތްﷲ އަޅަމެންގެ ޢާއިލާތަކަށް އެމަގަށް މަގުއް ދައްކަވާށި! އާމީން!

 

Loading

One Response

  1. ޝުކުރިއްޔާ ޝޚ. އިޒުންދީން. ތިބާއަށް މާތްﷲ ރަޙުމަތް ލައްވާށިއެވެ. މި މުޖުތަމައަށް މިހާރު ތިފަދަ ހެޔޮބަސްކޮޅެއް ގިނަގިނައިން ވިދާޅުވެދެއްވުން އެދެމެވެ. ދިވެހި ޅަދަރީންގެ އަޚުލާގު ގޮތެއް ފޮތެއް ނެތުމޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް