މާލޭގެ ގެއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
އެމްއެންޑިއެފުން ބުނީ އަލިފާން ރޯވެފައިވަނީ މއ. މޯނިންގެ ވިއުގެ ތިންވަނަ ފަންގިފިލާގައި ކަމަށާ މި ހާދިސާ ހިނގީ ފަތިހު ފަހެއް ޖެހި ހާއިރުކަމަށެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވި ވަގުތު އެގޭގައި މީހުން ތިބިކަމަށާއި އަލިފާނުގެ ހާދިސާ ހިންގުމުން ގޭގެ އެކި ފްލޯތަކުން މީހުން ނުކުންނަން އުޅުމުގެ ތެރޭގައި އެކިވަރުގެ ކުދި އަނިޔާ ލިބިފައިވާކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިގޭގައި ގާތްގަޑަކަށ 40 ހަކަށް މީހުން ދިރިއުޅެއެވެ.
ގަޑިއިރެއްހާއިރު ފަހުން ނިއްވާލެވުނު އަލިފާނުގެ މި ހާދިސާގައި އެ ގެ ވަނީ ބޭނުންނުކުރެވޭވަރަށް ހަލާކުވެފައެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެމްއެންޑިއެފުން ހާމައެއްނުކުރެއެވެ.
މި ހާދިސާ ހިނގި ސަރަހައްދަށް ޑިފެންސް މިނިސްޓަރ މަރިޔާ އަހްމަދު ދީދީ އާއި މާލޭ ސިޓީގެ މޭޔަރ ޑރ. މުއިއްޒު ވަޑައިގެންނަވައި މި ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކުގެ ހާލު ބައްލަވައިލެއްވިއެވެ.