ފަނާކުރަނިވި ބަރުހަތިޔާރު ހިމެނޭގޮތަށް ޒައެނިސްޓް އިޒްރޭލަށް 735 މިލިއަށް ޑޮލަރުގެ ހަތިޔާރު ދިނުމަށް އެއްބަސްވެ އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ މިމިހުގެ 5 ގައި އެމެރިކާގެ ކޮންގްރެސްއަށް ހުށަހަޅައިފައެވެ.
ފަލަސްތީނަށް މިހާރު އިޒްރޭލުން ދެމުން ގެންދާ ޢުދުވާނީ ޙަމަލާތައް ދުނިޔޭގެ ގައުމުތަކުން ކުށްވެރިކޮށް އެކަން ހުށްޓުމަށް ހަރުކަށި ޢިބާރާތުން ގަރާރެއް ފާސްކޮށްލުމަށް ދަނީ ޔޫއެން ގައި މަސައްކަތްތަކެއް ކުރެވެމުންނެވެ. ނަމަވެސް އެމެރިކާގެ ސަރުކާރުން އަބަދުވެސް އެފަދަ ގަރާރަކާ މެދުވެސް ދެކޮޅުހަދައެވެ. މިއަދުވެސް ފެންނަމުންދަނީ އެ ޙަގީގަތެވެ. އަދި އެހެންމެ ލިބިފައިވާ ނާއިންސާފު ވީޓޯ ޕަވަރ ބޭނުންކޮށް ފަލަސްތީނަށް އިންސާފުހޯދައި ދިނުމަށް އެހެން ގައުމުތަކުން ކުރާމަސައްކަތް ތަކަށްވެސް ހުރަސް އަޅަމެއެވެ.
މި ދެހަފްތާގައި ޔަހޫދީ ޒައިނިސްޓުން ފަލަސްތީނުންގެ ގެތަށް ބާރުގެބޭނުން ކޮށް އަތުލުމާއި ގެދޮރުން ނެރެލެވޭ މީހުން އެމީހުންގެ ގޮދޮރާއި މުދާ ޒައަނިސްޓް ހަރުކަށިފިކުރުގެ މީހުނަށް ނުދޭން ދެބަސްވާ ކޮންމެ މީހަކަށް އަނިޔާކޮށް ޙަމަލާދެމުން ދެނީއެވެ. އަދި ޔަހޫދީ ޒައިނިސްޓުންގެ ތަޅާފޯސް ނިކުމެ އެފަލަސްތީނު ނިކަމެތިންނަށް ވަޒަނުން ޙަމަލާދީ މަރަމުން ދަނީއެވެ. އޭގެ ނަތީޖާއަކަށް މިހާރު ވެފައިވަނީ އިޒްރޭލުގައި ދިރިއުޅޭ ޢަރަބި ނަސްލުގެ އެންމަނާއި އަދި ޔަހޫދީ ޓެރަރިސްޓް ހަރުކަށިފިކުރު ނޫން ބައެއް ޔަހޫދީންވެސް މުޅި އިޒްރޭލްގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފެއްޓުމެވެ.
ނަތީޖާ އަކަށްވީ ކަރަޕްޝަންގެ ޢަމަލު ސާބިތުވެ ޖަލަށްދާންވެފައިވާ އިޒްރޭލުގެ ޕްރައިމިނިސްޓަރު ނަތަންޔާހޫ އޭނާގެ ބަހުރުވައިންނަމަ ”އަޔަން ފިސްޓް“ ފަލަސްތީނާއި އިދިކޮޅަށް ބޭނުންކޮށް ގާޒާ އައި ވެސްޓްބޭން، ރަމުލާ އާއި އެހެނިހެން އަވަށްތަކަށްވެސް ވަކިހައްދެއްނެތި ޙަމަލަދީ ނެތިކޮށްލުމުގެ ހަނގުރާމަ ފެށުމެވެ.
ރައީސް ބައިޑަން ކޮންގްރެސް ޕާޓީގެ މެޖޯރެޓީ މެމްބަރުން މިފަދަ ފަނާކުރަނިވި ހަތިޔާރު އިޒްރޭލަށް ދިނުމާއި ދެކޮޅެވެ. ޑިމޮކްރެޓިކް ކޮންގްރެސް ވޮމަން އިލްހާމް އޮމަރ ވިދާޅުވިގޮތުގައި ބައިޑަން ގެސަރުކާރުން މިވަގުތު 735 މިލިއަން ޑޮލަރުގެ ޕްރެސިޒަން ގައިޑަޑް ހަތިޔާރު އެއްވެސް ޝަރުތެއް އެދޭ ދިނުމުގައި ނުހިމަނާ ދޫކުރުމަކީ އިޒްރޭލުގެ ޕްރައިމިސްޓަރު ނަތަންޔާހޫ ފަލަސްތީނާއި ދެކޮޅަން ހިންގަމުންގެންދާ އުދުވާނަށް ފެހިސިގުނަލް ދިނުންކަމެވެ. އެހެންވުމުން އެވާނީ މިފަދަ ފަނާކުރަނިވި ޢަމަލުތައް އިތުރުވާނެ ބާރަކަށް ވާނޭކަމުގައެވެ.
މި ނިމިދިޔަ ރޯދަމަހުގެ ފަހުދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ އަނިޔާވެރި ޙަމަލާތައް ބޮޑަށް އަމާޒުކޮށްފައިވަނީ ގިނައިން މީހުން ދިރިއުޅޭ ތަންތަނަށާއި، ހޮސްޕިޓަލްތަކާއި، ސްކޫލް ޔުނިވާސިޓީ ތަކަށެވެ. އަދި އިންޓަނޭޝަނަލް މީޑިއާ ބިލްޑިންގްވެސް ގޮއްވާލައިފާވެއެވެ.
ފަލަސްތީނުގެ ކުރީގެ ޕޮލިޓިކަލް އެފައަރސް ސީނިއާ ބެފުޅެއް ވިދާލުވިގޮތުގައި މިހާރު އިސްލާމީ ދުނިޔެ އަށާއި ޢަރަބި ދުނިޔެއަށްވެސް އެބައެގެންޖެހޭ މިވަނީ ކީއްކަން. އަރަބި ފަލަސްތީނުގެ ބިންފޭރިގަނުވައި އެތަނުގައި ޔަހޫދީން ވަޒަންކުރުވީ އިގިރޭސިން. ފަލަސްތީހު ޙިސޯރުކޮށް ބޭނުން ހިނދެއްގައި އިތުރު ބިން ފޭރި ފަނާކުރަނިވި ހަނގުރާމަކުރުމަށް ފައިސާގެ އެނހީ އާއި ބަރު ހަތިޔާރު ދެނީ އެމެރިކާ، ޖަރުމަން އަދި އިންގިރޭސިންނާއި އެހެން ބައެއް އީޔޫ ގައުމުތަކުން.
އަނިޔާތަށް ހައްދުން ނެއްޓި ހާހުން ދެހާހުން ޅަދަރިންނާއި މައިން ބަފައިން މަރުވުމުން ”ވަރަށް ދެރަ“ އަމަލެއްކަމަށް ބުނެލުން ފިޔަވާ އެގައުމުތަކުން ޒައިނިސްޓް އިޒްރޭލާއި ދެކޮޅަށް އެޅޭ އެއްވެސް ފިޔަވަޅެއްނެތް. އޭނާ ވިދާޅުވީ މީ ކޮންބައެއްގެ އެޖެންޑާއެއްގެ ދަށުން ކާކުލައްވާ ކުރެވޭ ޕްރޮކްސީ ހަނގުރާމައެއްތޯއެވެ.
އެމެރިކާގެ ކުރީގެ ރައީސް ޓުރަމްޕް ދުވަސްވަރު އިޒްރޭލުގައި ހުންނަ އެމެރިކާގެ އެންބަސީ ވަނީ ތެލްއަވީވް އިން ފަލަސްތީނު ގުދުސްއަށް ބަދަލުކޮށް އެތަނަކީ އިޒްރޭލުގެ ކެޕިޓަލްއަކަށް ހެދުމަށް ބާރުއަޅާނޭކަމަށް ވަޢުދުވެފައެވެ.