ފުލެޓާ ގޯތިތައް އޭގެ ހައްގުވެރީންނަށް ނުލިބި ލަސްވާތީ އެފަރާތްތަކުން ދަނީ ކަން ބޮޑުވުން ފާޅު ކުރަމުން
ކުދިންނަށް ކިޔަވައި ދިނުމަށްޓަކާ މީގެ ފަންސަވީސް އަހަރު ކުރިން މާލެއަށް ޙިޖުރަކުރި ދިވެހި އަންހެނަކު އޭނާގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ. އޭނާ ބުންޏެވެ. ރަށުގައި ހުރި ސްކޫލުން އެކަށޭނެ ތަޢުލީމެއް ލިބެން ނެތުމާއެކު އޭނާގެ ދަރިފުޅަށް ކިޔަވައި ދިނުމަށް މާލެއައީ މީގެ ފަންސަވީސް އަހަރު ކުރިންނެވެ. އޭރުން ފެށިގެން އުޅެން ޖެހިފައި މިވަނީ މާލޭގެ ގެދޮރު ވެރީންނަށް ކުލިދީގެން ވަރަށް ނިކަމެތި ޙާލުގައެވެ.ދަރިފުޅު ކިޔަވާ ނިމުނުއިރު އަޅުގަނޑަށް ދެކުދިން ލިބި އެކުދިންވެސް ސްކޫލަށްތަކަށް ވައްދަން ޖެހުނެވެ. ރަށުގައި އެކަށާނެ […]
ވެނެޒުއޭލާ އިންތިހާބުގައި ފަލަސްތީނަށް ތާއީދުކުރައްވާ މަޑޫރޯ ކާމިޔާބުކުރެއްވުން، އެމެރިކާއަކަށް ހަޖަމެއް ނުވި!
ވެނެޒުއޭލާގެ ދަށުފަންތީގެ ރައްޔިތުންނާއި އާންމުންގެ މެޖޯރިޓީ ތާއިދު ލިބި ރިޔާސީ އިންތިހާބުގައި ރައީސް މަޑޫރޯ ވަނީ ކުރިހޯއްދަވާފައެވެ. ކުރީގެ ރައީސް ހޫގޯ ޗާބޭޒް ފަދައިން މަޑޫރޯވެސް ގަބޫލުކުރައްވަނީ އިޒްރޭލަކީ ޓެރަރިސްޓް ސްޓޭޓެއް ކަމަށެވެ. އަދި މެދު އިތުމަތީގެ އާންމު އެތައް ރައްޔިތެއްގެ މަރުގެ ޒިންމާ އެމެރިކާއިން ނަގަންޖެހޭނެކަމަށްވެސް އޭނާ ގަބޫލުކުރައްވައެވެ. އެހެންކަމުން، އެންމެ ފަހުން ވެނެޒުއޭލާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބު މަޑޫރޯ ކާމިޔާބުކުރެއްވުމަކީ އެމެރިކާއަށް އުފާވެރި ހަބަރަކަށް ނުވިއެވެ. މީގެ އިތުރުން، އީލޮން މަސްކް ފަދަ މަހުޖަނުންވެސް […]
ތުރުކީއަށް ވީ ގޮތް ރާއްޖެއަށް ވެދާނެތަ!
ގައުމީ ހަޔާތެއް އާރާސްތުކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ އެކައްޗަކީ ނިޒާމެކެވެ. ދެވަނަ އެއްޗަކީ، އެ ނިޒާމު ހިންގުމަށްޓަކައި، ބޭނުންވާނެ ފަރާތްތަކެކެވެ. ދުނިޔަވީ ހަޔާތުގައި އިންސާނުންނަށް ފުރިހަމަ ނިޒާމެއްގެ ބޭނުން ބޮޑުއިރު, ގައުމެއްގެ ކުރިމަގު އުޖާލާކުރުމަށްޓަކައި، އެ ނިޒާމެއް އެކަށީގެންވާ ގޮތަށް ހިނގުން ލާޒިމެވެ. ކަންތައްތައް ބޮއްސުންލައިގެން ދަނީ ރަނގަޅު ނިޒާމެއް އެކަށައެޅިފައިނުވާތީއެވެ. ދުނިޔެ ވެސް ހިނގަނީ ފުރިހަމަ ނިޒާމެއްގެ ތެރެއިންނެވެ. ނަމަވެސް ގުދުރަތުގެ ނިޒާާމު ފުރިހަމައަށް ނުހިނގާނަމަ ބޯމައްޗަށް އުޑުވެއްޓިގެން ނުދާނެތޯއެވެ! ނަމަވެސް ގުދުރަތުގެ ކޮންމެ އެއްޗެއް ވެސް، […]
ހަނިއްޔާ ޝަހީދުކޮށްލެވުނު މައްސަލައިގައި އިތުރަށް ވާހަކަ ދައްކާކަށް ބޭނުމެއް ނޫން: އެމެރިކާ
ސިޔާސީގޮތުން ހަމާސްގެ އެންމެ އިސް ލީޑަރު އިސްމާއިލް ހަނިއްޔާ ޝަހީދުކޮށްލެވުނު މައްސަލައިގައި އިތުރަށް ވާހަކަ ދައްކަން ބޭނުންނުވާ ކަމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ބާރު އެމެރިކާ އިން ބުނެފިއެވެ.އުމުރުފުޅުން 62 އަހަރުގެ އިސްމާއީލް ހަނިއްޔާ އުފަންވެ ވަޑައިގަތީ ގައްޒާ ސިޓީ ކައިރީގައި ހުރި ރެފިއުޖީ ކޭމްޕެއްގައެވެ. އެ މަނިކުފާނު ހަމާސްއާއި ގުޅިވަޑައިގަތީ 1980 ވަނައަހަރު ހިނގާދިޔަ 2 ވަނަ އިންތިފާދާ ގައެވެ. ހަމާސް ޖަމާއަތުގެ ވެރިޔަކަށް އެ މަނިކުފާނު ވެވަޑައިގަތީ 2017 ވަނަ އަހަރުގައެވެ. ހަނިއްޔާ […]
އެމްއެމްއޭގެ ގަވަރުނަރަކަށް މުނައްވަރު އައްޔަން ކުރައްވައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމަށް، ދަފްތަރު. ނަންބަރު ރސ 13099، އަޙްމަދު މުނައްވަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަނުކުރައްވައިފިއެވެ. ގަވަރުނަރުކަމަށް އައްޔަނުކުރެއްވިކަމުގެ ލިޔުން، އަޙްމަދު މުނައްވަރަށް ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މުނައްވަރާއި ބައްދަލުކުރައްވާ ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ފައިނޭންސްގެ ދާއިރާއާއި ގުޅޭ އެހެން މުވައްސަސާތަކާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއެޅުއްވިއެވެ. މި […]
އިންޑިޔާގެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއާ ގުޅިގެން މޯދީއަށް ހަމްދަރުދީގެ މެސެޖެއް ރައީސް ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންޑިއާގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއާ ގުޅިގެން އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސްގެ މެސެޖުގައި، މިއަދު ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި އެޤައުމުގެ އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލުނު ޚަބަރާއެކު، ފުން ހިތާމައެއް ލިބިވަޑައިގަތްކަން ހާމަކުރައްވާފައި ވެއެވެ. އަދި އެތައް ބައެއްގެ ފުރާނައާއި ދިރިއުޅުމާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުމަކީ ހިތްޕުޅަށް ގެންނަވަންދަތި ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި އެ މަނިކުފާނު […]
ވިނަރެސް ފްލެޓް ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް,ކާރުގެ ޑްރައިވަރު ފިލައިފި
ހުޅުމާލޭގެ ވިނަރެސް ފްލެޓް ސަރަހައްދުގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރަކުން ޖެހި މީހަކު ވިއްސައިގެން ދިޔުމުން، ކާރުގެ ޑްރައިވަރު އެ ސަރަހައްދު ދޫކޮށް ފިލައިފި އެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި އައި ކާރެއް ކޮންޓްރޯލް ނުވެގޮސް މަގުގެ އެއް ފަރާތުގައި މީހަކު މަޑުކޮށްގެން އިން ސައިކަލެއްގައި ޖެހިގެން ކަމަށެވެ. ސައިކަލްގައި މަޑުކޮށްގެން އިން ފިރިހެން މީހާއަށް އަނިޔާވެ އޭނާ އަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފައި […]
އިންސާނީ ވަގުފާރީގެ މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ފޯން ލައިނެއް ތައާރަފްކޮށްފި
އިންސާނީ ވަގުފާރީގެ މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ފޯން ލައިނެއް ތައާރަފްކޮށްފިއެވެ. މި ލައިން ތައާރަފްކޮށްފައި ވަނީ އިއްޔެ ފާހަގަކުރި އިންސާނީ ވަޤުފާރިއާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި އަހަރު ކަނޑައަޅާފައިވާ ޝިޢާރަކީ ”މީހުން އިންސާނީ ވަގުފާރިކުރުން ހުއްޓުވުމަށްކުރާ މަސައްކަތުގައި އެއްވެސް ކުޑަކުއްޖަކު އިސްތިސްނާ ނުކުރުން“ މިއެވެ. މި ރަސްމިއްޔާތުަ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ހިއުމަން ޓްރެފިކިން އަކީ ނުރައްކާތެރި ކުށެއް ކަމަށެވެ. އެހެންކަމުން އެ […]
ހަމާސްގެ ލީޑަރ އިސްމާއިލް ހަނިއްޔާ ޝަހީދު ކޮށްލައިފި
ހަމާސްގެ ލީޑަރ އިސްމާއިލް ހަނިއްޔާ ޝަހީދު ކޮށްލައިފި އެވެ. މިކަން ވަނީ ހަމާސް އިން ކަށަވަރު ކޮށްދީފައެވެ.އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ އީރާނުގައި ހުންނަވަނިކޮން ރޭދަންވަރުގެ ވަގުތެއްގައެވެ.ހަމަލާ ދީފައިވަނީ އީރާންގެ އައު ރައީސް ޕެޒެޝްކިއާން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު އީރާންގައި ހުންނަ އަމިއްލަ ގެކޮޅަށް ވަޑައިގެންނެވުމުގެ މަގުމަތީގައި ނުވަތަ ގެކޮޅަށް ވަޑައިގެންނެވި ފަހުންނެވެ. ހަނިއްޔާ އަވަހާރަ ކޮށްލުމާއި ގުޅިގެން ހަމާސްގެ ލީޑަރުންދަނީ އެކަމުގެ ބަދަލު ހިފާނެ ކަމަށް ބުނަމުންނެވެ. ހަނިއްޔާއަކީ ޝަހީދު ކޮސްލެވުނު އަބްތާލެއް ކަމަށާ، ހަމާސްއަކީ […]
ދަނޑިއަލުވި މީ ނުކައި ދޫކޮށްލާވަރު އެއްޗެއް ނޫން!
ދަނޑި އަލުތްވަކީ ދިވެހިންގެ އާންމު ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ތަރުކާރީގެ ބާވަތެކެވެ. ދަނޑި އަލުވިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް: ދަނޑި އަލުވީގައި ހަކަތަ އެކުލެވޭ ނިސްބަތް ކައްޓަލައަށްވުރެ ދެގުނަ އިތުރެވެ. 100 ގުރާމްގެ ދަނޑި އަލުވީގައި 160 ކިލޯ ކެލޮރީގެ ހަކަތަ ހުރެއެވެ. ދަނޑިއަލުވީގައި ހިމެނޭ ހަކަތައިގެ މައިގަނޑު ފޯރުކޮށްދެނީ އޭގައި ހިމެނޭ ސާދާ ކާބޯހައިޑްރޭޓް ”ސޫކްރޯސް“ އިންނެވެ. މީގެ އިތުރުން ސާސްތާ ކާބޯހައިޑްރޭޓް ”އެމިލޯސް“ އިން ވެސް ހަކަތަ ލިއްބައިދެއެވެ. ދަނޑި އަލުވީގައި […]