ހިޔާ ފުލެޓެއްގެ ތެރޭގައި ކުއްޖަކަށް އަނިޔާކުރާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި
ހިޔާ ފުލެޓެއްގެ ކޮރިޑޯތެރޭގައި ކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާއެކު ފުލުހުން އެ މައްސަލަ ބަލަން ފަށައިފިއެވެ. އެގޮތުން މިކަމާއި ގުޅިގެން ފުލުހުން ބުނީ ހިޔާ ފްލެޓެއްގެ ކޮރިޑޯގައި މީހަކަށް އަނިޔާކުރާ ވީޑިއޯއެއް 19 ޖޫންގައި ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އެއީ ކޮން ބައެއްކަން ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެހެންކަމުން އެ ވީޑިއޯއާއި ގުޅޭ އެއްވެސް […]
އީސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ އާ ރައީސަށް މަރުޙަބާ ކިޔަން ތައްޔާރުވަނީ
އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން ރައީސަކު އިންތިޚާބުކުރަން ބާއްވާ އާންމު އިންތިޚާބުގައި މާދަމާ ވޯޓުލުން އޮންނާނެއެވެ. އޭގެތެރޭގައި އިސްލާހީ ފިކުރުގެ ބޭފުޅަކު ވެސް ހިމެނިވަޑައިގަންނަވައެވެ. ދެން ތިއްބެވި ހުރިހާ ބޭފުޅުންނަކީ ވެސް އިސްލާމީ ފިކުރުގެ ބޭފުޅުންނެވެ. އީރާނުގެ ރިޔާސީ އިންތިޚާބު ގާނޫނީ ގޮތުން ބޭއްވޭނީ 2025 ވަނަ އަހަރުގައެވެ. އެހެންނަމަވެސް ކުރިން ހުންނެވި ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރ މި ހުސްވި މަހު ކްރޭޝްވުމާ ގުޅިގެން އެމަނިކުފާނު އަވަހާރަވެފައިވާތީ އަލުން ރައީސަކު އިންތިޚާބު ކުރަން ގާނޫނު އަމުރުކުރެއެވެ. އީރާނުގެ […]
ދިވެހިންގެ އެހީގައި ޚިދުމަތް ޖަމިއްޔާއިން ޣައްޒާގައި އިތުރު މިސްކިތެއް ބިނާކޮށްފި
ދިވެހި ރައްޔިތުންގެ އެހީގައި ޚިދުމަތް ޖަމިއްޔާގެ އިސްނެގުމުގެ މަތިން ފަލަސްޠީނުގެ ޣައްޒާގައި އިތުރު މިސްކިތެއް ބިނާކޮށްފިއެވެ. މިކަންހާމަކޮށް ޚިދުމަތް ޖަމިއްޔާއިން މިއަދު ބުނީ މިއީ އެ ޖަމިއްޔާގެ ފަރާތުން ފަލަސްޠީނުގެ ޣައްޒާގައި ބިނާ ކުރި ދެ ވަނަ ވަގުތީ މިސްކިތް ކަމަށެވެ. އެގޮތުން އެ ޖަމިއްޔާއިން ޣައްޒާގައި ބިނާކުރި ފުރަތަމަ ވަގުތީ މިސްކިތް މިދިޔަ މެއި މަހުގެ ފަހުކޮޅު ހުޅުވާފައި ވާއިރު، ދެ ވަނައަށް ބިނާ ކުރި ވަގުތީ މިސްކިތް ހުޅުވާފައި މިވަނީ މި ހަފްތާގެ ތެރޭގައެވެ. […]
ޔޫކްރެއިން ސިފައިންގެ އިސް މަގާމުތަކުގައި މުނާފިގު ވިސްނުން މޫލާފައި
ޔޫކްރެއިންގެ ރައީސް ޒެލެންސްކީގެ އޮފީހަށް ޙަވާލާދީ ދަ ޓެލިގްރާފުގެ މިއަދު ސުރުޚީތަކުން އެންމެ ފާހަގަކުރެވޭ އެއް ޚަބަރަކީ އެ ގައުމުގެ ސިފައިންގެ އެންމެ އިސް ކޮމާންޑަރުންގެ ތެރޭގައި ހިމެނޭ ޖޮއިންޓް އާރމްޑް ފޯސަސްގެ ކޮމާންޑަރ ލެފްޓިނެންޓް ޖެނެރަލް ޔޫރީ ސޮޑޯލް ވަޒީފާއިން ވަކި ކުރެއްވައި އޭނާގެ ބަދަލުގައި އެމަގާމަށް ބްރިގޭޑިއަރ ޖެނެރަލް އެންޑްރީ ނާޓޯވް އައްޔަން ކުރި ޚަބަރެވެ. ރައީސް ޒެލެންސްކީގެ އޮފީހުން ބުނެފައިވަނީ ރަޝިޔާގެ އެއްވެސް ޖެނެރަލެއްގެ އޯޑަރ ރަޝިޔާ ސިފައިން ތަންފީޒުކުރުމުގެ ސަބަބުން މަރު […]
ޒުވާން ޚަޠީބުން ޕްރޮގްރާމުގެ ދެވަނަ ބެޗުގެ އެޕްލިކޭޝަނަށް ހުޅުވާލައިފި
ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ދެވަނަ ބެޗުގެ އެޕްލިކޭޝަނަށް ހުޅުވާލައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ ދެވަނަ ބެޗް 3 ސަރަހައްދެއްގައި ބާއްވާނެ ކަމަށެވެ. އެގޮތުން މި ފަހަރުގެ ޕްރޮގްރާމްގެ އިމްތިހާނު މާލޭގެ އިތުރުން އައްޑޫ ސިޓީ އަދި މީމު އަތޮޅުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ޒުވާން ޚަޠީބު ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ. […]
މިހާރަށްވުރެ ގިނައިން ފައިސާ ޗާޕުކުރެވޭ ގޮތަށް ގާނޫނު ބަދަލުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދައުލަތުން ދަރަންޏަށް ފައިސާ ނެގޭ އަދަދު މިހާރަށްވުރެ އިތުރުކޮށް، މިހާރު އަމަލުކުރަމުން އަންނަ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބަދަލުގައި ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނެއް ފަރުމާކޮށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ. ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން, އެމްއެމްއޭއިން ސަރުކާރުން ދަރަންޏަށް ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި […]
ހޭނުނައްތާ ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކޮށްފި
ބޭސްފަރުވާ ކުރުމުގައި ހާސިލްވި މުހިންމު ކުރިއެރުމަކާއެކު، އެމެރިކާގައި ޕޭޝަންޓް ހޭނުނައްތާ ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަނެއް ކޮށްފި އެވެ.ޗިކާގޯގެ ނޯތުވެސްޓަރން މެޑިސިން ހޮސްޕިޓަލްގައި މި އޮޕްރޭޝަން ކުރި ޖޯން ނިކޮލަސް ވެގެން ގޮސްފައިވަނީ ހޭނުނައްތާ ކިޑްނީ ބަދަލު ކުރުމުގެ މުޅި އޮޕަރޭޝަން ކުރި ފުރަތަމަ މީހާ އަށެވެ. އަދި އޭނާވަނީ ޖެހިގެން އައި ދުވަހު ހޮސްޕިޓަލުން ދޫވެސް ކޮށްލާފައެވެ. އޭނާ ހޮސްޕިޓަލުން ނިކުތީ ވެސް ހިނގާފައި ކަމަށްވެސް ވެއެވެ. ކިޑްނީ ބަދަލުކުރާ އެހެން މީހުން ހަފްތާއެއްހާދުވަހު ހޮސްޕިޓަލްގައި […]
ގައު ހުދުވާ މައްސަލައިގައި ސައިންސްވެރިން އަނެއްކާވެސް ކަންބޮޑުވުން ފާޅު ކުރަންފަށައިފި
ދުނިޔޭގެ އެންމެ ބޮޑު ކޮރަލްރީފް ސިސްޓަމް ކަމަށްވާ ގްރޭޓް ބެރިއަރ ރީފް ގައި ހިމެނޭ ބޮޑު ފަރެއްގެ 97 އިންސައްތަ ގައު ހުދުވެފައިވާތީ ފެނުމުން ސައިންޓިސްޓުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. ގްރޭޓް ބެރިއަރ ރީފް ގައި 100އެއްހާ ޖަޒީރާއާއި އެކު 2900 ބޮޑެތި ފަރުތައް ހިމެނޭއިރު މިހާރު ފެނިފައިމިވަނީ ގައު ހުދުވުމުގެ އެންމެ ސީރިއަސް މައްސަލަ ކަމަށް ސައިންސްވެރިން ބުނެފައި ވެއެވެ. އަދި މިހާރު ގެންދަނީ މައްސަލަ ފެނުނު ލިޒަރޑް އައިލަންޑް ގެ ފަރުތައް ޑްރޯން […]
އަމިއްލަ ބޭނުންތަކަށް ގެންނަ ތަކެތީން ޑިއުޓީ މައާފުވާ މިންވަރު 10,000 ރުފިޔާއަށް މަތިކުރަނީ
އަންނަ މަހުން ފެށިގެން ދަތުރުވެރިން ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދި ކުދި ބޭނުންތަކަށް ގެންނަ ތަކެތީން ޑިއުޓީ މައާފުވާ މިންވަރު 6,000 ރުފިޔާއިން 10,000 ރުފިޔާ އަށް މަތިކުރަން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނުގެ ދަށުން ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދި ކުދި ބޭނުންތަކަށް ގެންނަ ތަކެތިން ޑިއުޓީ މައާފުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ ތަކެތިދޫކުރުމުގައި ކަސްޓަމްސްއިން އަމަލުކުރާނެ ގޮތުގެ އުސޫލުގައެވެ. ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދި […]
އެމެރިކާގެ ސަފީރު ރަޝިޔާގެ ޚާރިޖިއްޔާއަށް ޙާޒިރު ކުރުވައިފި
ރަޝިޔާގައި ހުންނަވާ އެމެރިކާގެ ސަފީރު ލިނޭ ޓްރެސީ އިއްޔެ ރަޝިޔާގެ ޚާރިޖިއްޔާއަށް ޙާޒިރުކޮށްފިއެވެ. ރަޝިޔާގެ ޚާރިޖިއްޔާއިން އެމެރިކާގެ ސަފީރު ޙަޒިރުކޮށްފައި މިވަނީ އެމެރިކާއިން ޔޫކްރެއިނަށް ދީފައިވާ އެޑްވާންސްޑް ދުރު ރާސްތާ މިސައިލު ބޭނުން ކޮށްގެން ރަޝިޔާގެ ކްރީމިއާއަށް ޙަމަލާދީ 4 މީހަކު މަރާލައި އަދި 150 އަށްވުރެން ގިނަ މީހުން ޒަޚަމްކޮށްލުމާގުޅިގެން އިޙްތިޖާޖު ކުރުމުގެ ގޮތުންނެވެ. އެމެރިކާއިން ނުވަތަ ޔޫކުރެއިން އިން މިހާތަނަށް އެ މައްސަލާގައި ވާހަކަ ދައްކާފައެއް ނުވެއެވެ. އަދި ޔޫކްރެއިނުން ކްރެމިއާއަށް ދިން ޙަމަލާގައި […]