ޑެލްހީ އެއާޕޯޓްގެ ފުރާޅެއް ވެއްޓުމުގެ ސަބަބުން އެކަކު މަރުވެ ބޮޑެތި ގެއްލުންތައް ލިބިއްޖެ
ބޯކޮށް ވާރޭވެހި ފެން ބަރުވުމުގެ ސަބަބުން ޑެލްހީ އެއާޕޯޓްގެ ފުރާޅެއް ވެއްޓި އެކަކު މަރުވެ ކާރުތަކެއް ހަލާކު ވެއްޖެ އެވެ.އޮންލައިން ވީޑިއޯ ތަކުންފެންނަ ގޮތުގައި ފުރާޅު ވެއްޓިފައި ވަނީ ފުރާޅު ހިފެހެއްޓުމަށް ޖަހާފައިވާ ތަނބުތައް ބިންދައިގެން ދިއުމުގެ ސަބަބުންނެވެ.އަދި ތަނބުތައް ވެއްޓިފައި ވަނީ ޓާމިނަލް ވަން ކައިރީގައި ބާއްވާފައި ހުރި ކާރު ތަކެއްގެ މައްޗަށް ކަމުން ކާރުތައްވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. މިއަދު ފަތިހު 5ޖެހިއިރު ހިނގި މި ހާދިސާގައި 4 މީހުންނަށް ވަނީ އަނިޔާވެފައެވެ. […]
ހިޒްބުއްލާ ހަނގުރާމަ އުދަރެހުން ދައްކާލުމާއެކު އިސްރާއީލުން އެމެރިކާގެ އިތުރު އެހީ ކަށަވަރުކޮށްދޭން އެދިއްޖެ
ފޮކްސް ނިއުސްގެ ޕީޓަރ އެއިޓްކެން ރިޕޯރޓް ކޮށްފައިވާ ގޮތުގައި މިދިޔަ އަންގާރަ ދުވަހު އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯ ގަލަންޓް ޕެންޓަގަނަށްގޮސް އީރާނާއި އަދި މެދުއިރުމަތީގައި ހަރަކާތްތެރި ވަމުން ގެންދާ އީރާނުގެ ބައިވެރިންނާއި ދެކޮޅަށް ހަނގުރާމަކުރުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިއުމަށްޓަކައި އެމެރިކާގެ އެހީ ބޭނުންވާކަމަށް ބުނެފިއެވެ. އަދި އެހީތައް މެދުކަނޑާ ނުލުން އެދި އާދޭސްކޮށްފިއެވެ. އެސޯޝިއޭޓެޑް ޕްރެސްއިން އެމެރިކާގެ ޖޮއިންޓް ޗީފް އޮފް ސްޓާފްއަށް ހަވާލާދީ މީގެކުރިން ބުނެފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން އީރާނުން އިސްރާއީލަށް […]
ކަނބަލުންތަކެއް 17 އަހަރު ވަންދެން ދުށް ހުވަފެން, “ޚިދުމަތުގެ“ އިސްނެގުމާއެކު ހަގީގަތަކަށް
އެފްރިކާގެ ގައުމެއް ކަމަށްވާ ޓެންޒޭނިޔާގެ ކަނބަލުންތަކެއް މިސްކިތެއް ބިނާކުރުމަށް މަސައްކަތް ފެށީ މީގެ 17 އަހަރު ކުރިންނެވެ. މިސްކިތް ބިނާކުރުމަށްޓަކައި 17 އަހަރު ވަންދެން ފަންޑްރައިޒް ކޮށްގެން ލިބުނު ފައިސާއިން ހެދުނީ މިސްކިތުގެ ހަތަރު ފާރު އެކަންޏެވެ. އެގޮތުން ފަންޑު ހުސްވެގެން މިސްކިތް ނޭޅިގެން އެ ގައުމުގެ އެކިއެކި ޖަމްއިއްޔާތަކާއި ޖަމާއަތްތަކުގެ އެހީތެރިކަން ހޯދުމަށް އެ ކަނބަލުން ޕްރޮޕޯސަލްތައް ވެސް ހުށަހަޅައިފައިވެއެވެ. ޓެންޒޭނިއާގެ ކަނބަލުން އެ މަސައްތުގައި އުޅެނިކޮށް, އެތައް ހާސް މޭލެއްގެ ދުރުމިނުގައި އޮތް މި […]
މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ނިޔާވެއްޖެ
މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ގައިދީއަކު މިއަދު ނިޔާވެއްޖެއެވެ. ނިޔާވެފައި ވަނީ ށ.ފުނަދޫ ޒަމާނީ ވިލާ މުޙައްމަދު ޖަމީލް (45 އަހަރު) އެވެ. ކަރެކްޝަނަލް ސާވިސް އިން ބުނީ މުޙައްމަދު ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ވަނީ ސީޕީއާރް ދީފައި ކަމަށެވެ. ނަމަވެސް އެއްވެސް ބަދަލެއް އައިސްފައި ނުވާތީ 12:13 ހާއިރު މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް […]
ކަރެކްޝަންގެ 13 މުވައްޒަފަކު ހައްޔަރުކޮށްފި
ފޯނާއި މަސްތުވާތަކެތި ޖަލުތަކުގައި ތިބޭ ގައިދީންނަށް ވައްދައިދޭ ކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންތަކެއް ހޯދައި ހައްޔަރުކުރުމަށް ފުލުހުން ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ކަރެކްޝަންގެ 13 މުވައްޒަފަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަބްދުﷲ ޝަރީފް ވިދާޅުވީ، ކަރެކްޝަންސްގެ މުވައްޒަފުން ގުޅިގެން ޖަލުތަކަށް މަސްތުވާތަކެތި ވައްދާ ކަމަށް ލިބުނު މައުލޫމާތާއި ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ކަރެކްޝަނުގެ 18 އޮފިސަރުންގެ ބައިވެރިވުން އެކަމުގައި […]
ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތް 1029 ބައިވެރިންނާއެކު ފަށަނީ
ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް އަންނަ ހޮނިހިރު ދުވަހު 1029 ބައިވެރިންނާއެކު ފަށަން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ މުބާރާތުގައި 119 މުއައްސަސާއަކުން 1029 ބައިވެރިން ވާދަކުރާ ކަމަށާއި އެއީ 52 ސިޓީ ސްކޫލުން 365 ބައިވެރިންނާއި އަތޮޅު ކައުންސިލުން 357 ބައިވެރިންނާއި އެހެނިހެން މުއައްސަސާތަކުން 292 ބައިވެރިންނާއި ހާފިޒުންގެ ބައިގައި ވާދަކުރާ 15 ބައިވެރިން ކަމަށެވެ. މިއަހަރުގެ މުބާރާތް ހުޅުވާލައިފައިވަނީ އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށާއި ޤުރްއާން ކުލާސްތަކުގެ އިތުރުން […]
މި ސަރުކާރުން ފަޔަރ އެންޑް ރެސްކިޔުގެ ޤާބިލުކަން އިތުރުކޮށް، ޒަމާނީ ޓެކްނޮލޮޖީ ޤާއިމުކޮށްދޭނެ:ނައިބު ރައީސް
ދިވެހިރާއްޖޭގެ މައި އެއަރޕޯޓު އިތުރަށް ތަރައްޤީކޮށް، ޚިދުމަތް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރުގައި ފަޔަރ އެންޑް ރެސްކިޔުގެ ޤާބިލުކަން އިތުރުކޮށް، އެންމެ ޒަމާނީ ޓެކްނޮލޮޖީއާ، އެންމެ އިތުބާރުހުރި ވަޞީލަތްތައް ޤާއިމުކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ފަޔަރ ސްޓޭޝަން ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ނައިބުގެ ވާހަކަފުޅުގައި ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބަކީ ފަތުރުވެރިކަންކަމުގައި ފާހަގަކުރައްވައި މަދަނީ ވައިގެ […]
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް މިނިވަން ދުވަހުގެ ކުޅިވަރުތައް ނުބާއްވަން ނިންމައިފި
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް މިނިވަން ދުވަހުގެ ކުޅިވަރުތައް ނުބާއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މުޢިއްޒު މިކަންހާމަކުރެއްވީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އަދި ޚާއްސަކޮށް ރިކަރަންޓް ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާކަން ހާމަކުރައްވާ މީސްމީޑިޔާގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް މުޢިއްޒު ވިދާޅުވީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މަޤާމުތައް މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަފުލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭކަމަށެވެ. އެގޮތުން ކުރިޔަށް […]
ތައިވާނު އަތުލުމަށްޓަކައި ޗައިނާއިން އެންމެ އުންޑައެއްވެސް ޖަހާކަށް ނުޖެހޭނެ
ކިއުންތެރިންނަށް މިގެނެސްދެނީ ތައިވާނުގެ މައްސަލާގައި ޗައިނާގެ ސިޔާސަތުގެ މައްޗަށް ސީ އެން އެން ގެ މުޙައްލިލު ބްރެޑް ލެންޑަން ކުރައްވާފައިވާ ދިރާސާއެކެވެ.ޗައިނާއިން ތައިވާނާ ދިމާއަށް އެންމެ އުންޑައެއްވެސް ފޮނުވާ ލުމަކާ ނުލައި ޗައިނާއިން ބޭނުންވާ ގޮތަކަށް ބޭނުންވާ މިންވަރަކަށް ތައިވާން ކަކޫ މައްޗަށް ތިރިކުރެވިދާނެއޭ ބުނުމަކީ ޙަގީގަތާ ދުރަށް ދިއުން ކަމަކަށް ނުބެލެވޭނެއެވެ. ތައިވާނުގެ މުޅި އިގްތިސާދު ފޫދުއްވާލުމަކީ ޗައިނާއަށް އުދަނގޫ ކަމަކަށް ނުވާނެތީއެވެ. ތައިވާން ޗައިނާގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް ވިދާޅުވެ މިފަހަކަށް އައިސް […]
ޚަރަދު ކުޑަކުރުމަށް މެމްބަރުންގެ އިންޝުއަރެންސް ކަނޑާލަން ތާއީދު ކަމަށް ޝުޖާއު ވިދާޅުވެއްޖެ
ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އިންޝުއަރެންސް ކަނޑާލަން ތާއީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ. ޝުޖާއު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ޝުޖާއު ވިދާޅުވީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ޤައުމީ މަސައްކަތަށް އެއްބާރުލުން ދެއްވުމުގެ ގޮތުން މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް މިހާރުން މިހާރަށް ކަނޑާލަން ތާއީދު ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ލިބޭ […]