ރަޝިޔާއާއި ދެކޮޅަށް ހަނގުރާމަ ކުރަން ދުނިޔެއިން ދެ ފަހަރަށް ވިސްނަންޖެހޭ
މިދިޔަ ހުކުރު ދުވަހު ރޮސްކޮސްމޯސް ޖައްވީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ރަޝިޔާއިން ސަރްމަތު އިންޓަރކޮންޓިނެންޓަލް ބެލިސަޓިކް މިސައިލް މަގާމުތަކަށް ގެނައުމަށްފަހު ބުނެފައިވަނީ ރަޝިޔާއާއި ދެކޮޅަށް ހަނގުރާމަ ކުރުމުގެ ކުރިން ދުނިޔެއިން ދެފަހަރަށް ވިސްނަން ޖެހޭނެ ކަމަށް ރައީސް ޕޫޓިން ވިދާޅުވެއްޖެއެވެ. ސަރްމަތު ސްޓްރާޓީޖިކް ކޮމްޕްލެކްސް މިހާރު ހަނގުރާމައިގެ މައިދާނަށް ނެރެވިއްޖެކަމަށް ރޮސްކޮސްމޯސްގެ ޑިރެކްޓަރ ޖެނެރަލް ޔޫރީ ބޮރިސޯވް ބުނެފައިވާކަމަށް މޮސްކޯ ޓައިމްސް އާ ޙަވާލާދީ ރަޝިޔާގެ އާރް އައި އޭ ނޮވޯސްޓީ ނިއުސް އޭޖެންސީން ޚަބަރުދީފައިވެއެވެ.ސަރްމަތު ނުވަތަ […]
އިސްރާއިލަށް ހަތިޔާރު ހިފައިގެން ދިޔަ އިންޑިޔާގެ 2 ބޯޓު ސްޕެއިންގެ ސަރަހައްދަށް ވަނުން މަނާކޮށްފި
އިސްރާއިލް އަށް ހަތިޔާރު ހިފައިގެން ދިޔަ އިންޑިޔާގެ 2 ބޯޓު ސްޕެއިންގެ ސަރަހައްދަށް ވަންނަން އެގައުމުން މަނާކޮށްފިއެވެ. މިހާރު ކުރިޔަށްދާ އިސްރާއިލް ފަލަސްތީން ހަނގުރާމަޔަށް ހިއްވަރުދޭކަހަލަ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވާނެކަމަށް ސްޕެއިނުން ކުރިންވަނީ ބުނެފައެވެ.އެގައުމުގެ ފޮރިންމިނިސްޓަރ ވިދާޅުވީ އިންޑިޔާގެ ދެބޯޓު ސްޕެއިންގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ނުދިނީ މި އުސޫލުގެ ދަށުން ކަމުގައެވެ. އިންޑިޔާގެ ދެބޯޓުގައި ގިނަ އަދަދެއްގެ މިލިޓަރީ ހަތިޔާރުގެ އިތުރުން 27 ޓަނުގެ އެކްސްޕްލޯސިވްސް ހުރި ކަމަށް ވެއެވެ. ބްރަސްލްސްގައި ވާހަކަ ދައްކަވަމުން […]
ޔަމަނުގެ ހޫތީ މުޖާހިދުން މަތަކުރަން ސަޢޫދީ ދިފާއީ ވަޒީރު ޗައިނާއަށް
މިއަހަރު ކުރީކޮޅު ސަޢޫދީ އެރޭބިޔާގެ ވެރިރަށް ރިޔާޒުގައި ބޭއްވި ދުނިޔޭގެ ދިފާއީ ޝޯ ގައި ޗައިނާއިން ވަރަށް ބޮޑު ޙިއްސާއެއް އަދާކުރިއެވެ. ސަޢޫދީ އެރޭބިޔާއިން މިހާރުވަނީ ޗައިނާގެ ހަތިޔާރު ގަތުމަށް 4 ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއް ޗައިނާއެކު ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން އާރމްޑް ޑްރޯނާއި ބެލިސްޓިކް މިސައިލް އަދި އެންޓި-ޑްރޯންސް ލޭޒަރ ބޭސްޑް ސިސްޓަމް ޗައިނާއިން ސަޢޫދީއަށް ފޯރުކޮށްދޭނެއެވެ. މިހާރުވެސް ސަޢޫދީ އެރޭބިޔާއަށް އެންމެ ގިނައިން ހަތިޔާރު ވިއްކާ ގައުމަކީ އެމެރިކާއެވެ. އަދި އެމެރިކާއަކީ […]
ސިޔާސީ މަގާމުތަކުގެ މުސާރައަށް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު!؟
މި ސަރުކާރުން 2،000 އަށްވުރެ ގިނަ ސިޔާސީ މަގާމަށް މީހުން އައްޔަންކުރައްވައި, އެ މީހުންނަށް މުސާރަ ދިނުމަށް މަހެއްގެ މައްޗަށް 700 މިލިއަން ރުފިޔާ ޚަރަދު ކުރަމުން އަންނަ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އިއްޔެ ވަނީ ވިދާޅުވެފައެވެ. އެމްޑީޕީއިން އިއްޔެ (29 ޖޫން ގައި) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ މި ސަރުކާރުގެ ނާގާބިލުކަމުގެ ސަބަބުން މާލީ ހާލަތު ގޯސްވެފައިވާ ކަމަށެވެ. އަދި އެކަން ފޮރުވުމަށްޓަކައި މިއަދުގެ ސަރުކާރުން ހަގީގަތާ ޚިލާފު […]
އީރާނުގެ ރިޔާސީ އިންތިޚާބު ރަން-އޯފް އަކާ ދިމާލަށް
އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ރިޔާސަތަށް ބޭފުޅަކު އިންތިޚާބުކުރަން އިއްޔެ ނެގި ވޯޓު ރަން- އޯފް އަކާދިމާލަށް ހިނގައްޖެއެވެ. މިއަދު ޚަބަރުދީފައިވާ ގޮތުގައި ކުރީގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވުމުން އެ މަނިކުފާނުގެ ބަދަލުގައި ރިޔާސަތަށް އެހެން ބޭފުޅަކު އައްޔަންކުރަން އިއްޔެ ބޭއްވުނު އިންތިޚާބީ ވޯޓުގައި އެންމެ ކުރީގައި އުޅުއްވާ 2 ބޭފުޅުންނަށް ކާމިޔާބު ނުކުރެވުމުގެ ސަބަބުން ރަން- އޯފަކަށް ދާން ސަރުކާރުން ނިންމަވާފައި ކަމަށް އީރާނުގެ އޮފިޝަލަކު ހާމަކޮށްފިއެވެ. އީރާނުގެ އިލެކްޝަން އޮފީހުގެ ތަރުޖަމާނު މުޙްސިނު […]
އެމެރިކާގެ ރިޔާސީ ބަހުސްގައި ދެ މުސްކުޅިންގެ ޒުވާބު
ކިއުންތެރިންނަށް މި ގެނެސްދެނީ ސީ އެން އެން އިން އިންތިޒާމްކޮށްގެން ރޭގައި ބޭއްވުނު އެމެރިކާގެ ރިޔާސީ އިންތިޚާބީ ބަހުސް ބައެއް ތަންތަންކޮޅެވެ. މި ލިއުން ބިނާކޮށްފައިވާނީ ސީ އެން އެން ގެ އަންދާޒާގެ މައްޗަށެވެ. 2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތި ލައްވާފައިވާ މިހާރުގެ ރައީސް ޖޯ ބައިޑްން އާއި ކުރީގެ ރައީސް ޓްރަމްޕް އާއި ދެބޭފުޅުންކުރެން ރިޔާސީ ތަޚްތު މިފަހަރު ކާމިޔާބު ކުރައްވާނީ ކޮންބޭފުޅެއްތޯ އަހައިފިނަމަ އެއްވެސް ފިކުރެއް ނެތި ބުނެވޭނީ ކުރީގެ […]
ގައުމު މިއޮށް ފަނާވަނީ, ނުފުއްދޭވަރު “ވައުދުތައް“ ހުއްޓާލާފައި އިލްތިޒާމުތައް އަދާކުރޭ
ދުނިޔޭގެ އެންމެ އިތުބާރު ހިފޭ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗުން މިދިޔަ ބުދަ ދުވަހު ވަނީ ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން “ބީ މައިނަސް“ އިން “ސީސީސީ ޕްލަސްއަށް ދަށްކޮށްފައެވެ. މިއީ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ބޭރުގެ ދަރަނިތައް ނުދެއްކި, ޑީފޯލްޓްވުމުގެ ފުރުސަތު ވަރަށް ބޮޑެތި ގައުމުތަކަށް ދޭ ރޭޓިންއެކެވެ. ރޭޓިން ދަށްކުރި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ފައިސާ ހޯދުމަށް ހުރި ހުރަސްތައް އިތުރުވުމާއި ރާއްޖޭގެ ދަރަންޏާއި މާލީ ހާލަތު ނާޒުކުވަމުން […]
ޕޯސްޓް މޯޓަމް ނަހަދާ ޖަމީލްގެ ހަށިގަނޑު ވަޅުލައިފި
މާފުށީ ޖަލުގައި ބަންދުކޮށްފައި ހުއްޓާ އިއްޔެ ނިޔާވި މުހައްމަދު ޖަމީލުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އާއިލާއިން ދެކޮޅު ހެދުމުން އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ނުހަދައި ރޭ ފަތިހު ވަޅުލައިފިއެވެ. ހިތް ހުއްޓިގެން ޖަމީލު ނިޔާވި ކަމަށް ކަނޑައަޅާފައި ވަނީ އިއްޔެ 12:45ގައެވެ. ޖަމީލަށް އަނިޔާކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަން ފެށުމުން އޭނާގެ ހަށިގަނޑުގެ ޕޯސްޓު މޯޓަމް ހެދުމަށް ފުލުހުން ވަނީ ނިންމާފައެވެ. އެގޮތުން ފުލުހުން ވަނީ ހުޅުމާލޭ ސަހަރާއަށް ގޮސް ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑުގެ […]
ފުރިހަމަ މަޢުލޫމާތު ނެތި ކަމެއް ނުފަށާށެވެ.
މަތިންދާބޯޓު ސާފުކުރުމުގެ މަސައްކަތް ކުރާ މީހަކު އެއްދުވަހަކު ޕައިލެޓުގެ ކެބިން ސާފުކުރަނިކޮން އޭނާ އަށް ފޮތެއް ފެނުނެވެ. ފޮތުގެ ނަމަކީ ”އަލަށް ފަށާ މީހުން ބޯޓު ދުއްވަން ދަސްކުރާނެގޮތް“ ވޮލިއުމް1 މިއެވެ. އޭނާ ފޮތް ހުޅުވާލިއެވެ. އަދި ފުރަތަމަ ސަފުހާ ބަލާލިއިރު އޭގައިވަނީ ”އިންޖީނު އިސްޓާޓް ކުރުމަށް ރަތްކުލައިގެ ފިތަށް ފިއްތާލާށެވެ“ މިހެންނެވެ.އޭނާ ރަތް ފިތަށް ފިއްތާލިއެވެ.އެއާއެކު އިންޖީނު އިސްޓާޓު ވެއްޖެ އެވެ. ވަރަށް އުފަލުން އޭނާ ފޮތުގެ ދެވަނަ ސަފުހާ ހުޅުވާލިއެވެ. އެ ސަފުހާގައިވަނީ ”ބޯޓު […]
މާފުށީ ޖަލުގައި ސަޖިދާގައި އޮއްވާ ނިޔާވި ގައިދީގެ ޕޯސްޓުމޯޓަމް ހަދަން ނިންމައިފި
މިއަދު މާފުށީ ޖަލުގައި ސަޖިދައިގައި އޮއްވާ ނިޔާވި ގައިދީގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ. ނިޔާވެފައި ވަނީ ށ.ފުނަދޫ/ޒަމާނީވިލާ މުހައްމަދު ޖަމީލު (45)، ށ. އެވެ. މިކަމާއި ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހްސާން މިރޭ ވިދާޅުވީ ސީސީޓިވީ ފޫޓޭޖުން ދައްކާ ގޮތުން ޖަމީލު ނިޔާވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު ނަމާދުކުރަން ސަޖިދާގައި އޮއްވާ ކަމަށެވެ. ގައިދީއަކު ނިޔާވެއްޖެނަމަ އަބަދުވެސް އެކަން ފުލުހުން ތަހުގީގު ކުރާކަމަށާއި ޝައްކު ކުރެވޭ ކަންކަން ހުންނަމަ ހިއުމަން ރައިޓްސް ކޮމިޝަނުންވެސް […]