ނަމުގައި ރައްޔިތުންގެ މަޖިލިސް!

އަޅުގަނޑުމެންގެ މިނިވަން ދިވެހިރާއްޖޭގެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ނިމިގެން މިދިޔައީ ދާދި މިދާކަށް ދުވަހުގައެވެ. ރައްޔިތުންގެ ނަމުގައި 19 މަޖްލިސް ނިމިގެންދާއިރު ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންނާ ހުރި ގުޅުމުގެ މައްޗަށް ބަލާލުން ބޭނުމެވެ. އަޅުގަނޑަށް ދުނިޔޭގައި ޖެހޭ ވަޔާ އޮއިވަރު ރަނގަޅަށް އެނގެންފެށީ ހަތްދިހައިގެ އަހަރު ތަކުގެ ފަހުކޮޅުން ފެށިގެނެވެ. އެ ދުވަސްވަރު ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލުމަށް ކޮންމެ ކޮންމެ މީހަކު ޝަރުތު ފުރިހަމަވެއެކޭ ނުބުނެވޭނެއެވެ.  މަޖިލީހަށް ކުރިމަތި ލުމުގެ ޝަރުތުގައި ސަރުކާރުގެ […]

ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު މީހާގެ ހަށިގަނޑު ފެނިއްޖެ 

ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު މީހާގެ ހަށިގަނޑު ފެނިއްޖެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ. ގެއްލިގެން ހޯދަމުން އައީ ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި “ލިއޯ ޕާލް” ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރި މީހެކެވެ.  އެމްއެންޑީއެފުން ދެންމެ ބުނީ ”ލިއޯ ޕާލް“ ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާގެ ހަށިގަނޑު، ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓްގެ ދަށުގައި އޮއްވައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ހޯދައިފި ކަމަށެވެ. […]

އަޟްހާ އީދު ފާހަގަކުރަން ޝައުގުވެރިވާ ރަށްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި 

މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ އަޟްހާ އީދު ދުވަހަކީ ޖޫން މަހުގެ 17 ވަނަ ދުވަހެވެ.  ދިވެހި ބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ މިނިސްޓްރީއާ ގުޅިގެން މި އަހަރުގެ ބޮޑު އީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. މި އަހަރުގެ ބޮޑު އީދުގެ […]

ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލާ އެކަކު ގެއްލިގެން ހޯދަނީ 

ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހައިލައި، އޭގެން ދަތުރު ކުރި މީހަކު ގެއްލިއްގެން ހޯދަން ފަށައިފިއެވެ. މިކަން ހާމަކޮށް އެމްއެންޑީއެފުން ދެންމެ ބުނީ ބަންޑުން ޖަހައިލީ ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި ”ލިއޯ ޕާލް“ ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓެއް ކަމަށެވެ.  އަދި މި ލޭންޑިން ކްރާފްޓުން ދަތުރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު ވަނީ ސީއެމްބިއުލޭންސް އަކަށް ނަގާފައި ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.  މިގޮތުން އޭގެން ދަތުރުކުރި […]

ފައިސާގެ މައްސަލައެއްގައި ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ފައިސާގެ މައްސަލައެއްގައި ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަންފަށައިފިއެވެ. މިކަން ހާމަކޮށް ފުލުހުން މިއަދު ބުނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށެވެ.  ފުލުހުން ބުނީ މި އަމުރާ ގުޅިގެން ހޯދަމުންދަނީ ށ. ކޮމަންޑޫ/ އުރަހަ، މުޙައްމަދު ނިޔާޒު (43އ) ކަމަށެވެ.   މުޙައްމަދު ނިޔާޒް ހޯދަމުންދަނީ ރަހުނު ނުހިމެނޭ […]

އާޓްސް ސްކޫލެއް ތަރައްޤީ ކުރުމަށް ޝައުގުވެރިކަން ފާޅު ކުރުމަށް ހުޅުވާލައިފި

ރާއްޖޭގައި އާޓްސް ސްކޫލެއް ތަރައްޤީ ކުރުމަށް ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.  އިކޮނޮމިކް މިނިސްޓްރީން ގެޒެޓުގައި އާންމުކުރި އިޢުލާނުގައި ބުނީ ރާއްޖޭގައި އިންޓަނޭޝަނަލް އާޓް ސްކޫލެއް ތަރައްޤީ ކުރަން ބޭނުންވާ ކަމަށެވެ.  އަދި އެ ސްކޫލު ތަރައްޤީ ކުރާނީ މައިގަނޑު ތިން ކަމެއް ފޯކަސްކޮށްގެން ކަމަށް ބުނެފައި ވެއެވެ.   އެގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނީ އާޓްސް ދާއިރާގައި މަސައްކަތް ކުރުމަށް އިތުރު މީހުން އުފައްދާ ހިތްވަރު ދިނުމާއި، ތަމްރީނާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ތަމްރީނު ދިނުމާއި، […]

“ސުޕަރ މެޖޯރިޓީ“ ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

Advert Muizzu

ސަރުކާރުގެ އަމާޒަކީ، ރައްޔިތުންގެ މަޖިލިސް އިންތިޚާބުން ލިބުނު ’ސުޕަރ މެޖޯރިޓީ‘ ބޭނުންކޮށްގެން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށް ކަމަށާއި ސުޕަރ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެކަމަށް ސަރުކާރުން ބުނެފިއެވެ. މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއިން ވަނީ 70 އަށްވުރެ ގިނަ ގޮނޑި ހޯދައިފައެވެ. އަދި އަމިއްލަ ގޮތުން ހޮވުނު ބައެއް މެންބަރުން މިހާރު ވަނީ ޕީއެންސީއާ […]

އަންހެނުންގެ ބާރުވެރިކަން އިތުރުކުރެވޭނެ މަގު ހޯދުމުގެ މުހިންމު: ފަސްޓް ލޭޑީ

އަންހެނުންގެ ބާރުވެރިކަން އިތުރުކުރެވޭނެ މަގު ހޯދުމުގެ މުހިންމު ކަމަށާއި، އަންހެނުންގެ ގާބިލުކަން އިތުރުވި ވަރަކަށް މުޖުތަމައުގައި އަންހެނުންގެ ތަޖުރިބާތައް ހިމެނޭ މައްސަލަތަކަށް ހައްލު ލިބުމުގެ މަގު ފަހިވެގެންދާނެކަމުގައިރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު މިހެން ވިދާޅުވީ ”މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ“ ގެ ދެވަނަ ދައުރު އިފުތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިސްނަންގަވައިގެން ކުރިއަށް ގެންދަވާ މި ކޮމިޓީ އިފުތިތާހުކޮށްދެއްވާފައިވަނީ އިސްކަންދަރު ކޮށީގައި މިކަމަށްޓަކައި ރޭ ބޭއްވެވި […]

ސްޓެމްގެ ދާއިރާތަކަކީ މުޖުތަމައުގައި އާ ކަންތައްތަކާއި އުފެއްދުންތެރި ކަމުގެ ބިންގާ:ސާޖިދާ 

ސްޓެމް ދާއިރާތަކަކީ މުޖުތަމައުގައި އާ ކަންތައްތަކާއި އުފެއްދުންތެރިކަމުގެ ބިންގާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޖަލްސާގެ ފުރަތަމަ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާ ކުރިއަށް ދިޔައީ މިއަދު ހެނދުނު ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައެވެ.  މި ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ކަމަނާ ވަނީ ހިތްވަރާއި އޯގާތެރިކަމާއެކު މަސައްކަތްކޮށް، ކުރިއަށްއޮތް ޖީލުތަކަށް އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށް ވައުދުވެ އެކަމަށް ޢަޒުމް ކަނޑައެޅުމަށް، ޔުނިވަރސިޓީގެ ދަސްވެނިންގެ […]

ސަރުކާރުގެ އަމާޒަކީ ’ސުޕަރ މެޖޯރިޓީ‘ ބޭނުންކޮށްގެން ރައްޔިތުންނަށް ޚިދުމަތްތައް ފުރިހަމައަށް ފޯރުކޮށް ދިނުން

ސަރުކާރުގެ އަމާޒަކީ، ރައްޔިތުންގެ މަޖިލިސް އިންތިޚާބުން ލިބުނު ’ސުޕަރ މެޖޯރިޓީ‘ ބޭނުންކޮށްގެން ރައްޔިތުންނަށް އެ ބޭނުންވާ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތެއްގައި، އަދި އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމު ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.  ހީނާ މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލު ކުރެއްވުމުގައި ނޫސްވެރިއެއް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.  ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރެއްވުމަށާއި، ނޫސްވެރިންގެ […]