އައު އަހަރާ ދިމާކޮށް މަސްތުވާތަކެތީގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިިފި

އައު އަހަރާ ދިމާކޮށް ބަނގުރަލާއި މަސްތުވާތަކެތީގެ މައްސަލަ އިތުރުވެދާނެ ކަމަށް ބެލެވޭތީ ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށައިިފިއެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އައު އަހަރާ ދިމާކޮށް ބަނގުރަލާއި މަސްތުވާތަކެތީގެ ބޭނުންކޮށް، އެތަކެތި ވިއްކައި ވިޔަފާރިކުރުން އިތުރުވެގެންދާނެ ކަމަށް ބެލެވޭތީ، ޑްރަގް އެންފޯސްމަންޓާއި، ހުޅުމާލެ ޕޮލިސްއާއި، މެރިން ޕޮލިސްއާއި، ކ.އަތޮޅު ޕޮލިސް ސްޓޭޝަންތައް ގުޅިގެން އިއްޔެ ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި ހުޅުމާލެ ފަޅުތެރެ ޕެޓްރޯލްކުރުމާއި، ރަށުތެރެއަށް ބަނގުރާ އަރުވައި، ބަނގުރާ ވިއްކާ […]

އަނެއްކާ ވެސް ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން މިއަދު ބުނީ ގަލޮޅުގައި ހުންނަ ގެއެއްގައި ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން އެ މައުލޫމާތު ރޭ 1:27 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މީހާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށާއި، މަރުވެފައި އޮއްވާ ފެނިފައިވަނީ ގ.ބިއުޓީވިލާ، ދާވޫދު ޖިމްރީޒް (45އ) ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. […]

ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭ ތަޙުގީގަށް މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުންގެ ޕޯޓަލެއް!

ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭގޮތުން ކުރިއަށްގެންދާ ތަޙުގީގަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ހުށައެޅުމަށް ޚާއްސަ ޕޯޓަލްއެއް ދިވެހި ފުލުހުންގެ ޚިދުމަތުން ޤާއިމުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި ޕޯސްޓެއްގައި ބުނީ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާގުޅޭ މައްސަލައިގެ ތަހުގީގުގަށް ބޭނުންކުރެވިދާނެ ކަމަށް ބެލެވޭ އެއްވެސް މައުލޫމާތެއް ނުވަތަ ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ އެއްވެސް ލިޔުމެއް އޮތްނަމަ، https://evidence.police.gov.mv އަށް ހިއްސާކުރުމަށް އެދޭ ކަމަށެވެ. މައުލޫމާތު ހިއްސާކުރާއިރު އަމިއްލަ މަޢުލޫމާތު ހާމަނުކޮށްވެސް މި ޕޯޓަލް މެދުވެރިކޮށް […]

ތުހުމަތުތަކާ ގުޅިގެން ރަޖުނީ މަސައްކަތްތަކުން އެކަހެރިކޮށްފި

ފުލުހުންގެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑްގެ މަސްއޫލިއްޔަތުތަކުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު ވަގުތީ ގޮތުން އެކަހެރިކޮށްފިއެވެ. ރަޖުނީއާ ގުޅޭ ގޮތުން ސޯޝަލްމީޑިއާގައި އާންމުވެފައިވާ މައުލޫމާތާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުންގެ ޚިދުމަތުން ދަނީ ބަލަމުންނެވެ. ނުގަވާއިދުން ވިނަރެސް ފުލެޓުތަކެއް ދީފައިވާ މައްސަލައެއް ފެންމަތިވެފައިވާއިރު، ސޯޝަލްމީޑިއާގައި އާންމުވެފައިވާ ވިނަރެސް ފުލެޓު ލިބުނު މީހުންގެ ލިސްޓުގައި ރަޖުނީގެ ނަން ވެސް އެބައޮތެވެ. އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން މިރޭ […]

މާލޭ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

މާލޭ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން ބުނީ ގަލޮޅުގައި ހުންނަ ގެއެއްގައި ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން އެ މައުލޫމާތު މިއަދު 17:02 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ މީހާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. ނިިޔާވެފައި އޮއްވާ ފެނިފައިވަނީ ގ.ފްރެސް ލައިޓް ޢަލީ ރަޝީދު (35އ) ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

އެސްޕީ ރަޖުނީ ފްލެޓު ގަތްކަމަށް ބުނާ މައްސަލަ ބަލަނީ

ވިނަރެސްއިން ފްލެޓު ގަތް ކަމަށް ބުނެ ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް ރަޖުނީ ޝުއައިބުއާ ގުޅޭގޮތުން ދައުރުވަމުން އަަންނަ ވާހަކަތަކާއި ގުޅިގެން އެ މައްސަލައިގައި ރަޖުނީގެ މައްޗަށް ކުރެވޭ ތުހުމަތުތައް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން މިކަން ހާމަކޮށްފައި ވަނީ ހަސަން ކުރުސީގެ ނަމުގައި ޓްވީޓްކުރަމުން އަންނަ އެކްސް އެކައުންޓުން ވިނަރެސް ޓަވަރުތަކުގައި ހުރި ފްލެޓްތަކުގެ ތެރެއިން ފްލެޓެއް ރަޖުނީ ގަނެފައިވާ ކަމަށްބުނެފައި ވަނިކޮށެވެ. އެ އެކައުންޓުން އިއްޔެ ވަނީ ރަޖުނީ ހިމެނޭހެން އިތުރު ބަޔަކު ނުގަވާއިދުން ވިނަރެސް […]

އަންހެނެއްގެ ކަރުގައި އޮތް ފަށް ފޭރެން އުޅުނު މީހަކު ހައްޔަރުކޮށް 7 ދުވަހަށް ބަންދުކޮށްފި

މާލޭ އަލިކިލެގެފާނު މަގުން ސައިކަލެއްގައި ދުއްވާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ރަން ފަށް ފޭރިގަންނަން އުޅުނު މީހަކު ހައްޔަރުކޮށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ. އިއްޔެގެ ވަގުތެއްގައި އަލިކިލެގެފާނު މަގުން ސައިކަލެއްގައި ދުއްވާފައި ދަމުން، އެހެން ސައިކަލެއްގައި ދިޔަ އަންހެނަކު ހުއްޓުވައި ފޭރެން އުޅުނު މައްސަލައެއް ފުލުހުން ދަނީ ބަލަމުންނެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ވ.ފިޔަބަރި، ޙަސަން އިސާމް (30އ) އެވެ. ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ހާޒިރުކުރުމުން 7 ދުވަހަށް […]

ވަގަށް ގޯތި ދިން މައްސަލާގައި 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

ބިންވެރިޔާ ސްކީމުގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދިން މައްސަލައާ ގުޅިގެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ. ފުލުހުން މިއަދު ބުނީ ފުލުހުން ތަހުގީގުކުރަމުންދާ ބިންވެެރިޔާ ހައުސިންގ ސްކީމާ ގުޅުންހުރި މައްސަލައާ ގުޅިގެން ޖުމްލަ 20 މީހުން ފުރުން މަނާކުރުމުގެ އަމުރު ނެރެފައިވާ ކަމަށެވެ. އޭގެތެރޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޟުލް ރަޝީދާއި، އޭނާގެ ބޭބެ އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފަޒީލު ރަޝީދު ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. […]

ގުރައިދޫގައި ނިޔާވެފައި އޮއްވާ ފެނުނު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ބޭރަށް ފޮނުވައިފި

ކ.ގުރައިދޫގައި ނިޔާވެފައި އޮއްވާ ފެނުނު ހަތަރު މަހުގެ ކުއްޖާގެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވީ އިންޑިއާއަށް ކަމަށެވެ. އިންަޑިއާއަށް ފޮނުވީ މިއަދު 12:00 ގެ ފުލައިޓުގައި ކަމަށް ފުލުހުން ބުންޏެވެ. ކުއްޖާގެ ޚަބަރު ހުސްވެފައި އޮތުމުން ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔައީ މިދިޔަ ހުކުރު ދުވަހުގެރޭ މެންދަމުއެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ކުއްޖާ […]

ގެއްލިގެން ހޯދަމުންދިޔަ ނިހާލު ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ ޙަސަން ނިހާލު ފެނިއްޖެއެވެ. ތ. މަޑިފުށި / ބޮންތި، ޙަސަން ނިހާލު (34 އ) ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ 20:07 ހާއިރުއެވެ. އާއިލާއާ ހަވާލާދީ ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ގެއްލިގެން ރިފޯޓުކުރުމާ ގުޅިގެން ހޯދަމުންދިޔަ ނިހާލު އިއްޔެގެ ވަގުތެއްގައި ފެނިފައިވާކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. ނިހާލު ފެނުނުއިރު އޭނާގެ ހާލު ރަނގަޅެވެ. ނިހާލު ގެއްލުމުގެ ހާދިސާއާ ގުޅޭ ގޮތުން ފުލުހުން އިތުރު […]