ކާބަން މަދުކުރުމަކީ އިޚްތިޔާރެއް ނޫން، އެއީ ކުރަންޖެހޭ ކަމެއް

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އިތުރުވަމުންދާއިރު، ކާބަން މަދުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، މޫސުމީ ބަދަލުތަކާބެހޭ އދގެ އިދާރާ (ޔޫ.އެން.އެފް.ސީ.ސީ) އިން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ކޮންފަރަންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ހަވާސާގައި، ޗައިނާގެ ޑެންގޯންގް ޕްރޮވިންސުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ އިފްތިތާޙީ ހަރަކާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އަޒަރުބައިޖާނުގައި މިއަދު ހެނދުނު ކުރިއަށްދިޔަ މި ހަރަކާތުގައި ރައީސް […]

ނަތަންޔާހޫ ބިރުން ދަރިފުޅުގެ ކައިވެނި ފަސްކޮށް ބިންގަރާހުގައި

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބިރުން މި މަހު ބާއްވަން ހަމަޖެހިފައިވާ ދަރިފުޅުގެ ކައިވެނި ފަސްކޮށް ”އަންޑަގްރައުންޑް ސޭފްރޫމް“ އަށް ވަދެއްޖެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. ނަތަންޔާހޫ ބިންގަރާހަށް ވަދެފައި ވަނީ ސަރަހައްދީ ރެސިސްޓެންސް މޫވްމަންޓްތަކުން ބަދަލުހިފުމުގެ ޑްރޯން ހަމަލާތަކެއް ދީފާނެ ކަމުގެ ބިރަށެވެ. މިކަމާއި ގުޅިގެން ނަތަންޔާހޫ ވަނީ ނޮވެމްބަރު 26 ވަނަ ދުވަހު ޓެލް އަވީވްގެ އުތުރުގެ ސަރަހައްދެއްގައި ބާއްވަން ހަމަޖެހިފައިވާ އޭނާގެ ދަރިފުޅު އަވްނަރުގެ ކައިވެނިވެސް ފަސްކޮށްފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް […]

“ސައިބަރ އެކްސްޕޯ 2024“ ގެ ވެބްސައިޓް ލޯންޗުކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތާއި ނެޝަނަލް ސެންޓަރ ފޯރ އިންފޯމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ސައިބަރ އެކްސްޕޯ 2024“ ގެ ވެބްސައިޓް ލޯންޗުކޮށްފިއެވެ. މިކަމަށްޓަކައި އިސްކަންދަރު ބިލްޑިންގގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވެބްސައިޓް ލޯންޗުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. ސައިބަރ އެކްސްޕޯ 2024 ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށެވެ. ފުލުހުން ބުނީ މި އެކްސްޕޯ ވެގެންދާނީ […]

ފޭސް 3 އިން ގޯތި ލިބުނު މީހުންނަށް ޖެނުއަރީ މަހުގެ ނިޔަލަށް ގޯތިތައް ހަވާލުކޮށް ނިންމާނަން: ފަޒުލް

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ފޭސް 3 އިން ގޯތި ލިބުނު މީހުންނަށް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ގޯތިތައް ހަވާލުކޮށް ނިންމާނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ރޭ ވިދާޅުވެއްޖެއެވެ. ފަޒުލް މިހެން ވިދާޅުވީ އެ ކުންފުނީގެ މުހިންމު ޕްރޮޖެކްޓްތަކެއް އިފުތިތާހުކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައެވެ. ފަޒުލް ވިދާޅުވީ ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް މިހާރު މެދުކެނޑިފައި އޮތަސް ވަރަށް އަވަހަށް އަލުން […]

ހަނގުރާމައިގެ ޖަރީމާތައް ޖެހޭނީ ވަގުތުން ހުއްޓާލަން: މުހަންމަދު ބިން ސަލްމާން

ސައޫދީ އެރޭބިއާގެ ރިޔާޒުގައި ހިންގަމުންދާ އިސްލާމީ ގައުމުތަކުގެ ވެރިންގެ ބައްދަލުވުމުގައި ގައްޒާއާއި ލެބަނަންގައި އިސްރާއީލުން ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތަކަށް ނުރުހުން ފާޅުކުރައްވައި އެ ޖަރީމާތައް ޖެހޭނީ ހުއްޓަން ކަމަށް ސައޫދީ އެރޭބިއާގެ ވަލީ އަހްދު މުހަންމަދު ބިން ސަލްމާނު ވިދާޅުވެއްޖެއެވެ. ވަލީ އަހްދުގެ ވާހަކަފުޅުގައި އިސްރާއީލުން ގައްޒާގައި ހިންގަމުން ގެންދަނީ ނަސްލެއް ނައްތާލުމުގެ ގަތުލު އާންމެއް ކަމުގައި ސިފަކުރައްވައި މެދު އިރުމަތީގެ ހާލަތާ ދޭތެރޭ ސައޫދީ އެރޭބިއާއިން މީގެ ކުރިން ދުވަހަކުވެސް ބޭނުން ކޮށްފައި ނުވާފަދަ ހަރުކަށި […]

މޫސުމީ ބަދަލުތަކާ ގުޅޭ މާލީ އެހީގެ ޙައްލު އަވަސް ކުރުމަށް ރައީސް ގޮވާލައްވައިފި

މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ދިވެހިރާއްޖެއިން އަބަދުވެސް ގޮވާލަމުން އަންނަ ގޮވާލުން މިއަދު އަލުން ވަރުގަދަ ކޮށްފިއެވެ. އެގޮތުން ސީއޯޕީ 29 ގެ ޕްލީނަރީ ސެޝަންގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި މޫސުމީ ބަދަލުތަކާ ގުޅޭ މާލީ އެހީ އަވަސް ކުރުމުގެ މުހިންމުކަމާމެދު ވާހަކަފުޅު ދައްކަވައިފިއެވެ. މި ވާހަކަފުޅުގައި، ރައީސް މުޢިއްޒު ދިވެހިރާއްޖޭގެ ކެރުންތެރިކަމާއި، ބާރުގަދަކަމާއި، އަދި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި، މޫސުމީ ބަދަލުތަކުގެ ކާރިސާއާ ކުރިމަތިލުމުގައި ބައިނަލްއަޤްވާމީ އެއްބާރުލުމާއި ގުޅިގެން […]

ކާރެއްގެ ތެރޭގައި މީހަކު ރަހީނުކޮށް، ފައިސާ ހޯދަން އުޅެފި

ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް، ފައިސާ ހޯދަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ. ފުލުހުން މިއަދު ބުނީ އިއްޔެ ރޭ ހުޅުމާލޭ އޯކިޑުމާ ހިނގުމުގައި ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ހިފަހައްޓައި، އަނިޔާކޮށް ބިރުދައްކައި އަދި އެ މީހާގެ އާއިލާގެ މީހުންނަށް ގުޅައި ފައިސާއަށް ޑިމާންޑްކުރި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، ދަފްތަރު ނަންބަރު ރސ 9022، ތޮލާލު މުޙައްމަދު (37 އ) ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން […]

“ބޭހާއި ނުކުޅޭތި ބަޑި، ނޭނގި ހުއްޓާ އަނދައިދާނޭ، ގޭ މަކޮޔާ ފިހިދާނޭ،“

ރާއްޖޭގެ އާބާދީގެ ދެޖިންސުގެ %70 ރައްޔިތުންނަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމަށް ދެވިހިފާފައިވާ ރައްޔިތުންނެވެ. ސިނގިރޭޓު ފޮށްޓެއް 106 ރުފިޔާއަށް އަގުބޮޑުކުރިއިރު ރައްޔިތުން ތިބީ ރުހިގެންނެއް ނޫނެވެ. އޭރު ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމުގައި މިހާބޮޑަށް ދަތިނޫން ކަމުން ރައްޔިތުން މަޑުން ތިބީއެވެ. އެހެނަސް ރައްޔިތުންނަށް ދަތިބޮޑުވަމުން މިދާ ނިސްބަތަށް ބަލާއިރު ރައްޔިތުން މަޑުން ތިބޭނެކަމަށް ވިސްނައިގެން ތިބުމަކީ މޮޔަ ކަމެއް ކަމަށް ދެކެމެވެ. ދުންފަތާއި ސިނގިރޭޓުގެ އަގު ބޮޑުކުރުމަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަދުކުރެވޭނެ މަގެއް […]

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 3 ކިލޯގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 3 ކިލޯގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ފުލުހުން މިއަދު ބުނީ މި ތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައި ވަނީ ކަސްޓަމްސްއާ ގުޅިގެން މާލެ ޕޯޓް ތެރެއިން ކޮންޓެއިނަރއެއް ބަލައިފާސްކޮށްގެން ކަމަށެވެ. މި ތަކެތި ހޯދާފައި ވަނީ މި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ ޑްރަގް އެންފޯސްމަންޓާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ހާމަކުރެއެވެ. ފުލުހުން ބުނީ އެ ކޮންޓެއިނަރ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ […]

ބަޖެޓު ބަހުސް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގެ ބަހުސް މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ. މި އަހަރަށް ލަފާކޮށް މަޖިލިހުން ހުށަހެޅި 49.8 ބިލިއަން ރުފިޔާގެ ބަޖެޓާއެކު ސަޕްލިމެންޓްރީ ބަޖެޓު ހިމެނޭހެން މި އަހަރުގެ ބަޖެޓު ވަނީ 56.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ހިމެނެއެވެ. އަދި އަންނަ އަހަރުގެ ޖުމުލަ އާމްދަނީއާއި […]