ސްރީލަންކާގެ ސިޔާސީ މަސްރަހުން ދަސްކޮށްދިން ފިލާވަޅުގެ އަލީގައި
ސްރީލަންކާއަކީ އަންޒަމާނުއްސުރެން ދިވެހިންގެ ދެވަނަ ވަޒަނޭ ބުނުމަކީ ހަގީގަތާ ޚިލާފު ބުނުމަކަށް ނުވާނެއެވެ. އަބަދުވެސް މި ދެ ގައުމުގެ ރައްޔިތުންނަކީ އެކުވެރި ރަޙްމަތްތެރި ބައެވެ. ނަސްލީ ގޮތުންވެސް ކޮންމެވެސް ވަރެއްގެ ގުޅުމެއް އޮތުމަކީވެސް ދުރުކަމެއް ނޫނެވެ. ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަސްކަލުންގެ ކޮލީ ނަންފުޅުތައްވެސް ސިންގަޅަ ބަހާއި ވައްތަރު ގޮތެއް ހުރެއެވެ. ވެރިކަމުގެ ވައްޓަފާޅީގައި މިއަދާ ހަމަޔަށްވެސް އެއްގޮތް ގިނަ ކަންތަކެއް ފެންނާން އެބަހުއްޓެވެ. ވަކި އާއިލާތަކަކުން ނޫންބަޔަކަށް ވެރިކަން ނުކުރެވޭނެ ކަހަލަ ވިސްނުމެއް ދެ ގައުމުގައިވެސް […]
ނަޒާކީ ޒަކީ އިސްވެ ހުންނަވައިގެން ހަދާ ސިޔާސީ ޕާޓީގެ މަސައްކަތް ކުރިއަށް
ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ޕާޓީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ ) އުފެއްދެވުމުގައި އިސްކޮށް މަސައްކަތް ކުރެއްވީ އެއް ބޭފުޅެއް ކަމުގައިވާ މުޙައްމަދު ޒަކީ (ނަޒާކީ ޒަކީ) އިސްކޮށް ހުންނަވައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށްޓަވައިފިއެވެ. ”މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ“ (އެމްސީޕީ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމުގެ ހުއްދަ ގ.ކްރެބްޓްރީ، ޢަލީ އަޙްމަދަށް މި މަހުގެ 14 ވަނަ ދުވަހު ވަނީ އިލެކްޝަންސް ކޮމިޝަނުން ވަނީ […]
މުލިއާގޭ ވެހިކަލް ގަރާޖު ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި ތަރައްޤީ ކުރަން ނިންމަވައިފި
ލިލީމަގުގައި ހުންނަ މުލިއާގޭ ވެހިކަލް ގަރާޖު ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި ތަރައްޤީ ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މުޢިއްޒު މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހުއެވެ. މިގޮތުން މި ނިންމުން ނިންމާފައި ވަނީ މުލިޔާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން އަންނަ އިމާރާތާއި ގޯތި، މުޖުތަމަޢަށް ފައިދާހުރި ކަންތައްތަކެއް ކުރާ ތަނަކަށް ބަދަލުކުރުމަށް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުންތަކުގެ ތެރެއިން، ޒުވާނުންނާ ގުޅޭ […]
ރަޝިޔާއަށް ހަމަލާދޭން އެމެރިކާގެ ހަތިޔާރު ބޭނުން ކުރުމުގެ ހުއްދަ ބައިޑްން ދީފި
ރަޝިޔާއަށް ހަމަލާދޭން އެމެރިކާގެ ހަތިޔާރު ބޭނުން ކުރުމުގެ ހުއްދަ ޔުކްރެއިނަށް އެމެރިކާގެ ރައީސް ޖޯ ބައިޑްން ދެއްވައިފިއެވެ. ރަޝިޔާގެ ފުންމިނަށް ހަމަލާދިނުމަށް އެމެރިކާގައި އުފައްދާ ހަތިޔާރު ބޭނުންކުރުމުގެ ހުއްދަ ޔޫކްރޭނަށް ދީފައިވާ ކަމަށް އެމެރިކާގެ ދެ އޮފިޝަލަކާއި ހަވާލާދީ މިއަދު މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި މިކަމުގެ މާބޮޑު ތަފްސީލެއް މީޑިއާތަކަށް ހާމަކޮށްފައި ނުވި ނަމަވެސް ޔޫކްރޭނުން ރާވާފައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ދުރު ރާސްތާގެ ފުރަތަމަ ހަމަލާތައް ދިނުމަށް ކަމަށް މީޑިއާ ރިޕޯޓުތައް […]
އާ ކުންފުންޏެއް ހަދާފައި ނަމަވެސް އާސަންދަ ހަމަ މަގަަށް އަޅުވަން ޖެހޭ:ނާޒިމް
އާ ކުންފުންޏެއް ހަދާފައި ނަމަވެސް އާސަންދަ ހަމަ މަގަަށް އަޅުވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ނާޒިމް ވިދާޅުވީ މާލިއްޔަތު ކޮމިޓީން އާސަންދައިގެ ކަންކަން ބެލިއިރު އާސަންދައިގެ ކަންކަން އޮތީ ރިފޯމް ނުކުރެވޭ ހިސާބުގައި ކަމަށާއި އަސްލު ކެންސަރު ޖެހިފައިވަނީ އާސަންދައަށް ކަމަށެވެ. އެއާ މޯލްޑިވްސްއާ ދެން އެހެން ކުންފުނިތައް ވެސް ދޫކޮށްލި ފަދައިން އާސަންދަ ދޫކޮށްލާފައި […]
އިސްރާއީލުން ހިޒްބުލާގެ މީޑިއާ ހެޑް ޝަހީދުކޮށްލައިފި
އިސްރާއީލުން ލުބުނާނުގެ ބެއިރޫތަށް ދިން ހަމަލާގައި ހިޒްބުއްލާގެ މީޑިއާ ހެޑް ޝަހީދުކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ. ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތް ހިޒްބުއްލާއިން ވަނީ ބެއިރޫތުގެ މެދުތެރޭގެ އިމާރާތަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި އެ ޖަމާއަތުގެ މީޑިއާ ރިލޭޝަންސް ޗީފް މުހައްމަދު އަފީފް ޝަހީދުކޮށްލާފައިވާކަން ކަށަވަރުކޮށްދީފަ އެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން އާދީއްތަ ދުވަހުގެ ރޭ ދަންވަރު ނެރުނު ބަޔާނެއްގައިވެސް ވަނީ އަފީފް ޝަހީދުކޮށްލާފައިވާކަން ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުން މި ހާދިސާގައި ތިން މީހަކަށް އަނިޔާވެފައިވާ […]
ކުރިއަށް އޮތް ތިން ދުވަހު ބޯކޮށް ވާރޭވެހޭނެތީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
ކުރިއަށް އޮތް ތިން ދުވަހު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން މިއަދު ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރާއި ދިމާކޮށް މި ސަރަހައްދުތަކުގައި އުފެދިފައިވާ ލޯ ލެވެލް ސާރކިއުލޭޝަންއަކާއި ގުޅިގެން ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހިފައިވާ ކަމަށެވެ. އެގޮތުން އެންމެ ގިނައިން ވާރޭ […]
ދެން އަންނަ ރޯދަމަހު ކޮންމެ ގެއަކަށް ސަރުކާރުގެ ފަރާތުން މަސްދަޅުކޭހެއް!
ދެން އަންނަ އަހަރުގެ ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ކާޑުގެ ބާވަތްތަކުގެ ބަދަލުގައި މަސްދަޅުކޭހެއް ހަދިޔާކުރަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެގޮތުން ރައީސް މިހެން ވިދާޅުވީ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ“ކުރިއަށް އޮތް ރަމަޟާން މަހަށް ކާޑުގެ ބަދަލުގައި ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ހިލޭ ދޭން،“ނިންމާފައިވާ ކަމަށެވެ. އަދި އެކަން އެސްޓީއޯގެ އެމްޑީއަށް އަންގާފައި ވާނެ […]
މި ސަރުކާރަކީ އުންމީދު ގެނެސްދޭނެ ސަރުކާރެއް:ނައިބު ރައީސް
މި ސަރުކާރަކީ އުންމީދު ގެނެސްދޭނެ ސަރުކާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ކުރިއަށްއޮތް ތަނުގައި ދިވެހީންގެ ރާއްޖެ މެނިފެސްޓޯ ތަންފީޒުވަމުންދާ މަންޒަރު ފެނިގެންދާނެ ކަމަށާއި ބަޖެޓުގެ ބޮޑު ބައެއް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް ޚާއްޞަކޮށް، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފެށިގެންދާނޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ހަމައެހެންމެ ބޭރުގެ ފަރާތްތަކުން […]
ސަރުކާރަށް އަހަރެއްވީއިރު ސިޔާސީ އަންބޮނޑި ބަނދެ، ފޮނި ތަގުރީރު ދިނުން ނޫންކަމެއް ނުކުރެވޭ: ޢައްބާސް
ސަރުކާރަށް އަހަރެއްވީއިރު ސިޔާސީ އަންބޮނޑި ބަނދެ، ފޮނި ތަގުރީރު ދިނުން ނޫން ކަމެއް ނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ވިދާޅުވެއްޖެއެވެ. މި ސަރުކާރަށް ފާޑުވިދާޅުވެ، ޢައްބާސް މިހެން ވިދާޅުވީ ރޭގެ ވަގުތެއްގައި އެކްސްގައި ކުރި ޕޯސްޓުތަކެއްގައެވެ. ޢައްބާސް ވިދާޅުވީ މި ފާއިތުވި އެއް އަހަރު ތެރޭގައިވެސް އެއް ބިލިއަން ޑޮލަރުގެ ލޯނު ނަގައިގެން ގައުމަށް، ރައްޔިތަކަށް އެއްވެސް މަންފާއެއްވާނެ ކަމެއް ނުކޮށް ސިޔާސީ އަންބޮނޑި ބަނުން ނޫންކަމެއް ނުކުރައްވާ ކަމަށެވެ. […]