އިސްރާއީލުން ސީރިއާގެ ޕަލްމައިރާއަށް ދިން ބޮމުގެ ހަމަލާތަކުގައި 36 މީހަކު ޝަހީދުކޮށްލައިފި
އިސްރާއީލުން ސީރިއާގެ ޕަލްމައިރާއަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއްދީ 36 މީހަކު ޝަހީދުކޮށްލައިފިއެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އިސްރާއީލުން ވަނީ ސީރިއާގެ ޕަލްމައިރާ ސަރަހައްދުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއްދީފައެވެ. އެގޮތުން މިއަދު މެންދުރު ފަހު ސީރިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕަލްމައިރާގައި އެތައް ގޮވުންތަކެއް ގޮވުމުގެ އަޑު ވަނީ އިވިފައެވެ. އޭގެ ފަހުން އެ މީޑިއާތަކުން އިތުރަށް ބުނީ އިސްރާއީލުން އެ ސަރަހައްދުގައި މީހުން ދިރިއުޅޭ އިމާރާތްތަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށެވެ. ޕަލްމައިރާއަށް […]
ޕޫޓިންގެ އިންޒާރު
އާ ނިއުކްލިއާ ޑޮކްޓްރިންއަކާއެކު އެމެރިކާއަށް ރަޝިއާގެ ރައީސް ވްލަޑިމިއަ ޕޫޓިން އިންޒާރު ދެއްވައިފިއެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އާ ނިއުކްލިއާ ޑޮކްޓްރިންއަށް ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިން ވަނީ ރުހުން ދެއްވާފައެވެ.ކްރެމްލިން ބުނާ ގޮތުގައި މިއީ ހުޅަނގަށް ދޭ އިންޒާރެކެވެ. މީގެ ކުރިން 2020 ވަނަ އަހަރު ނެރުނު ގަރާރެއްގައި ބަޔާންކޮށްފައިވާ ކުރީގެ ޑޮކްޓްރިންގައި ބުނެފައި ވަނީ ދުޝްމަނެއްގެ ނިއުކްލިއާ ހަމަލާއެއް ނުވަތަ ދައުލަތް ދެމިއޮތުމަށް ނުރައްކާވާ ފަދަ ކޮންވެންޝަނަލް ހަމަލާއެއް ދީފިނަމަ ރަޝިއާއިން ނިއުކްލިއާ […]
ކެލިފޯނިޔާގެ ގޮނޑުދޮށަކުން“ޤިޔާމަތުގެ މަސް“ ތިން މަސްތެރޭ ދެ ފަހަރަށް ފެނިއްޖެ
ކެލިފޯނިޔާގެ އެންސިނިޓަސް އަވަށުގައި އޮންނަ (ދަ ގްރޭންޑް ވިއު ބީޗް) ގެ ގޮނޑުދޮށުން އާދަޔާ ޚިލާފު ޙާދިސާއެއްކަމުގައި ބެލެވޭ ޤިޔާމަތުގެ މަހުގެ ނަމުން ނަންދެވިފައިވާ ބޮޑު ޕެޑްލްފިޝްއެއް ފެނިއްޖެއެވެ. މިމަހަށް (ހަލާކުގެ އިންޒާރު) މިހެންވެސް ކިޔައެވެ. މިއީ ޑޫމްސްޑޭ ފިޝްގެ ނަމުން ނަންދީފައިވާ މި މަސް ވޭތުވެދިޔަ ތިންމަސްތެރޭގައި މަރުވެގެން ލައްގާފައި އޮއްވާ ފެނުނު ދެވަނަ ފަހަރެވެ. އެހެންކަމުން މިއީ ދިރާސާކުރައްވާ ބޭފުޅުންނާއި ޢާއްމުންނަށްވެސް ޚާއްޞަ މުހިންމުކަމެއް ދެވޭ ކަމަކަށް ވަނީ ވެފައެވެ. މި މަހުގެ ދިގުމިނުގައި […]
ރަޝިޔާއާއި ހޫތީ މުޖާހިދުންގެ ގުޅުމާމެދު އެމެރިކާ ކަންބޮޑުވެއްޖެ
މޮސްކޯއާއި ހޫތީ މުޖާހިދުންގެ ގުޅުން ވަރަށް ނުރައްކާތެރި ލެވެލްއަކަށް ހިނގައްޖެ ކަމަށް އެމެރިކާގެ ޚާރިޖިއްޔާގެ ވަރަށް އިސް ބޭފުޅަކު ވިދާޅުވެއްޖެއެވެ. ޚާރިޖިއްޔާގެ އޮފިޝަލް ބިޒްނަސް އިންސައިޑަރަށް ވިދާޅުވެފައިވަނީ ރަޝިޔާއިން ހޫތީ މުޖާހިދުންނަށް މިހާ ބޮޑަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަމަށެވެ. މިހާރުވެސް ހޫތީ މުޖާހިދުންނަށް ބޭނުންވާ ހުރިހާ ހަތިޔާރަކާއި މިލިޓްރީ ތަމްރީނުތަކެއް އީރާނުން ފޯރުކޮށްދެމުން ގެންދާއިރު އެ ވަސީލަތްތައް ބޭނުންކޮށްގެން ރެޑްސީގެ ތެރެއިން ކުރަމުންގެންދާ ބައިނަލްއަގްވާމީ ދަތުރުތައް މިވަނީ ވަރަށްބޮޑު ނުރައްކަލެއްގެ ތެރެއަށް ވައްޓާލާފައެވެ. މިކަން […]
އިސްރާއީލުގެ ގަތުލު އާންމުގެ ތެރޭގައި ކުޑަކުދިންގެ ގަބުރުސްތާނަކަށް ގައްޒާ!
އިސްރާއީލުގެ ހަމަލާތަކުގެ ތެރޭގައި ކުޑަކުދިންގެ ގަބުރުސްތާނަކަށް ގައްޒާ ވެފައިވާ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އެސްމައިލް ބަޣާއީ ވިދާޅުވެއްޖެ އެވެ. އެސްމާއިލް ބަޣާއީ މިހެން ވިދާޅުވެފައި ވަނީ ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އޭނާގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ބަޣާއީ ވިދާޅުވީ، ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަސް ނޮވެމްބަރު 20، ވަނަ ދުވަސް ހުރިހާ ކުދިންނަށް ވެސް އަމާން ކަމާއެކު އުޅުމުގެ ހައްގު ހަނދާންކޮށްދޭ ކަމަށެވެ. އަދި މި މުނާސަބަތަކީ ޣައްޒާގެ ކުޑަކުދިންގެ ތަކުލީފުތައް […]
ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހު، ދުސްތޫރީ ހުރިހާ މަބްދައުތަކާ ޚިލާފު: ޖަމީލު
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވާ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަކީ ދުސްތޫރީ ހުރިހާ މަބްދައުތަކާ ޚިލާފު އިސްލާހެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަން މިއުޅެނީ ހުރިހާ ބާރެއް ވެރިކަންކުރާ ޕާޓީއަަކަށް ލިބޭގޮތަށް ގާނޫނު އަސާސީ ބަދަލުކުރުން ކަމަށެވެ. ނަތީޖާއަކީ ގާނޫނު އަސާސީގައި ސަރުކާރަށް ފާރަވެރިވުމުގެ ގޮތުން، […]
ސިނަމާލެ ބުރިޖްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ސިނަމާލެ ބުރިޖް ފެންސްގައި ސައިކަލެއް ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނީ ބުރިޖް އެއާޕޯޓް ލައިޓް ކައިރިން ސައިކަލެއް ފެންސްގައި ޖެހި ހާދިސާއެއް ހިނގާފައިވާ ކަމަށް މިއަދު 5:25 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ މި ހާދިސާގައި އެ ސައިކަލުގައި އިން މީހާއަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށެވެ. އެއީ 53 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އެ މީހާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ […]
މޫދަށް އެރި އުޅުނު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެ މައްސަލަ ބަލަންފަށައިފި
ހުޅުމާލޭގައި މޫދަށް އެރި އުޅުނު ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ ފުލުހުން މައްސަލަ ބަލަން ފަށައިފި އެވެ. ފުލުހުން މިއަދު ބުނީ ހުޅުމާލެ މޫދަށް އެރި އުޅުނު ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި މި މައްސަލަ ރިޕޯޓްކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު ކަމަށް ފުލުހުން ހާމަކުރެއެވެ. މިކަމާއި ގުޅިގެންއިތުރު ތަފްސީލެއް ފުލުހުން ހާމައެއް […]
ބޭސްފިހާރަތަކުން ވިއްކާ ބޭހުގެ އަގު ހެޔޮކުރުމާއި ގުޅިގެން ބައެއް ބޭސްތަކަށް އާސަންދަ ނުލިބޭ
ރާއްޖޭގެ ބޭސްފިހާރަތަކުން ވިއްކާ ބައެއް ޑޮކްޓަރީ ބޭސް އަގުބޮޑުވުމުގެ ޝަކުވާ ބައެއް ރައްޔިތުން ކުރަމުންދާތީ އެފަދަ ބޭހުގެ އަގުހެޔޮކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ. އެހެންކަމާއެކު ރައީސުލްޖުމްހޫރިއްޔާ އެ ވަޢުދުފުޅާ އެއްގޮތަށް ބޭރު ގައުމުތަކުން ރާއްޖެއަށް އެތެރެކުރާ ބައެއް ބޭސް މިހާރު ވަނީ އަގުހެޔޮކޮށްފައެވެ. އަގުހެޔޮ ކުރެވުނު ޑޮކްޓަރީ ބޭހުގެ ތެރެއިން ބައެއް ބޭސްތަކަށް އާސަންދަ ނުލިބުމުގެ ސަބަބުން ދައުލަތުން ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކޮށްދިނުމަށް ގާއިމް ކޮށްފައިވާ ނިޒާމް (އާސަންދަ) ގެ ބޭނުން ކެނޑެނީއެވެ. އަނެއް ކޮޅުން އެސްޓީއޯގެ […]
ރައީސް ޓްރަމްޕަށް 4 ރަތްރޮނގުގެ އިމެއް ޝީ ޖިންޕިން ކަނޑައަޅުއްވައިފި
އެމެރިކާގެ ރައީސް ޑޮނާލަޑް ޓްރަމްޕް އެމެރިކާގެ ރިޔާސީ ތަޚުތުގައި އިށީނދެވަޑައިގަތުމުގެ 2 މަސްދުވަސް ކުރިން އެމަނިކުފާނަށް ހުރަސް ނުކުރެވޭނެ ހަތަރު ރަތް ރޮނގު ހިމެނޭ އިންފާރެއް ޗައިނާގެ ރައީސް ޝީ ޖިންޕިން ކަނޑައަޅުއްވައިފި ކަމަށް ބިޒްނަސް އިންސައިޑަރުން މިއަދު ހަވީރު ޚަބަރު ދީފިއެވެ. އެއީ ޗައިނާގެ ތަރައްގީއާއި ގުޅިފައިވާ އަދި އެމެރިކާއިން އަތްނުލެވޭ ވަރަށް ހޫނު ބަޓަންތަކެއް ކަމަށްވެސް ބުނެފައި ވެއެވެ. އެމެރިކާއާއި ޗައިނާ ގުޅުމާބެހޭ 4 ރަތް ރޮނގު ހިމެނޭ އިންފާރު ޝި ޖިންޕިން އިއުލާން […]