ފަލަސްތީނަށް އެހީތެރިވުމަށް އެހެން މުސްލިމް ގައުމުތަކުން އިރާނަށް ވާގިވެރިވާނެތަ؟
މިހާރު ފެންނަމުން އެދަނީ އިސްރާއީލު ސަލާމަތްކުރުމަށްޓަކައި ހުޅަނގުގެ ބާރުތަކުން އެކުވެ ކުރާ މަސައްކަތްތަކެކެވެ. މެދުއިރުމަތީގެ ހުރިހާ ގައުމަކުން ކަހަލަ ގޮތަކަށް އިސްރާއީލުގެ ހަމާލާތައް ހުއްޓާލައި، ޤަތުލުއާންމު ނިމުމަކަށް ގެނައުމަށް ގޮވާލަމުން ގެންދިޔަ ނަމަވެސް، އެމީހުންނަށް ލިބިފައިވާ އަސްކަރީ ބާރާއި ތެޔޮ ބޭނުންކޮށްގެން މެދުއިރުމަތީގައި އެމެރިކާއިން ބިނާކޮށްފައިހުރި އަސްކަރީ ބޭސްއަކަށް ހަމަލާދީ، އަމަލީ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އަރަބި ގައުމުތަކުގެ ވެރީން މިމައްސަލާގައި އެއްވެސް އަމަލީ ފިޔަވަޅެއް އަޅަން ބޭނުންވާކަމާމެދު ވެސް ޝައްކުއުފެދެއެވެ. އެމީހުންގެ ސިޔާސީ އަދި އިޤްތިޞާދީ […]
ފަލަސްތީނަށް ތާއީދުކުރާތީ ހުޅަނގުގެ ގައުމުތަކުން އިންޒާރުދިން: މެލޭޝިއާ ބޮޑުވަޒީރު
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ފަލަސްތީނާ އެއްކޮޅަށް ވާހަކަދައްކައި ތާއީދުކުރާތީ ހުޅަނގަށް ނިސްބަތްވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކުން މެލޭޝިއާ އާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް ބުނެ އިންޒާރުތައް ދީފައިވާކަމަށް މެލޭޝިއާ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ފަލަސްތީނަށް ތާއީދުކޮށް ބޭއްވި ހިނގާލުމެއްގައި, އަމިއްލަ ފުރާނަފުޅަށް ވެސް ނުރައްކާވެފައިވާކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން އަންވަރު ވިދާޅުވީ، އެއީ މައްސަލައެއް ނޫންކަމަށާއި، އެތައް މަސައްކަތެއް ކުރަން އެބަޖެހޭކަމަށެވެ. އަދި މަސައްކަތާއިގެން ދާނީ ކުރިއަށްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. […]
ޤަތަރުގައި އިސްރާއީލަށް ޖާސޫސްކޮށްދިން އިންޑިއާގެ 8 މީހަކު މެރުމަށް ހުކުމްކޮށްފި
އިސްރާއީލަށް ޖާސޫސްކޮށްދިން އިންޑިއާގެ 8 މީހަކު މެރުމަށް ޤަތަރުގެ ކޯޓަކުން ހުކުމްކޮށްފައިވާކަމަށް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ. މަރުގެ ހުކުމް އިއްވާފައިވަނީ އަލް ދަހްރާ ކުންފުނީގެ ވަޒީފާގައި އުޅުނު ބަޔަކަށެވެ. އަދި އެމީހުން ހައްޔަރުކޮށްފައިވަނީ އިސްރާއީލަށް ޖާސޫސްކޮށްދޭކަމުގެ ތުހުމަތުކުރެވިގެންނެވެ. ”މަރުގެ ޙުކުމް އިއްވުމުން މިތިބީ ހައިރާންވެފަ. އަދި މަޑު މިކުރަނީ ނިންމުމުގެ ތަފްސީލީ ރިޕޯޓަކަށް. އެ މައުލޫމާތު ލިބުމުން ޤަތަރުގެ ކަމާބެހޭ ވުޒާރާތަކާއެކު މިކަމުގެ މަޝްވަރާތައް ކުރިއަށް ގެންދާނަން. ސިއްރުކުރެވިގެން ކުރިއަށް ގެންދެވުނު އަޑުއެހުންތަކެއްކަމުން މިވަގުތު ވަކި […]
އެމެރިކާގެ ޑެލްޓާ ފޯސް އިސްރާއީލާއެކު ގާޒާގައި ހަރަކާތްތެރިވަނީ
ގާޒާގެ ކޯސްޓަލް ސަރަހައްދުތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާ އަސްކަރިއްޔާގެ ޑެލްޓާ ސިފައިން އިސްރާއީލު ސިފައިންނާއިއެކު ފައިމަގުގައި ހަނގުރާމަކޮށް ގާޒާގައި ހަރަކާތްތެރިވަމުން އެބަގެންދެއެވެ. އިސްރާއީލުން ފާޅުގައި ނަސްލު ދޮވެލުމަށް ހިންގަމުންދާ ޤަތުލުއާންމުގެ ރަސްމީ ބައިވެރިޔަކަށް އެމެރިކާއިން މިހާރު ވެފައިވާއިރު، މިއީ އެކުވެރި ދައުލަތުގެ އާންމު މެންބަރުންގެ ގޮތުގައި ހިތައި އެ އުސޫލުން ކަންކޮށްގެން ނުވާނެއެވެ. އެމެރިކާ ސަރުކާރުން ވަނީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އިސްރާއީލަށް އަސްކަރީ އެހީގެ އިތުރުން އަދި މައުލޫމާތު ފަތުރާ ވަސީލަތްތަކުގެ ޒަރިއްޔާއިން ވެސް މި […]
އިސްރާއީލުން ޣައްޒާއަށް އެރުމުން އިރާނުން ބަދަލުގައި ދީފާނެ ހަމަލާއަކަށް އެމެރިކާއިން ތައްޔާރުވެއްޖެ
އިސްރާއީލުން ޣައްޒާއަށް އަރައި ހަމަލާދިނުމަށް ތައްޔާރުވަމުން ދިޔުމާއެކު، ބަދަލުގައި އިރާނާއި އެ ގައުމުގެ ބައިވެރިން އެމެރިކާއަށް އަދި އެމެރިކާގެ މަސްލަހަތު އޮތް ފަރާތްތަކަށް ދީފާނެ ހަމަލާއަކަށް ތައްޔާރުވުމުގެ ގޮތުން އެސަރަހައްދުގައި ހުރި ދިފާއީ ނިޒާމުތައް ވަރުގަދަކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުން އަންނަކަން ހާމަވެއްޖެއެވެ. އެމެރިކާއިން އެ ސަރަހައްދުގައި ހުރި ދިފާއީ ނިޒާމުތައް ވަރުގަދަކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވަނީ އޮކްޓޫބަރު 18 އިގެ ފަހުން އެމެރިކާ ސިފައިންނަށް ގިނަ ހަމަލާތަކެއް އަމާޒުކުރެވުމާއި ގުޅިގެން އެތަކެއް ސިފައިންނަށް ގިނަގުނަ އަނިޔާތަކެއް […]
ހުޅުމާލޭގެ ބިންތަކެއް ކުއްޔަށް ދޫކުރަން އުޅޭކަމަށް ބުނެ އިންތިޚާބީ ރައީސްގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފި
އާބަންކޯއިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރި މުޢާމަލާތްތަކެއް ނިންމަމުންދާ ކަމަށް ބުނެ އިންތިޚާބީ ރައީސްގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިކަން ހާމަކޮށް އިންތިޚާބީ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ އިންތިގާލީ މަރުޙަލާގައި، ”އާބަންކޯ“އިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުޢާމަލާތްތަކެއް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ސަރުކާރު ބަދަލުވުމުގެ އިންތިޤާލީ މަރުހަލާ ހިނގަމުންދާ މި ދަނޑިވަޅުގައި، އާބަންކޯއިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުޢާމަލާތްތަކެއް ނިންމުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެކި މުޢަމަލާތްތަކާ ގުޅޭ ތަފާތު […]
މަޖިލީހުގެ އިދާރީ މުވައްޒަފުންގެ ތަކެއްޗަށް ގެއްލުން ދިން މައްސަލައިގައި ޖިނާއީ ކުށެއްވާނަމަ ބަލައިދިނުމަށް ގޮވާލައިފި
ރައްޔިތުން މަޖިލީހުގެ އެމްޑީޕީ މެމްބަރުން މަޖިލީހުގެ އިދާރީ މުވައްޒަފުންނާ ކުރިމަތިލައި އެ ބޭފުޅުންގެ ތަކެއްޗައް ގެއްލުން ދީފައިވާތީ އެ އަމަލުތަކުގައި ޖިނާއީ ކުށެއްވާނަމަ ބަލައިދިނުމަށް ދަ ޑިމޮކްރެޓްސް ޕާޓީން ގޮވާލައިފިއެވެ. ޑިމޮކްރެޓްސް ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި މިއަދު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މަޖިލީހުގެ އިދާރީ މުވައްޒަފުންނާއި ކުރިމަތިލައި, ދިމާކޮށް އެ ބޭފުޅުންގެ ތެރެއިން ކައުންސެލް ޖެނެރަލް އަލްއުސްތާޒާ ފާތިމަތު ފިލްޒާ ބޭނުންކުރައްވާ ކޮމްޕިޔުޓަރ ސިސްޓަމް ވައްޓާލައި މޯބައިލް ފޯނަށާއި […]
އެމެރިކާގެ ދަރަނި: ފުއްޕާ ހަމަކަށް ވައިޖަހަމުން ގެންދިޔައިމާ ނިމޭނީ ކިހެނެއް؟
ބިޒްނަސް އިންސައިޑަރުން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގެ ދަރަނި ފުފެމުންދާ ގޮތާއިމެދު ވޯލްސްޓްރީޓުން ކަންބޮޑުވެ ކަނިބުރައިގެން ހިނގައްޖެއެވެ. މިހާރު ދުނިޔޭގައި އޮތް ޖީ. ޑީ. ޕީ. ގެ ނިސްބަތުން ދަރަނި ސަތޭކަ އިން ސައްތަ އަށްވުރެން މައްޗަށްގޮސްފައިވާ 21 ގައުމުތެރޭގައި އެމެރިކާ ހިމެނިއްޖެއެވެ. އައި. އެމް. އެފް. ގެ ޑޭޓާ ތަކުގައި އިގްތިސާދީ ގޮތުން އެންމެ ދަށަށް ވެއްޓިފައިވާ ސްރީލަންކާ އާއި ގްރީކާއި އަދި ހަނގުރާމައިގާ އިގްތިސާދު ވީރާނާވެފައިވާ ސޫދާނުގެ ލިސްޓަށް އެމެރިކާވެސް އަރައިފިއެވެ. އާންމު ރައްޔިތުންގެ ޖީބަށްވަންނަ އެއްޗެއް ނެތުމުގެ ސަބަބުން […]
ތުލުސްދޫ ދާއިރާގެ މެމްބަރުު ޕީއެންސީއާ ގުޅިވަޑައިގެންފި
ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރުު އިބްރާހިމް ނަސީމް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅިވަޑައިގެންފިއެވެ. ކުރިއަށް އޮތް ރިޔާސީ ދައުރުގައި ރާއްޖޭގެ ވެރިކަން ކުރާނެ މައި ޕާޓީ ޕީއެންސީއަށް ނަސީމް ސޮއިކުރައްވައި މެމްބަރޝިޕް ފޯމު ހަވާލުކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް (އަދުރޭ) އާ އެވެ. ޕީއެންސީއަށް ސޮއިކުރެއްވުމާ ހަމައަށް ނަސީމް ހުންނެވީ މިނިވަން މެންބަރެއްގެ ގޮތުގައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މަޖިލީހުގެ އިތުރު މެމްބަރުންތަކެއް ވެސް ޕީއެންސީއާ ގުޅިވަޑައިގަންނަވާނެ ކަމުގެ އަޑުތައް ވަނީ […]
އިސްރާއީލު ސިފައިންނަށް ޖަނގިޔާއެއްވެސް ލިބެނީ މީހަކު ދިނިއްޔާ
ބިޒްނަސް އިންސައިޑަރުން މިއަދު ޚަބަރު ދީފައިވާގޮތުގައި އިސްރާއީލުގެ ސިފައިން އެއްގަމުމަގުން ގައްޒާއަށް އަރާގަންނަމުން ދާއިރު އެމީހުންނަށް ކޮންމެހެން ބޭނުން ތަކެތި އިސްރާއީލު ސަރުކާރުން ފޯރުކޮށް ދެވޭނެ ގޮތެއް ނެތުމުގެ ސަބަބުން ޖަނގިޔާއެއްވެސް ލިބެނީ މީހަކު ދިނިއްޔާކަމަށް ރިޕޯރޓްތަކުގައި ބުނެފާވެއެވެ. މިހާރުވެސް އިސްރާއީލު ސިފައިންގެ އެތައް ހާސް ބަޔަކު އިސްރާއީލާއި ގައްޒާ އިންވެފައިވާ ސަރަޙައްދުގައި އޯޑަރުގެ އިންތިޒާރުގައި މަޑުކޮށްގެން އެބަތިއްބެވެ. ގައްޒާއަށް އެއްގަމު މަގުން އަރާގަތުމަށް އަމުރު ނުލިބެނީސް ސިފައިން ތައް އަވަހަށް އެ ސަރަހައްދަށް ޖަމާވާން އެންގިއިރު ތައްޔާރުވާނެ ފުރުސަތުވެސް ނުލިބުނު […]