ބަންގާޅު ކަނޑުގައިވެސް ޗައިނާގެ މިލިޓްރީބާރު ގަދަކުރަނީ

ބަންގާޅު ކަނޑުގައި އަންޒަމާން ކައިރީގައި ވަކިން އޮންނަ ގްރޭޓް ކޮކޯ ޖަޒީރާއަކީ މިޔަންމާރ (ބަރުމާ) ގެ ރަށެކެވެ. އެ ރަށުގައި 1990 އިންފެށިގެން ޗައިނާއިންޖާސޫސީ ޙަަރަކާތްތައް ހިންގަމުން ގެންދާކަމަށް ވަނީ ތުޙުމަތު ކުރެވިފައެވެ. ނަމަވެސް މިހާތަނަށް އެކަން އޮތީ ކަށަވަރު ނުކުރެވިފައެވެ. ނަމަވެސް މިހާރު އަނެއްކާވެސް އެކަންތައް މިވަނީ ފެންމަތިވެފައެވެ. […]
ރައީސް ޞާލިޙަށް ތާއީދުކުރައްވާ އެމްއާރްއެމްގެ އިސް ބޭފުޅުންތަކެއް އެ ޕާޓީން ވަކިވަނީ

އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރުމުގެ މައްސަލައިގައި އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ އިސް ބޭފުޅުންތަކެއް އެ ޕާޓީން ވަކިވާން މިއަދު ނިންމަވައިފިއެވެ. އެމްއާރްއެމްއިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިޙާއެކު ކޯލިޝަން ހެދުމަށް އަދި ނުނިންމައެވެ. ނަމަވެސް އެ ޕާޓީގެ ފަރާތުން ހުށަހެޅުންތަކެއް ހުށަހަޅައި އެމްޑީޕީއާއެކު އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެމްއާރްއެމްގެ ކައުންސިލުގައި ރައީސް ޞާލިޙަށް ތާއީދުކުރަން ބޭނުންވެވަޑައިނުގަންނަވާ މެންބަރުން އެބަ ތިއްބެވިއެވެ. ރައީސް […]
“ދައުލަތެއް ހިންގުމަށް ދުނިޔޭގެ ތާރީޚުގައިވެސް މިނޫނީ ދައުލަތުގެ ދުޝްމަނުންނާ ހަވާލުކުރެވިފައެއް ނެތް“

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަން ފިޔަވައި ދައުލަތެއް ހިންގުމަށް ދައުލަތުގެ ދުޝްމަނުން ތިބެފައި ދުނިޔޭގެ ތާރީޚުގައި ވެސް ނެތް ކަމަށް ކުރީގެ ބަންޑާރަނައިބު ޑރ.މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. ޗާގޯސްއާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ރައީސް ޞާލިޙްގެ ސަރުކާރުން އަމަލުކުރެއްވި ގޮތާ ގުޅިގެން ބައެއް ސިޔާސީ ޕާޓީތަކާއި ކުރީގެ ބައެއް ވަޒީރުންނާއި ބަންޑާރަނައިބުންނާއި ގުޅިގެން އިއްޔެ ވަނީ […]
ހުޅަނގުން ދަޢުވާކުރާ އިންސާނީ ކަރާމާތުގެ ކުޑަ މިސާލެއް

ސާރބިއާގެ ވެރިރަށް ބެލްގްރޭޑްގެ ސްކޫލެއްގެ 7 ވަނަ ގްރޭޑްގައި ކިޔަވަމުންގެންދާ ކުއްޖަކު ބަޑިޖަހަން ދަސްކޮށްލުމުގެ ބޭނުމުގައި އެ ސްކޫލްގެ 8 ކުދިންނާއި ސެކިއުރިޓީ ގާރޑް މިއަދު މަރާލައިފިއެވެ. ފުލުހުން މަޢުލޫމާތުދީފައިވާގޮތުގައި މިހާދިސާ ހިންގާފައިވަނީ ރާކާރުގެ މެދުތެރޭގައި ހުންނަ އިލެމެންޓަރީ ސްކޫލެއްގައެވެ. އެ ހިސާބުގައި ހުންނަ ހައިސްކޫލެއްގައި ކިޔަވަމުންގެންދާ އަންހެން ދަރިވަރަކު ޓީވީ އާރ ޓީ އެސް އަށް މަޢުލޫމާތު ދީފައިވާގޮތުގައި ތިންފަހަރު ބަޑީގެ އަޑު އޭނާއަށް އިވުނެވެ. ކުދިންތައް ބިރުން ދުވަމުން ގެންދިޔަތަން ދުށީމެވެ. މައިން ބަފައިން އައިސް ގޮތްހުސްވެފާތިބި މަންޒަރު ދުށީމެވެ. […]
ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުން މާލޭ ސިޓީ ކައުންސިލުގެ ކަންބޮޑުވުން

ދިވެހިރާއްޖޭގެ ޚާއްސަ އިގުތިސާދީ ޒޯނުން 45000 އަކަކިލޯ މީޓަރަށްވުރެ ބޮޑު ސަރަހައްދެއް ގެއްލޭ ގޮތަށް އެ ސަރަހައްދުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާނެކަމަށް އެއްބަސްވެ ދިވެހި ސަރުކާރުން އަމަލުކުރެއްވި ގޮތް މާލޭ ސިޓީ ކައުންސިލުން ކުށްވެރިކޮށްފިއެވެ. ރާއްޖެއާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ ޚާއްސަ އިގުތިސާދީ ސަރަހައްދު ފުށުއަރާ 95,000 އެއްހައި އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެއެވެ. މިދިޔަ ހުކުރު ދުވަހުގެ ކުރިން އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައެއް […]
ރާއްޖެ-މޮރިޝަސް އިމުގެ މައްސަލަ: މިއަދު ހަވީރު ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް

ދިވެހިރާއްޖޭގެ ދެކުނުގެ އިގުތިސާދީ ސަރަހައްދުން ބައެއް ގެއްލުނު މައްސަލައާ ގުޅިގެން ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ބާއްވަން ނިންމައިފިއެވެ. ދިވެހިރާއްޖޭގެ ދެކުނުގެ އިގުތިސާދީ ސަރަހައްދުން ބައެއް ގެއްލުނު މައްސަލައާ ގުޅިގެން ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަނީ ބައެއް ސިޔާސީ ޕާޓީތަކާއި ކުރީގެ ބައެއް ވަޒީރުންނާއި ބަންޑާރަނައިބުންނާއި އަދި މިކަމުގައި އަޑުއުފުލުމަށް އެދޭ ބައެއް ދިވެހި ރައްޔިތުން ގުޅިގެންނެވެ. މި ބައްދަލުވުން އޮންނާނީ މިއަދު 16:00 ގައި މ.ދިމްޔާތުގައެވެ. މި ބައްދަލުވުމަށް ހުރިހާ ނޫސްވެރިންނަށާއި ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް […]
ރައީސް ޔާމީންގެ އަތްޕުޅު ބުރިކުރަން ގޮވައިލި މައްސަލަ ތަހުގީގުކުރުމަށް އިދިކޮޅުން ގޮވާލައިފި

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ޕީޕީއެމްގެ ރައީސް, ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ އަތްޕުޅު ކެނޑުމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ގޮވައިލެއްވި މައްސަލަ ތަހުގީގު ކުރުމަށް އެ ކޯލިޝަނުން މިރޭ ގޮވާލައިފިއެވެ. ރައީސް ޔާމީންގެ އަތް ކެނޑުމަށްފަހު އިތުރު 100 އަހަރަށް ޖަލަށްލާންޖެހޭ ކަމަށް ޝިފާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައެވެ. ޝިފާޢުގެ ވާހަކަ ކުށްވެރިކޮށް އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީން […]
ޗާލްސް ރަސްކަމާ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތަށް ރައީސް އިނގިރޭސިވިލާތަށް

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައަށް ރަސްމީކޮށް ރަސްކަން ހަވާލު ކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އިނގިރޭސިވިލާތަށް ވަޑައިގަންނަވާނެކަން ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވީ ރަސްގެފާނު ޗާލްސްގެ ކޮރޮނޭޝަން ހަފުލާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޞާލިޙް މިރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ. ރަސްގެފާނު ޗާލްސް ތިންވަނައަށް ރަސްމީކޮށް ރަސްކަން ހަވާލު ކުރުމަށް ބާއްވާ ރަސްމިއްޔާތު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. މިއުވާން އިތުރަށް ވިދާޅުވީ ރައީސްގެ […]
ރިޔާސީ އިންތިޚާބު 2023: ވޯޓުލުމުގެ ހައްގު ލިބެނީ 282,755 މީހުންނަށް

އަންނަ ސެޕްޓެމްބަރު މަހުގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ވަގުތީ ލިސްޓު އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު އާންމުކޮށްފިއެވެ. އީސީން އާންމުކުރި ލިސްޓުގައިވާ ގޮތުން ސެޕްޓެމްބަރު ނުވަވަނަ ދުވަހުގައި ބާއްވަން ތާވަލުކޮށްފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބެނީ 282,755 މީހުންނަށެވެ. އޭގެތެރޭގައި ހިމެނެނީ 144,408 ފިރިހެނުންނަށާއި 138,347 އަންހެނުންނެވެ. މިއަހަރުގެ އިންތިޚާބުގައި 282,755 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބޭއިރު, މިއީ 2018 ވަނަ އަހަރު ބޭއްވި […]
ތުރުކީ އިންތިޚާބާއި ބެހޭ ގޮތުން ދެކެވެނީ ކޮން ވާހަކަތަކެއް؟

އައު ދައުރަކަށް ތުރުކީ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ އިރު، ގިނަ ކަންތައްތަކެއް ވަނީ ފަލަ ސުރުޚީތަކަށް އަރާފައެވެ. ކުރު ގޮަތަކަށް ބުނާނަމަ، ޤައުމު ދެ ފެކްޝަނަކަށް ބެހިފައިވާއިރު، އިދިކޮޅު ލީޑް ކުރައްވަނީ ސީއެޗް ޕާޓީއިންނެވެ. އަތާޓާރކް އަށް ނިސްބަތްވާ ޕާޓީގެ މައިގަނޑު މަގްސަދަކީ ސެކިޔުލަރ ވިސްނުން ތުރުކީއަށް ގެނެސް، ހުޅަނގުގެ ގޮތްތަކަށް އިޖާބަ ދިނުމެވެ. އަނެއްކޮޅުން އުރްދުޣާން ލީޑް ކުރައްވަވާ ވެރިކަން ކުރައްވާ ޕާޓީއިން ތުރުކީ ވަނީ އުމްރާނީ އަދި އެހެނިހެން އެތައް ތަރައްޤީ އެއް ގެނެސްދެއްވާފައެވެ. […]