އިންޑިއާގެ ހެލިކޮޕްޓަރެއް ވެއްޓި ދެ ޕައިލެޓުން މަރުވެއްޖެ 

އިންޑިއާގެ ހެލިކޮޕްޓަރެއް ވެއްޓި ހަލާކުވެއްޖެއެވެ. އަދި އެ ހާދިސާގައި ހެލިކޮޕްޓަރުން ދަތުރުކުރި ދެ ޕައިލެޓުން ވަނީ މަރުވެފައެވެ. ޗަތީސްގަޅުގެ ރާއޭޕޫރުގެ ސްވާމީ ވިވެކަނަންދާ އެއާޕޯޓުގައި ހިނގި ހިތާމަވެރި ހާދިސާގައި  މަރުވީ ކެޕްޓަން ގޯޕާލް ކްރިޝްނާ ޕަންޑާ އާއި ކެޕްޓަން އޭޕީ ޝްރީވާސްތަވާ އެވެ.އެ ދެމީހުންގެ ތެރެއިން އެކަކު ހެލިކޮޕްޓަރ ވެއްޓުމާއެކު ލިބުނު ހާނީއްކައިގައި ވަގުތުން މަރުވިއެވެ. އަނެއް މީހާ މަރުވީ ހޮސްޕިޓަލަށް ގެން ގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ އޮތީ ވަރަށް ބޮޑަށް ޒަޚްމުވެފައެވެ. ހުކުރުވިލޭރޭ 9.10 ގައި ހިނގި ހިތާމަވެރި ހާދިސާގައި ހެލިކޮޕްޓަރ […]

ލަންކާގެ އާ ބޮޑުވަޒީރަކަށް އަނެއްކާވެސް ރަނިލް! 

ލަންކާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނައުމަށްޓަކައި ބޮޑުވަޒީރެއް އަވަހަށް އައްޔަންކުރުމަށް ރައީސް ގޯޓަބަޔާ ރާޖާޕަކްސާގެ ޕާލިމެންޓް މެމްބަރުން ގޮވާލާފައި ވާކަމަށް އެޤައުމުގެ އޮފިޝަލުން ހާމަކޮށްފިއެވެ. އެގޮރުން މިއަދު ކުރީގަވެސް ބޮޑުވަޒީރުކަން ކުރެއްވި ރަނިލް އައްޔަން ކުރައްވާފައެވެ.   ލަންކާގެ އެންމެެބޮޑު އިދިކޮޅު ޕާޓީގެ ސަޕޯޓް ނުލިބުމާއިއެކު ރަނިލް އައްޔަންކުރެވުނީ އެއްވޯޓްގެ އަޣުލަބިއްޔަތަކުންނެވެ.   225 ޕާލިމެންޓު މެމްބަރުން ހިމެނޭ ކްރޮސް ޕާޓީގެ އެހީއާއެކު ގުޅިގެންވާ އައު ސަރުކާރެއް އެކުލަވާލުމަށްޓަކައި، ގިނަ ބައެއްގެ އަގުލަބިއްޔަތުން،މިދިޔަ ހޯމަ ދުވަހު މަޤާމުން ވަކިކުރެވުނު ރާޖާޕަކްސާގެ ބަދަލު އެމަޤާމަށް އަލަށް އައްޔަނުކުރުމަށް ރައީސް ގޯޓާބަޔާ ރާޖަޕަކްޝާ ބޭނުންފުޅުވީކުރިންވެސް ފަސްފަހަރު ބޮޑު ވަޒީރުކަން […]

އިންޑިއާގައި ބަންގީގެ އަޑު މަޑުކުރަން މުސްލިމުންނަށް މަޖުބޫރުވެއްޖެ 

ތާޅަފިލި ބޭނުންކޮށްގެން ބަންގި ގޮވުމުގެ ކުށުގައި އާދީއްތަ ދުވަހު ފުލުހުން ވަނީ އިންޑިއާގެ މުމްބައިގެ ދެ މުދިމެއްގެ މައްޗަށް ދައުވާކުރަން ނިންމާފައެވެ.  އެ ދެ މުދިމުން ތާޅަފިލި ބޭނުންކޮށްގެން ފަތިސް ނަމާދުގެ ބަންގި ގޮވީ ހައްދުފަހަނަޅާފައިވާ ހިންދޫން އިންތިހާއަށް ގިނަ މުމްބައިގެ މިސްކިތްތަކުގެ ވެރިންނާއި އިމާމުންނާއި ދީނީ ޢިލްމުވެރިން މަޝްވަރާކޮށްގެން މިސްކިތްތަކުގައި ބަންގި ގޮވުމުގެ އަޑު މަޑުކުރަން ނިންމާފައި ވަނިކޮށެވެ.އެގޮތަށް ބަންގީގެ އަޑު މަޑުކުރަން މުސްލިމުންގެ އިސްވެރިން ނިންމީ ހައްދު ފަހަނަޅާފައިވާ ހިންދޫން ބަންގީގެ އަޑު މަޑުކުރަން މުސްލިމުންނަށް […]

ކުޑަކުއްޖަކަށް ޖިންސީ އަމަލެއް ހިންގިކަމަށް ތުހުމަތުމަތު ކުރެވޭ މީހަކު ހޯދަނީ

ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލި މީހަކު އަލުން ހައްޔަރުކުރުމަށް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.   މިއަމުރާ ގުޅިގެން ހޯދަމުންދަނީ ކ. މާލެ / ގ. ތަބުރުގެ، މުޙައްމަދު ބިޝާރު އިސްމާއީލް (41އ) އެވެ.  ފުލުހުން ބުނީ މުހައްމަދު ބިޝާރު އިސްމާއީލްއަކީ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން 2020 ޖަނަވަރީ  19 ވަނަ ދުވަހު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް […]

މެދު ފަންތީގެ އިތުރު ފްލެޓްތަކެއް ހުޅުމާލޭގައި އަޅައިދޭނެ ބަޔަކު ހޯދަނީ

މެދު ފަންތީގެ އާމްދަނީ އެއް ލިބޭ ފަރާތްތަށް ހާއްސަ ކޮށްގެން ހުޅުމާލޭގައި އިތުރު ފްލެޓް އިމާރާތްތަކެއް އަޅައިދޭނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ( އެޗްޑީސީ)ން އިއުލާންކޮށްފިއެވެ. އެޗްޑީސީން ބުނީ މި ފްލެޓް އިމާރާތްތައް ހެދުމަށް ނިންމާފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ކަމަށާ އެގޮތުން މި ފްލެޓްތައް އެޅުމަށް ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ހަތް ބިމެއް ކަނޑައަޅައިފައިވާ ކަމަށެވެ. އެ ބިންތަކަކީ 26،400 އަކަފޫޓާއި 34،543 އަކަފޫޓުގެ ބިން ތަކެއް ކަމަށް ވެސް އެޗްޑީސީން ބުނެއެވެ. […]

މިއީވެސް އިއްތިފާގެއް ނުވަތަ އިންޒާރެއް ބާވައެވެ! 

އިއްތިފާގެކޭ ބުނުމުން ގިނަފަހަރު ހިތަށް އަރާނީ ގިނަބަޔަކު އެއްކޮށް ކަމަކާމެދު ނިންމާ ނިންމުމެކެވެ. ނަމަވެސް ބައެއްފަހަރު އެނޫންގޮތަށްވެސް ވެފާ އެބަ ހުރެއެވެ. ޢާންމުގޮތެއްގައި އިއްތިފާގެކޭ ބުނަނީ ކަމެއް ވެ ނިމިދިއުމަށް ފަހުގައެވެ. އިއްތިފާގެއް ސާބިތުކޮށް ދިނުމަށްޓަކައި ހިސާބުގެ ޢިލްމު ވަރަށް ގިނަފަހަރު ބޭނުން ކުރެވެއެވެ. މިސާލަކަށް މަޖިލީހެއްގައި ކަމެއް ނިމިގެންދިޔައީ އިއްތިފާގުންނޭ ބުނުމުން އެ ކަމެއްގައި ބައިވެރިވި އެންމެންގެ ވިސްނުން އެއްގޮތްކަން އަންގައިދެއެވެ. އިންޒާރަކީ ކަމެއް މެދުވެރި ވެދާނެކަމަށް ހިތްތަކަށް ވިސްނާދިނުމަށް ބޭނުންކުރާ ޙާލަތެކޭ ބުނެވިދާނެއެވެ. ހިނގާފައިވާ ކަންތަކަށްވެސް ނުވަތަ ހިނގައިފާނެ ކަންތަކަށްވެސް އިންޒާރުގެ ބަސް ބޭނުން ކުރެވެއެވެ.   […]

ލަންކާގެ ހަމަނުޖެހުމާއި ގުޅިގެން ދިވެއްސަކަށް އަނިޔާވިކަމުގެ ރިޕޯޓެއް ލިބިފައިނުވޭ: ފޮރިން މިނިސްޓްރީ

އަވަށްޓެރި ސްރީލަންކާ އަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމާ ހެދި ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތަކަށް ހޫނުވެ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުން ދާއިރު އެކަމުގައި އެއްވެސް ދިވެއްސަކަށް އަނިޔާވި ކަމުގެ ރިޕޯޓް އަދި ލިބިފައި ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ. ފޮރިން މިނިސްޓްރީން ބުނީ ލަންކާ ހަމަނުޖެހުމާއި ގުޅިގެން އެގައުމގައި ތިބި ދިވެހިންގެ ހާލަތު އެ މިނިސްޓްރީން ބަލަމުން އަންނަކަމަށެވެ. އަދި ލަންކާގެ ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތައް ބަލައި އެކަންކަމަށް ސަމާލުވުމަށް ވެސް ފޮރިން މިނިސްޓްރީން އިލްތިމާސްކުރެއެވެ. […]

ސްކޫލު ކުދިންނަށް ޙާއްސަކޮށްގެން ޝަރުއީ ދާއިރާގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ޕްރޮގާމެއް

ސްކޫލު ކުދިންނަށް ޝަރުއީ ދާއިރާގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ޕްރޮގާމެއް ޖުޑިޝަލް ސަރވިސް ކޮމިޝަން ( ޖޭއެސްސީ)ން ފަށައިފިއެވެ. ޖޭއެސްސީން ބުނީ މި ސްކޫލު ދަރިވަރުންނަށް ހާއްސަކޮށްގެން އެ ކޮމިޝަނުން ކުރިއަށްގެންދާ ހަރަކާތަކީ ސިލްސިލާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން ދަރިވަރުންނަށް ދަރިވަރުންނަށް ޝަރުއީ ދާއިރާއާ ގުޅުންހުރި މައުލޫމާތު ހިއްސާ ކުރެވި ދަރިވަރުންނަށް ފަނޑިޔާރުންނާ ބައްދަލުކޮށް އެބޭފުޅުންގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދީ ސުވާލުކުރުމުގެ ފުރުސަތުތައް ލިބިގެން ދާނެ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ. އަދި މީގެ […]

ސިޔާސީ ފަސާދައަކީ ކޮބައިކަން އޮޅުން ފިލުވައި ދިނުން 

ކުރު ވާހަކައެއް ހޮޅުއަށިން: ‏ކުއްޖަކު، އޭނާގެ ބައްޕަ ކުރެން އެއްސެވެ. ބައްޕާއެވެ! ސިޔާސީ ފަސާދައިގެ ވާހަކަ މިހާރު ވަރަށް ގިނައިން އިވެއެވެ. ނަމަވެސް އޭގެ މާނަ އަޅުގަނޑަކަށް ނުވިސްނެއެވެ. ސިޔާސީ ފަސާދައަކީކޮބައިކަން އަޅުގަނޑަށް ބުނެދެއްވަފާނަން ތޯއެވެ؟“  ‏ދެން ބައްޕަ ބުންޏެވެ.  ”އެ މައްސަލަ ވިސްނޭ ވަރަށް ވުރެ ދަރިފުޅު އަދި ތަންކޮޅެއް ކުޑައެވެ. އެކަން ވިސްނައި ގަތުމަށްޓަކައި އެންމެ ފުރަތަމަ ސިޔާސީ ނިޒާމު އޮންނަ ގޮތް ދެނެގަންނަން ޖެހެއެވެ. އެެހެންވެ، ދަރިފުޅަށް ވިސްނޭ ގޮތަކަށް ސިޔާސީ ނިޒާމު އޮންނަ ގޮތް ބައްޕަ ދަރިފުޅަށް ކިޔައިދެވޭތޯ ބަލާނަމެވެ.“ ‏ދެން ބައްޕަގެ ވާހަކަ ކުރިއަށް […]

ރައްޔިތުންގެ ވިއަވަތި- 2  

https://sandhaanu.today/21221/  އާއި ގުޅޭ،،، ދިވެހިންގެ ވިޔަވަތި ރާއްޖޭގެ ތަނަވަސްކަމާ ތިޔާގެކަން ޙާސިލްކުރުމުގެ އެންމެ އިސްނާރެހަކީ ރާއްޖެއަކީ ކަނޑުމަތީ ޖަޒީރާ ޤައުމެއްކަމަށްވުމާއިއެކު ކަނޑުގެ ސަރަހައްދުން އެކެއް މިލިއަން އަކަކިލޯ މީޓަރު ހިއްސާކުރާ ޤައުމެކެވެ. ދިވެހިންގެ މައިގަނޑު ވިއަވަތި ބިނާވެފައި އޮންނަނީ ކަނޑުފަޅުގެ މައްޗަށް ކަމުގައި ދެންނެވުމަކީ ކޮށެއްނޫނެވެ. ދިވެހިންގެ މިނިވަންކަން ގެއްލުނު ކޮންމެ ފަހަރަކު ދިވެހންގެ މިނިވަންކަން ގެއްލި ފައިވަނީ އަހަރެމެންގެ ކަނޑުފަޅުގެ ވިއަވަތި ތަނަވަސްކަމާއި ތިޔާގެކަން ފޭރިގަތުމަށް އަވަށްޓެރި ޤައުމަކުން ޖަހަމުންދާ މަޅިތަކުންކަން ތާރިޚް ހެކިދެއެވެ.  13ވަނަޤަރުނަށް ނަޒަރުކުރާއިރު ދިވެހިންނަކީ ދުނިޔޭގެ 3 ވަނަ އިޤްތިސޯދުކަމަށް ބުނެވެއެވެ. އެންމެބޮޑު އިޤުތިދޯސަކީ އެފްރިކާ ކަމުގައި ވެސް ބުނެވެއެވެ. އެފްރިކާގެ ގިނަޤައުމު ތަކުގައި […]