ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އޮރެންޖް ސަމާލު ނެރެފި!

50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ރީނދޫ ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ޅ. އަތޮޅާއި ދެމެދުގެ ރަށްރަކަށެވެ. ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. ކޮޅިގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކުރެވެއެވެ.އަދި އެ ސަރަޙައްދުގެ ކަނޑުތައް […]
ޑިޖިޓަލް ވެކްސިން ޕާސްޕޯޓު ތައާރަފްކޮށްފި!

ކޮވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައި ތިބި މީހުން އެނގޭނެ ޑިޖިޓަލް ވެކްސިން ޕާސްޕޯޓް ތާއާރަފްކޮށްފިއެވެ. އެ އޭޖެންސީގެ ޑިޖިޓަލް ކޮވިޑް ވެކްސިން ޕާސްޕޯޓް ތައާރަފްކޮށްފައިވަނީ އިއްޔައެވެ. މި ވެކްސިން ޕާސްޕޯޓު ތައާރަފްކޮށްފައިވަނީ ”ކޮވިޑް ސޭފް ޑިޖިޓަލް ޕާސްޕޯޓު“ގެ ނަމުގައެވެ. މި ޕޯޓަލް މެދުވެރިކޮށް އެއްތަނަކުން، އެމީހެއްގެ ކޯވިޑް-19 ގެ ޙާލަތު ބަލައިލާ ހިއްސާ ކުރެވޭނެއެވެ ޑިޖިޓަލް ވެކްސިން ޕާސްޕޯޓަކީ ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ ފެންވަރަށް ހަދާފައިވާ ޕާސްޕޯޓެއްކަމަށް އެޗްޕީއޭއީން ބުންޏެވެ. ކޮވިޑްސޭފް ޕޯޓަލް“ އަކީ މިނިސްޓްރީ އޮފް […]
ޖާބިރަށް އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން އަންގައިފި!

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް އެމްއެންޑީއެފްގެ ސެކިއުރިޓީ ހަމަޖައްސަން އަންގައިފިއެވެ. ޖާބިރަށް ސެކިއުރިޓީ ދޭން އެދިފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު އއ. މަތިވެރިއަށް އޭނާ ވަޑައިގަތުމުން ބަޔަކު ހަމަލާދީފައިވާ ދަނޑިވަޅެއްގައެވެ. ޖާބިރު އެ ރަށަށް ވަޑައިގަތުމުން އެ ރަށުގައި ހިންގި ހަމަނުޖެހުންތަކުގައި އޭނާއަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި މަތިވެރިން ހައްޔަރު ކުރީ 42 އަހަރާއި 19 އަހަރުގެ ދިވެހި ދެ […]
ގާޒީ އަލީ ނަސީރުގެ މަގާމު ދަށްކޮށްފި!

ދުވަސްވީ މައްސަލައެއް ސެކްޝަންގައި ނުބާއްވަން ވެގެން ސިވިލް ކޯޓުން މައްސަލަ ބޭރުކޮށްލި ގާޒީ އަލީ ނަސީރު މަގާމު މެޖިސްޓްރޭޓެއްގެ މަގާމަށް ދަށްކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ. ޖޭއެސްސީން މިއަދު އެގޮތަށް ނިންމީ އަލީ ނަސީރު ބެއްލެވި ދެ މައްސަލައެއްގެ ހަސްމުން އެ ދެ މައްސަލަ އެއްކޮށް ނިންމަން އެދިފައި ވަނިކޮށް، އޭގެ ތެރެއިން އެއް މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް ނެތްކަމަށް ނިންމައި އެ މައްސަލައިގެ ދައުވާ ފޯމު ބާތިލްކުރި މައްސަލައިގައެވެ. ޢަލީ ނަޞީރު […]
މަތިވެރިން ޖާބިރަށް ހަމަލާދޭން މަސައްކަތް ކޮށްފި!

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، އއ. މަތިވެރިއަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުންގެ ބަޔަކު ނިކުމެ އަޑުއުފުލައި ހަމަލާ ދޭން މަސައްކަތްކޮށްފިއެވެ. ޖާބިރަށް ހަމަލާދޭން މަސައްކަތް ކޮށްފައިވަނީ މިއަދު އިރުއޮއްސިގެން ދިޔަ ވަގުތު އެ ރަށުގެ ޒުވާނުންތަކެއް ކަމަށް މައުލޫމާތު ލިބެއެވެ. ޖާބިރު މަތިވެރިއަށް ވަޑައިގެންްނެވީ އެރަށުގައި އޭނާ ހިންގާ 50 ކޮޓަރީގެ ބޮޑު ގެސްޓްހައުސް ބައްލަވާލެއްވުމަށެވެ. އޭނާ އަށް ހަމަލާ ދިނުމުން ޖާބިރު މިރޭ ފުރަތަމަ ވަޑައިގެން ހިމާޔަތް ހޯއްދެވީ ވެސް […]
ކޮވިޑް19: އަދަދުތައް މައްޗަށް!

މިއަދު ކޯވިޑް19 އަށް ފައްސިވެފައިވަނީ 220 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 164 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 5 މީހަކާއި ސަފާރީތަކުން 6 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 45 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއީ ފާއިތުވި އެއްމަސް ދުވަހުގެތެރޭ 24ގަޑިއިރުގެ ތެރޭ އެންމެ ގިނަ މީހުން ޕޮޒިޓިވްވެ 200 އިން މަތިން ޕޮޒިޓިވް ކޭސް ރެކޯޑުކުރެވުނު ދުވަހެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ […]
ކޮވިޑް19: އިތުރު 82 މީހަކު ފައްސިވެއްޖެ!

މިއަދު ކޯވިޑް19 އަށް ފައްސިވެފައިވަނީ 82 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 47 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 6 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 29 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 83,576 އަށް އަރައިފައެވެ. އޭގެ ތެރޭގައި 1,663 އެކްޓިވް ކޭސް ހިމެނޭއިރު 21 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް ރާއްޖެ އިން […]
އައްޑޫގެ ކާފިއު އަނެއްކާވެސް އިތުރުކޮށްފި!

ކޮވިޑް-19 ގެ ހާލަތު ގޯސްވެ އައްޑޫ ސިޓީގައި ކާފިއުގެ މުއްދަތަށް ހަފްތާ އެއް އިތުރުކޮށްފިއެވެ. އައްޑޫގައި ކާފިއު ހިންގަނީ ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކަށެވެ. ކާފިއު ވަގުތު ފިހާރަތަކާއި ކެފޭ/ހޮޓާ އަދި އާންމު ހިދުމަތް ދިނުން މަނަލެވެ. ނަމަވެސް ހާއްސަ ހުއްދައެއް ނަގައިގެން ރޭގަނޑު 12 ޖެހުމާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެއެވެ. އައްޑޫގެ ކާފިއު އިތުރުކުރި ނަމަވެސް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ކަނޑުއަޅުއްވާ ގޮތުގެ މަތިން ރައްކާތެރި ކަމުގެ ހުރިހާ ފިޔަވަޅުތަކަކާއެކު އައްޑޫގެ ހުރިހާ […]
އަނިޔާވެރިގޮތަކަށް އިޓަލީގައި ދިވެއްސަކު މަރާލައިފި!

އިޓަލީ ވިލާތުގައި ދިރިއުޅޭ ދިވެއްސަކު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލައިފިއެވެ. މަރާލައިފައިވަނީ ހދ. ނޮޅިވަރަންފަރު، ވައިމަތީގޭ މަހްމޫދު އިމާދެވެ. އޭނާއަކީ ހދ. މައިވާދޫން ނޮޅިވަރަންފަރަށް ބަދަލު ކުރި މީހެކެވެ. އުމުރަކީ 44 އަހަރެވެ. އޭނާ އަކީ އިޓަލީވިލާތުގެ މީހަކާއި ކައިވެނި ކޮށްގެން އުޅޭ މީހެކެވެ. ނަމަވެސް މިވަގުތު އޭނާގެ އަނބިމީހާ އާއި ބަފައިބެ ތިބީ ރާއްޖޭގައެވެ. މަހްމޫދް އިމާދު މަރާލައިފައިވަނީ އޭނާ ދިރިއުޅެމުން އައި ގޭގެ ގޯތިތެރޭގައި ދަންޖައްސާފައި ކަމަށާއި އޭނާގެ އިނގިލިތައް ވެސް ބުރިކޮށްލާފައިވާ ކަމަށް […]
ކޮވިޑް 19: އަދަދު ތައް ދަށަށް!

އިއްޔެ ކޯވިޑް19 އަށް ފައްސިވެފައިވަނީ 92 މީހުންނެވެ. މީގެ ކުރިން ކޮވިޑް ކޭސްތައް އުޅުނީ 100 އިން މަތީގައެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 51 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 3 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 38 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 83,162 އަށް އަރައިފައެވެ. އޭގެ ތެރޭގައި 1,832 އެކްޓިވް ކޭސް ހިމެނޭއިރު 21 ފަރާތަކަށް ދަނީ […]