ވީއައިއޭގެ އާ ޓަރމިނަލް ކުރިމަތީގައި އޮތް ޕާކިންގ ޒޯނު ވަގުތީގޮތުން ހުޅުވައިފި

Loading

September 14, 2025
profile
Facebook
Twitter
WhatsApp

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ޓަރމިނަލް ހުޅުވުމަށްޓަކައި ޖުލައި 17އިން ފެށިގެން ބަންދުކުރި ޕާކިންގ ޒޯނު ވަގުތީގޮތުން ހުޅުވައިފިއެވެ. 

އޭރު ބަންދުކުރިފަހުން އެ ޒޯނު ހުޅުވާފައި ނުވާތީ، އެއާޕޯޓުގެ މުވައްޒަފުންވެސް ޑިއުޓީއަށް ގޮސްއައިސްވުމަށް މިހާރު ދަތުރުކުރަންޖެހެނީ ފެރީގައެވެ.

މިކަމާ ގުޅިގެން، ސެޕްޓެންބަރު 11ވަނަ ދުވަހު އެމްއޭސީއެލުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، އާ ޓަރމިނަލުގެ އުތުރު ފަރާތުގައި އޮންނަ ޕާކިންގ ޒޯނަކީ އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަމަށް އެކަށީގެންވާ ސަރަހައްދެއް ނޫންކަމަށާއި، އެހެންކަމުން ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށެވެ.

ނަމަވެސް، އެއާޕޯޓަށް އެކި ބޭނުންތަކުގައި ދާ މީހުންނާއި އެ ތަނުގެ މުވައްޒަފުންގެ އުޅަނދުތައް ޕާކުކުރުމުގައި ދިމާވާ ދަތިކަން ހައްލުކުރުމަށްޓަކައި، ވަކި އުސޫލެއްގެ މަތިން ޓާމިނަލް 1ގެ ކުރިމަތީގައި ވަކި ސަރަހައްދެއްގައި މިއަދުން ފެށިފެން ޕާކުކުރެވޭ ގޮތަށް ހުޅުވާލާފައި ވާކަމަށް އެމްއޭސީއެލްއިން ބުނެފައި ވެއެވެ. 

އެމްއޭސީއެލްއިން ބުނީ މިއީ ވަގުތީ ނިންމުމެއް ކަމަށާއި، ޕާކުކުރުމުގައި ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް އެއާޕޯޓުގެ އިރުމަތީ ފަރާތުގައި ޕާކިންގ ޒޯނެއް ހަދަން ނިންމާފައިވާކަމަށެވެ.

މީގެ އިތުރުން، މާލެއާއި ހުޅުމާލޭގެ އިރުމަތީ ސަރަހައްދުގައިވާ ޕާކިންގ ޒޯނަށް ފަސޭހައިން ވަދެވޭނެ ގޮތަށް ލިންކް ރޯޑުގައި ޓްރެފިކް ލައިޓް ހަރުކުރުމާއި، މާލެއާއި ހުޅުމާލޭން އެއާޕޯޓަށް ދިއުމަށް ބަހުގެ ޚިދުމަތް ފުޅާކުރުމާއި، އަދި ފެރީގެ ޚިދުމަތް ފުޅާކުރުމަށްވެސް ނިންމާފައިވާކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް