މަޝްހޫރު ހެކަރ، މިޓްނިކް ނިޔާވެއްޖެ

Loading

Facebook
Twitter
WhatsApp

އެމެރިކާގެ މަޝްހޫރު ހެކަރެއްކަމަށްވާ ކެވިން މިޓްނިކް އުމުރުން 59 އަހަރުގައި މަރުވެއްޖެއެވެ. އޭނާއަކީ އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންޓެލިޖެންސް (އެފްބީއައި) އިން އެންމެ ހޯދަން ބޭނުންވާ ”ސައިބަރކްރިމިނަލް“ ންގެ ލިސްޓުން ފާހަގަކުރެވުނު ކުށްވެރިއެކެވެ.

1990 އިގެ އަހަރުތަކުގައި ހިނގި ކޮމްޕިއުޓަރ އަދި ވަޔަރ ފްރޯޑްގެ މައްސަލައެއްގައި އޭނާ އަތުލައިގަނެވިފައިވަނީ ދެއަހަރު ދުވަހުގެ ދިގު ތަހުގީގަކަށްފަހުގައެވެ. އަދި ކުށް ސާބިތުވެ މިޓްނިކް ވަނީ 5 އަހަރު ދުވަހުގެ ޖަލު ހުކުމެއްވެސް ތަންފީޒުކޮށްފައެވެ.

އެހެންނަމަވެސް، 2000 ވަނަ އަހަރު ޖަލުން ދޫކޮށްލުމަށްފަހު މިޓްނިކްވަނީ އޭނާގެ ދިރިއުޅުން މުޅިން އަނބުރާލާފައެވެ. ޖަލުން ނުކުތުމަށްފަހު އޭނާ މަސައްކަތްކުރީ މަޝްހޫރު ”ވައިޓް ހެޓް“ ހެކަރެއްގެ ހައިސިއްޔަތުން ސައިބަރސެކިއުރިޓީ ލަފާދޭ މާހިރެއްގެ ގޮތުގައެވެ. އަދި އޭނާވަނީ ފޮތްތަށްވެސް ޝާޢިއުކޮށްފައެވެ.

މިޓްނިކް މަރުވެފައިވަނީ 14 މަސްދުވަހު ޗިސްމޭގެ ކެންސަރުބައްޔާއި ހަނގުރާމަކުރުމަށްފަހު މިދިޔަ އާދީއްތަ ދުވަހުގައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް