ބަންދުކޮށްފައި ހުއްޓާ ފިލި ޒުވާނާ ފަޅުތެރޭގައި އޮއްވާ އަތުލައިގެންފި

Loading

Facebook
Twitter
WhatsApp

ރަސްދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައި ހުއްޓާ ފިލި ޒުވާނާ މޫދުގައި އޮއްވާ އަތުލައިގެންފިއެވެ.

ރަސްދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައި ހުރި އއ.ހިމަންދޫ /ދަބުގެ, ޙުސައިން ޝަޙްބާން (25އ) ފިލީ އިއްޔެގެ ވަގުތެއްގައެވެ. ޝަޙްބާން ފިލީ ގޮޅިން ނެރެފައި ހުއްޓާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ފުލުހުން ވިދާޅުވީ މިއަދު 18:35 ހާއިރު އއ.ރަސްދޫއާ ކައިރީ އޮންނަ ރަށެއްގެ ފަޅުތެރެއިން އޭނާ ފެނިފައިވާ ކަމަށެވެ.

އޭނާގެ ހާލު ރަނގަޅު ކަމަށާއި އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ޝަޙްބާނަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ. ނަމަވެސް އޭނާ ހައްޔަރުކޮށްފައި ހުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނޫނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް