އއ.ރަސްދޫ ޕޮލިސް ސްޓޭޝަންގެ ހައްޔަރުކޮށްފައި ހުއްޓާ ފިލި މީހާގެ ވަނަވަރު ހާމަކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ ރަސްދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައި ހުއްޓާ އިއްޔެ ފިލައިގެން ދިޔައީ އއ.ހިމަންދޫ/ދަބުގެ, ޙުސައިން ޝަޙްބާން (25އ) ކަމަށެވެ.
“އއ.ހިމަންދޫ/ދަބުގެ, ޙުސައިން ޝަޙްބާން (25އ)، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލާފައިވާތީ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން.“
ޝަޙްބާނަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާ ބަންދުކޮށްފައި ހުރީ ކޮން މައްސަލައެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ޝަޙްބާން ޕޮލިސް ސްޓޭޝަންގެ ތަނެއް ފަޅައިލި ކަމަށް ބުނެ ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ފަތުރާފައިވަނީ ތެދު މައުލޫމާތެއް ނޫން ކަމަށާއި ރަސްދޫ ޕޮލިސް ސްޓޭޝަނުން އެއްވެސް އެއްޗެއް ގެންގޮސްފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެހެންކަމުން އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސައްހަ ނޫން ދޮގު މައުލޫމާތު ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.